ރާއްޖޭގެ ޚަބަރު ރިހެބިލިޓޭޝަން ޕްރޮގްރާމުތައް އިންޓަނެޓު މެދުވެރިކޮށް ގެންދަވަޜެހަަަނީ

ރިހެބިލިޓޭޝަން ޕްރޮގްރާމުތައް އިންޓަނެޓު މެދުވެރިކޮށް ގެންދަވަޜެހަަަނީ

Rehabilitation Program thah Online Koh Gendhavany

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސާއި ގުޅިގެން ކުރިއަށް ގެންދަވާ ރިހެބިލިޓޭޝަން ޕްރޮގްރާމުތައް އޮންލައިންކޮށް ގެންދެވުމަށް ހަމަޖެހިއްޖެއެވެ.

މިޖުލައި މަހުގެ 20 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ޚަބަރުތައް ފަތުރާ ވަސީލަތެއް ކަމުގައިވާ ގޮވް.އެމްވީ އިން ރިޕޯޓު ކުރައްވާފައިވާ ގޮތުގައި މިދިޔަ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް، އިންޓަނެޓު މެދުވެރިކުރައްވާ ޤައިދީންގެ ރީހެބިލިޓޭޝަން ޕްރޮގްރާމުތައް ގެންދަވަން ވަނީ ފައްޓަވާފައެވެ. އަދި މިޕްރޮގްރާމުތައް ކުރިއަށްދަނީ "ޒޫމް" އެޕްލިކޭޝަން މެދުވެރިކޮށް ކަމަށްވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.

މިޕްރޮގްރާމުތަކަކީ ރީހެބިލިޓޭޝަންގެ އޮނިގަނޑުގެ ތެރެއިން، އެކި މަރްޙަލާތަކުގައި ޤައިދީންގެ ހިތްތަކުގައި ދީނީ ކަންތައްތަކަށް ލޯބިޖެއްސެވުމަށާއި ދީނީ ކަންކަމަށް އަހްލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދަވާ ޕްރޮގްރާމު ތަކެކެވެ. މިގޮތުން މިޕްރޮގްރާމުތައް ގެންދެވެނީ ދީނީ ދަރުސްތަކާއި، ދީނީ ކައުންސެލިންގެ ޛަރީޢާއިންނެވެ.

ގޮވް.އެމްވީ އިން ރިޕޯޓު ކުރައްވާ ގޮތުގައި މިހާތަނަށް މިފަދަ ދީނީ ކަންކަން އޮޅުން ފިލުވާ ދެއްވުމުގެ 12 ޕްރޮގްރާމެއްވަނީ ކުރިއަށް ގެންދަވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އާދީއްތައިން ފެށިގެން ބުރާސްފަތި ދުވަހާއި ނިޔަލަށް މިޕްރޮގްރާމުތައް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ޤައިދީންނަށް ދީނީ ދަރުހާއި ފިލާވަޅުތައް ނަންގަވައި ދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡުންނެވެ. މިގޮތަށް ކުރިއަށް ގެންދާ ދީނީ ފިލާވަޅުތަކާއި ދަރުސްތަކުގައި ހިމެނެނީ، އިސްލާމީ ޢަޤީދާ އާއި، ފިޤްހާއި، މުޢާމަލާތާއި، އަޚްލާޤު ބައިތަކެވެ.

ޓެގް

މޯލްޑިވްސް ކަރެކްޗަނަލް ސާރވިސަސް ދިއިސްލާމް ދީން އިސްލާމިކް މިނިސްޓްރީ ސަރުކާރު ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.