ރާއްޖޭގެ ޚަބަރު

އެމްނެސްޓީ އިންޓަނޭޝަނަލަށް ނިދިންހޭލެވި މަންޒަރުތައް ފެންނަގޮތް ތަފާތުވެއްޖެ : މަދަނީ އިއްތިހާދު

އިއްތިހާދުން ޖުމްހޫރީ މައިދާނުގައި ކުރި ސުލްހަވެރި މުޒާހަރާއެއްގެ ތެރެއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ – ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

އިއްތިހާދުން ޖުމްހޫރީ މައިދާނުގައި ކުރި ސުލްހަވެރި މުޒާހަރާއެއްގެ ތެރެއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ – ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

އެމްނެސްޓީ އިންޓަނޭޝަނަލްގެ ނަމުގައި އުޅޭ ބަޔަކު ގިނަދުވަސްތަކެއް ވަންދެން ނިދާފައި ތިބުމަށްފަހު ހޭލެވުމުން އެމީހުންގެ ލޮލަށް އަރާފައި ފުސްކަން ފިލާފައި ނުވާތީ ފެންނަ މަންޒަރުތައް ވަރަށް ތަފާތުވެއްޖެ ކަމުގައި މަދަނީ އިއްތިހާދުން ބުނެފިއެވެ.

މަދަނީ އިއްތިހާދުގެ ނައިބް ރައީސް ޢަބްދުﷲ މުޙައްމަދު ވިދާޅުވީ ޖެނުއަރީ 17 ން ފެށިގެން ފެބްރުއަރީ 6 ގެ ނިޔަލަށް ރާއްޖޭގެ އެތައްހާސް ރައްޔިތުން މަގުމަތީގައި ކުރަމުންގެންދިއަ ޞުލްހަވެރި މުޒާހަރާތަކާ ގުޅިގެން 98 މީހުންނަށް ހޮސްޕިޓަލަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހުނު ކަމަށެވެ. އަދި އެއްވެސް ކުށެއް ނެތި 500 އަށްވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންދެވި އެއިގެ ތެރެއިން 210 މީހުން ހައްޔަރުކުރިކަމަށް ފުލުހުންގެ ރެކޯރޑްތަކުން ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހުރިހާ ކަންކަމެއް ހިނގާދިޔައިރުވެސް އެމްނެސްޓީ އިންޓަނޭޝަނަލް އޮތީ ބޮޑު ނިދިން ނިދާފައި ކަމަށާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ ނަމުގައި ބަޔާންތައް ނެރެނީ ހަމައެކަނި ފޮޓޯ ބަލައިގެން ކަމުގެ ހަޤީޤަތާއެއްގޮތަށް ނޫންކަމުގައި ޢަބްދުﷲ ވިދާޅުވިއެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުން ބައަކު ހައްޔަރު ކުރުމުގައި ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރުމާ ގުޅިގެން ހަމީހަކަށް އަނިޔާވެ އޭގެތެރެއިން ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްބުނެ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބަޔާނެއްނެރުނުއިރު، އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން ވަނީ އެކަން ދޮގުކޮށްފައެވެ.

އައިޖީއެމްއެޗުން ބުނެފައިވަނީ އެރޭގެ ޙާދިސާތަކާއި ގުޅިގެން އެ ހޮސްޕިޓަލަށް ހަތްމީހަކު ގެނެވުނު ކަމަށާއި އޭގެ ތެރޭގައި ސީރިއަސް އަނިޔާއެއް ލިބިފައިވާ މީހަކު ނުހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ވަރަށް ކުދި ކުދި އަނިޔާ ލިބިފައިވާ ބަޔަކު ތިބިކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެރޭގެ ޙާދިސާތަކާ ގުޅިގެން އެ ހޮސްޕިޓަލަށް ގެނެވުނު ދެމީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އެހެން ނަމަވެސް އަނިޔާވީ މީހަކު ގޮވައިގެން އައި ގިނަ ޢަދަދެއްގެ ބައަކު އެއްފަހަރާ އެމަޖެންސީ ރޫމަށްވަދެ ބަލިމީހާގެ މޫނުގައި އޮކްސިޖަން މާސްކު ފަދަ ތަކެތި އަޅުވާ ފޮޓޯ ނަގަން މަސައްކަތް ކުރަނިކޮށް ބަލިމީހާއަށް ފަރުވާދިނުމަށް ޑޮކްޓަރު މަސައްކަތް ކުރުމުން އެކަމަށް ހުރަސް އަޅާފައިވާ ކަމަށް އޭޑީކޭ އިން ވަނީ ބުނެފައެވެ. އަދި ބަލިމީހާ ގޮވައިގެން އައި މީހުން އޭނާއަށް ފަރުވާ ދެވޭނީ ފޮޓޯ ނަގާފައި ކަމަށްބުނެ ޑޮކްޓަރަށް ބިރުދައްކާ ވައްޓާލުމަށްފަހު ޑޮކްޓަރު އެތަނުން ބޭރުކުރި ކަމަށް އޭޑީކޭއިން ބުނެފައިވެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ މިޙާދިސާގައި ދެ ޑޮކްޓަރަކަށާއި ބައެއް ނަރުހުންނަށް ނަފްސާނީ ގޮތުންވެސް އަސަރު ކޮށްފައި ވާކަމަށެވެ. އަދި އެފަދަ ޢަމަލުތައް ނުހިންގުމަށް އެހޮސްޕިޓަލުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި

