ރާއްޖޭގެ ޚަބަރު ދިވެހިންވަނީ ލުބްނާނާއި އެކު: ރައީސް ޞާލިޙު

ދިވެހިންވަނީ ލުބްނާނާއި އެކު: ރައީސް ޞާލިޙު

Dhivehin Vany Lebanon aa Eky: Raees Salih

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިންވަނީ ލުބްނާނުގެ ރައްޔިތުންނާއި އެކުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ލުބުނާނުގެ ބައިރޫތުގައި ގޮވި ބާރުގަދަ ގޮވުމާއި ވިދިގެން އެޤައުމުގެ 100 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ޒަޚަމުވެ، ގެދޮރު ގެއްލުމާއި ވިދިގެން ކިޔުއްވި ތަޢުޒިޔާގައެވެ.

މިގޮތުން ލުބްނާނުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވަމުން ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުފައިވާ ގޮތުގައި ދިވެހިން ތިބީ ލުބުނާނު ރައްޔިތުންނާ އެކުއެވެ. އަދި ހަމަ މިއާއި އެކު ލުބްނާނުގެ ގޮވުމުގެ ޙާދި ޘާ އެމަނިކުފާނު ޞިފަ ކުރައްވާފައިވަނީ ދުލުން ބަޔާޏް ނުކުރެވޭ ފަދަ ބޮޑޫ ގެއްލުން ތަކަކާއި، ފުރާނަތަކެއް ގެއްލުނު ޙާދިޘާއެއްގެ ގޮތުގައެވެ.

"އަޅުގަނޑުުމެންގެ ފިކުރާއި (ހެޔޮ އެދުމާއި) ދުޢާތައް ވަނީ ގެއްލުން ލިބުނު މީހުންނާއި އެބައިމީހުންގެ އާއިލާތަކާއި، އަދި މި ބިރުވެރި ޙާދިޘާގައި އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކާއި އެކު" ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ލުބުނާނުގެ ވެރިރަށް ބައިރޫތުގެ ބަނދަރު (މަރްފައި ބައިރޫތު) ގައި ގޮވާފައިވާ ބާރުގަދަ ގޮވުންތަކުގެ ސަަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 100 އަށް ވުރެ މަތިވެފައެވެ. އެ ހާދިސާގައި 4000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

ޓެގް

ބައިރޫތު ލުބްނާނު ބައިރޫތުގެ ބާރުގަދަ ގޮވުން ދިއިސްލާމް ސަރުކާރު ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.