ރާއްޖޭގެ ޚަބަރުދިއިސްލާމް

ތަރާވީހް ނަމާދު ކުރާނެ ހާފިޒުންގެ ވިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި 

ނަމާދު ކުރަނީ 
ނަމާދު ކުރަނީ 

ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން ނުވަތަ ޤާރީން ގެނައުމަށް އެދޭ ފަރާތްތަކުން، ލިޔެކިއުންތައް އިމިގްރޭޝަންގެ އޮންލައިން ޕޯރޓަލް މެދުވެރިކޮށް ހުށަހެޅުމަށް އިމިގްރޭޝަނުން އެދިއްޖެއެވެ. އިމިގްރޭޝަނުން ވިދާޅުވީ ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ރަސްމީ މަސައްކަތު 07 ދުވަސްތެރޭ ސިސްޓަމް މެދުވެރިކޮށް އެންގޭނެއެވެ.

ވިސާއަށް އެދި ހުށަހަޅަން ޖެހޭ ތަކެތި 

  1. ކައުންސިލް އިދާރާއިން ފުރިހަމަކޮށްފައިވާ "ސްޕެޝަލް ވީޒާއަށް އެދޭ ފޯމް" (IM22)
  2. "ވީޒާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމް" (IM30)
  3. ބިދޭސީ ފަރާތުގެ "ޕާސްޕޯޓު ޑާޓާ ޕޭޖް" ގެ ކުލަ ކޮޕީ.
  4. ބިދޭސީ ފަރާތުގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓް ފޮޓޯ މިންގަނޑާއި އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް)
  5. މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ދޫކޮށްފައިވާ ހުއްދަ.

ޙާފިޒުން ނުވަތަ ޤާރީންނާއި އެކުގައި އާއިލާގެ މެމްބަރުން (އަނބިން/ދަރިން) ދަތުރު ކުރައްވާނަމަ، ޙާފިޒު ނުވަތަ ޤާރީ ގެންނަ އިދާރާއަކުން އެ ފަރާތްތައް ސްޕޮންސަރ ކުރަން ޖެހޭނެއެވެ. އެފަރާތްތަކަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވީސާއެކެވެ. އަދި 30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރައްވާނަމަ، ވީޒާ ހަމަވުމުގެ ކުރިން އެ ވިސާގެ މުއްދަތު އިތުރު ކުރައްވަންވާނެއެވެ.

މިކަމާއި ގުޅިގެން، އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، އިމިގްރޭޝަންގެ ފޯނު ނަންބަރު 7940452، 9199157 (ހެނދުނު 08:00 އާއި މެންދުރުފަހު 14:00އާދެމެދު) ގުޅުއްވުމަށް އިމިގްރޭޝަނުން އެދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *