އަލްކަހޯލް ހިމެނޭ ރީތިވާ ސާމާނު ބޭނުން ކުރުމަކީ ހުއްދަ ކަމެއްތޯ؟

އަލްކަހޯލް ހިމެނޭ ރީތިވާ ސާމާނު ބޭނުން ކުރުމަކީ ހުއްދަ ކަމެއްތޯ؟
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ސުވާލު: އަލްކަހޯލްހިމެނޭ ގޮތަށް ތައްޔާރު ކޮށްފަ ހުންނަ ރީތިވުމަށް ބޭނުންކުރާ ލޯޝަންސެންޓް ފަދަ އެއްޗިހި ބޭނުން ކުރުމަކީ ހުއްދަ ކަމެއްތޯ؟

ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

އަލްކަހޯލް އަކީ މަސްތުވާ އެއްޗެކެވެ. ކޮންމެ މަސްތުވާ އެއްޗަކީ ރަލެކެވެ. ކޮންމެ ރަލަކީ ޙަރާމް އެއްޗެކެވެ.

އަލްކަހޯލް އާއި ގުޅިފައިވާ ދެކަމެއްވެއެވެ.

އެއްކަމަކީ: އެއީ ނަޖިސް އެއްޗެއްތޯ ނުވަތަ ނޫންތޯ؟

ދެވަނަކަމަކީ: ބޭހާއި ކާނާއާއި އަދި އެނޫންވެސް އެއްޗިއްސާއި އަލްކަހޯލް މިކްސް (އެކުވެއްޖެ) ނަމަ، އަޘަރު ކުރާނެތޯ ނުވަތަ ނޫންތޯ އެވެ؟

ފުރަތަމަ މައްސަލާގައި ގިނަ ޢިލްމުވެރިން ބުރަވެލައްވަނީ އެއީ (ރަލަކީ) ޙިއްސީ ނަޖިހެއް ކަމަށެވެ. މާނައަކީ ހަށިގަނޑުގައި ރަލުގެ ތިއްކެއް ނަމަވެސް ޖެހިއްޖެ ނަމަ އެތަނެއް ދޮވެ ސާފު ކުރަން ޖެހޭނެ ކަމަށެވެ. އަލްއައްލާމާ-ޞާލިޙުލް ޢުޘައިމީން-ރަޙިމަހު ﷲ- ބުރަވެވަޑައިގަންނަވަނީ އެއީ މަޢުނަވީ ނަޖިހެއް ކަމަށެވެ.

ދެވަނަ މައްސަލާގައި، ބޭސް ނުވަތަ ކާނާގެ ތެރެއަށް އަލްކަހޯލް އަޅައި އެހެން އެއްޗިއްސާއި މިކްސް ވެފައި ހުންނައިރުގައި، އަލްކަހޯލް ގެ އަޘަރު ހުންނަނީ ކިހާ ވަރަކަށްތޯ ބަލަން ޖެހެއެވެ. މިފަދަ ތަކެތީގައި އަލްކަހޯލް ގެ އަޘަރު ފާޅުކޮށް ފެންނަން ހުރިނަމަ، އެތަކެތި ބޭނުން ކުރުން ޙަރާމް ވާނެއެވެ. އަދި އަލްކަހޯލްގެ އަޘަރެއް ފެންނަން ނެތްކަމަށް ވަނީނަމަ އެތަކެތި ބޭނުން ކުރުން ހުއްދަވާނެއެވެ. މިކަމުގެ ދަލީލަކީ ފެނަށް ނަޖިހެއްވެއްޓި ފެންގަނޑު ތަޣައްޔުރު ނުވާ ކަމަށް ވަނީ ނަމަ އެފެންގަނޑަކީ ޠާހިރު އެއްޗެއް ކަމުގައި ހުރިހާ ޢިލްމުވެރިން އިޖްމާޢުވެވަޑައިގަތުމެވެ.

ހަމައެކަނި އަލްކަހޯލް ބޭނުން ކުރުމާއި އޭތި އެހެން އެއްޗަކާއި އެއްކޮށްގެން ބޭނުން ކުރުމާއި ވަރަށް ތަފާތެވެ. ހުސްއެކަނި އަލްކަހޯލް ބޭނުން ކުރުމަކީ ޙަރާމް ކަމެކެވެ. ކިތަންމެ ކުޑަމިންވަރެއްވިޔަސްމެއެވެ. ނަމަވެސް އަލްކަހޯލް އެހެން އެއްޗަކާއި އެއްވެއްޖެނަމަ ބަލަން ޖެހެނީ އޭގެ ތާޘީރަށެވެ. ތާޘީރު ފެންނަންހުރި ކަމަށް ވަނީ ނަމަ ޙަރާމް ވާނެއެވެ. ތާޘީރު ފެންނަން ނެތިއްޖެނަމަ ހުއްދަވާނެއެވެ.

އެހެންކަމުން ސުވާލުގައި އައިސްފައިވާ މައްސަލާގައި ބުނަން އޮތީ މިކަމުގައި ބަލަން ޖެހޭނީ ތިޔަ ބޭނުން ކުރައްވާ ލޯޝަން އާއި ސެންޓާއި އަދި މިނޫންވެސް ތަކެތީގައި އަލްކަހޯލްގެ އަޘަރުފެންނަން ހުރިކަމަށް ވަނީ ނަމަ ޙަރާމް ވާނެއެވެ. އަޘަރު ފެންނަން ނެތް ނަމަ އެތަކެތި ބޭނުން ކުރުމަކީ މައްސަލަ އެއް ނޫނެވެ.

އަދި މީގެ އިތުރުންވެސް މިމައްސަލާގައި ބައެއް ޢިލްމުވެރިން މުޠުލަގުކޮށް ހުއްދަކުރައްވައެވެ. އެބޭފުޅުން ވިދާޅުވަނީ ސެންޓު ލޯޝަން ފަދަ ތަކެތީގައި ބޭނުން ކޮށްފައިވާ އަލްކަހޯލަކީ މުޅިން އެހެން ބާވަތެއްކަމުގައެވެ. އަދިއެއީ ބައެއް ކެމިކަލްތައް ބޭނުން ކޮށްގެން އުފައްދާ މާއްދާއެއް ކަމުގައެވެ.

والله أعلم.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.