ރައީސް ނަޝީދުގެ ވެރިކަމުގައި ސުންނަތް ޖަމާޢަތުގެ ޢަޤީދާއާއިޚިލާފު އެތައްކަމެއް ކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް އަދާލަތުން ޕާޓީން ބުނެފިއެވެ.
އަދާލަތުން ޕާޓީންގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިއުމެއްގައި ބުނެފައިވަނީ މާލޭ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައިވާ މަހާނަގާތަކުން ފެހިކަހާ ދޮވެ މަހާނަތަކުގެ މައްޗަށް ދޮންވެލިލާ ޒީނަތްތެރިކޮށްހަދަނީ ޓޫރިސްޓުންގެ ސަމާލުކަމަށް ގެނައުމަށްކަމަށެވެ. ރިއާސީ ގަނޑުވަރުގެ އަމުރުފުޅަށް އެތަނުގެ މުވައްޒަފުން މިހާރު މަސައްކަތް ފަށައިފިކަމަށް އެތަނުން ބޭފުޅަކު މަޢުލޫމާތު ދެއްވާފައިވާކަމަށެވެ.
ނަމަވެސް، މަހާނަތަކުގެ މައްޗަށްއަރާ ހިނގާ ޤަބުރުސްތާނުގެ އަދަބު ކުޑަވާހެން އުޅުމަކީ އިސްލާމްދީން ވަރަށްބޮޑަށް ނަހީކުރައްވާފައިވާ ކަމެއްކަމަށް އެޕާޓީން ބުނެފައިވެއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މަހާނަތަކުގެ ތެރޭގައި ފައިވާނާއިއެކުގައި މީހަކު ހިނގާފައިދަނިކޮށް ފެނިގެން އެމީހާއާއި މުޚާޠަބުކުރައްވާ ގޮވާލައްވާ ޙަދީޘްފުޅު ކުރެއްވިއެވެ. "އޭ ފައިވާނަށް އަރައިގެން ހުރިމީހާއެވެ. ސަމާލުވާށެވެ. ފައިވާން ބާލާށެވެ." އޭނާ އެނބުރި ވަށައިގެން ބަލާލުމަށްފަހު، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ފެނުމާއިއެކު އޭނާގެ ފައިވާ ބާލާފައި ދުރައް އެއްލާލިއެވެ." އަދާލަތުގެ ލިއުމުގައިވެއެވެ.
އަދާލަތު ޕާޓީ އިތުރަށް ބުނެފައިވަނީ ކުރީގެ ރައީސް އިބްރާހީމް ނާޞިރު ނިޔާވުމާއިގުޅިގެން އެމަނިކުފާނުގެ މަހާނަމަތީގައި ޒިޔާރަތްއަޅާ، ޖަނާޒާގައި ޢަސްކަރީން ނިކުމެ ބެރުދުންމާރި ތާރަފީގެ ރާގުތައްކުޅެ ހަދާފައިވާކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ޢަދާލަތު ޕާޓީގެ ފަރާތުން ތަކުރާރުކޮށް އެދުމުންވެސް އެކަން ނުހުއްޓައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މެދުޒިޔާރަތުގައި ދިދަނަގައި އިހުޒަމާނުގައި މީހުން އެތަނަށްކުރި ޤަދަރާއި އިޙްތިރާމް ދެމެހެއްޓުމަށް ސަރުކާރުން ވަރަށް މަސައްކަތްކުރި ކަމަށާއި، ނަމަވެސް އަދާލަތު ޕާޓީއާއި ރާއްޖޭގެ ބައެއް ދީނަށް ލޯބި ކުރާ ފަރާތް ތަކުން ވަނީ އެކަން ހުއްޓާފައެވެ. އަރިއަތޮޅު ހަންޏާމީދޫގައިހުންނަ ކަލާފާނު ޒިޔާރަތުގައި ދިދަނަގައި އެތަންވެސް ވަނީ ޒީނަތްތެރިކޮށް ހަދާފައިކަމަށް ބުނެފައިވެއެވެ.
މިހާރު ރާއްޖޭގައި މިއޮތް ސަރުކާރުންވަނީ އިސްލާމްދީނުގައި މަގުފުރެދިފައިވާ ފިރުޤާއެއްކަމަށްވާ ސޫފީ މަޒުހަބު ގެނައުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ .ރައީސް ނަޝީދާއި ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަޙްމަދު ޝަހީދު ބޭރުގެ ބައެއް ނޫސްތަކަށް އިންޓަވިއު ދެއްވި ގޮތުގައި ރާއްޖޭގައި ކުރިންއޮތީ ސޫފީ އިސްލާމްކަމާއި، ވައްހާބީ އިސްލާމްއައީ 1970 ގެ އަހަރުތަކުގައިކަމަށެވެ. ދާދިފަހުން އިންޑިއާގެ ޓީވީ ޗެނަލް އަކަށް އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ " އަޅުގަނޑުމެންނަކީ ތާރީޚީގޮތުން ސޫފީ އިސްލާމުންކަމަށެވެ. އެހެންކަމުން އަޅުގަނޑުމެންނަކީ ވަރަށް މިނިވަން ޚިޔާލުގެ ބައެއްކަމަށާއި އެހެންނަމަވެސް 70 ގެ އަހަރުތަކުގައި ވައްހާބިޒަމް ފެށިގެން އައީކަމަށާއި ދެން ގައްޔޫމު މިސްރުންއައިސް ވެރިކަން ކުރަންފެށީކަމަށީކަމަށް" އަދާލަތުންގެ ލިޔުމުގައި ބުނެފައިވެއެވެ.
މިބޭފުޅުންގެ ވާހަކަތަކުން ސޫފީ އިސްލާމް ފަތުރާ އަހުލުއްސުންނާ ވަލްޖަމާޢާގެ އަޤީދާއާއި ޚިލާފު ބިދުޢަވެރި ސަޤާފަތްތައް ދިރުވަން މިސަރުކާރުން ބޭނުންވާކަން ފާހަގަ ކުރެވެއެވެ ސޫފީންނަކީ މިސްކިތުގެ ތެރޭގައި އަޅުކަމުގެ ގޮތުން ލަވަކިޔާ، މިޔުޒިކްކުޅެ ނަށާހަދާ ބައެއްކަމަށާއި އޭރުން މިސްކިތުގައިވެސް ލަވަކިޔާ ނަށާހެދުމުގެ ފުރުޞަތު ލިބޭނެތީ ކަމަށް އަދާލަތުގެ މި ލިޔުމުގައި ވެއެވެ...

















advertisment
ރާއްޖެއަށް ސޫފީންގެ ބަޔަކު އައިސް އުޅޭ ވާހަކަ އަޑު އެހިން
މިފަދަ ޙާލަތުގައި ޢަދާލަތުވެސް ދެވަނަ ވިސްނުމަކަށްގޮސް މުޅިން މިނިވަންވުން ރަނގަޅުވާނެއެވެ.