8 ޚިޔާލު

  1. ކޮބާ މީމަބައިމީހުންހުންގެ އަސްލު ފެންނަން ފަށައިފިއެއްނު؟؟؟ މިބައިމީހުން ވަރަށް ނޫންކަމަށް ހެދިގެން މިތިބީ މިބައިމީހުންނަކީ އިސްލާމްދީނުގެ ދުޝްމަނުން! ފްރެންޑްއޮފް މޯލްޑިވްސް އަކީވެސް އިސްލާމްދީނުގެ ދުސްމަނުން! އެމް.ޑީ.ޕީޢޭކިޔާ ބައިގަނޑަކީވެސް އިސްލާމްދީނުގެ ދުޝްމަނުން އަދި އެމީހުންގެ އެކުވެރިންނަކީވެސް އިސްލާމްދީނާ މިލޮބުވެތިވަތަނުގެ ވެސް ދުސްމަނުން މާތްﷲ މިނުބައިފިތުނައިން މިގައުމާއި ރައްޔިތުން ސަލާމަތް ކުރައްވާށިއެވެ. އާމީން

  2. މަދަނީ އިއްތިހާދު ތިއީ އެއްވެސް އިހުލާސްތެރިކަމެއް އޮވެގެން މަސަތްކަތް ކުރާބައެއްނޫން!ރައްޔިތުންގެ އެކަކު އަނެކަކު މެދުގައި ނަފްރަތު އުފައްދުމަށްޓަކައި އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ބައެއް ތިއީ!

  3. ހިނގާ ރަނގަޅު ކުރަމާ! އެމްޑީޕީ އަކީ ގޯސް އެއްޗެއް ނޫން.. އެމްޑީޕީ މެމްބަރުންވެސް ގޯހެއް ނޫން.. ގޯހީ އެމްޑީޕީގެ މަތިފަޑީގައި ތިއްބެވި ބޭފުޅުން… މަޖްލިސްގައި އިސްލާމް ދިވެހި އަދި ރަލުގެ މައްސަލައިގައި ވޯޓު ދިން ގޮތުން އެއީ ކޮންބައެއްކަން ސާފުވާނެ.

    އެމްޑީޕީ އެންމެނަކީ އަދި ލާދީނީ މީހެއް ނޫން.

  4. މައްސަލައަކީ ވަކިބަޔަކު ބުނާހާގޮ ތަކަށް އެބުރޭތީ އަމިއްލަވިސްނުމާ ފިކުރު ކުރިއަށްނެރެ ރަނގަޅު މަގުހޯދުމުގެ ބަދަލުގަ ގުބޯތަކެއްހެންއުޅުން ތިމާ ހެއްދެވިފަރާތް ހަނދާން ނައްތާލާ ލަވައާ މިޒިކުކަ މަސްތުވުން ތިމާއަކީ މާބާރުގަދަ މީހަކައްހެދިގެން ﷲގެބިމުގައި ބޮޑާވެގަތުން ތިޔަހިތްތައްހުޅުވާ ﷲގެމައްރުޖޫޢަވެ ތައުބާވެ ދެން ދަންނަވާ އެއީ ފުއްދަދެއްވާފަރާތަކީ އެއީފުދިވޮޑިގެންވާފަރާތަކީ ނަޝީދުއަކީ ހަމައިންސާނެއް ބުއްދިފަސްވެފަހުރި އިންސާނެއް ތިޔަކމުންދުރުވޭ

  5. އެންމެ ބޭފުޅޫންނަށް ދަންނަވާލާނީ ޕާޓީފިކުރުދޫކޮށްލައި ތިޔައިންކޮންމެ ބޭފުޅަކުވެސް ކުރެވިފައިވާ ނުބަައިކަންކަމަށް ﷲގެ ކިބައިން ތައުބާވެ އަދި މަޢާފަށްއެދެންޖެހޭ މީހަކުވާނަމަ މަޢާފަށްއެދި ﷲސވޢ އަށާއި އެކަލާނގެ ނަބިއްޔާ އަށް ލޯބިކުރުމަށެވެ. ﷲގެ ލޯބި ލިބިއްޖެނަމަ ދެދުނިޔެ ބާއްޖަވެރިވީއެވެ. ﷲސވޢ އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ އެ އިލާހަށް އަޅުކަންކުރުމަށެވެ. ތިޔަ ޕާޓީތަކަށް ތިޔަވަރަކަށް ލޯބިކުރަނީ ﷲއަށް ލޯބިކުރުމުގެ ގޮތުންތޯ އަޅެ ތިޔައިން ކޮންމެ ބޭފުޅަކު އަމިއްލަ ނަފްސާއި ސުވާލުކޮށްލަ ބައްލަވާށެވެ. ތިމާގެ ނިކަމެތިކަމާއިމެދު ވިސްނަވާ ބައްލަވާށެވެ. ތިމާގެ ވަށައިގެންވާ މާހައުލުގައިހިނގާ ކަންކަމަށް ވިސްނައި ފިކުރުކުރާށެވެ. ފުރިހަމަ މުއުމިނެއްގެ ގޮތުގައި މެނުވީ މަރުވެނުދިއުމަށް ރަސޫލާ ސޢވ އުއްމަތަށް އަމުރުކުރައްވާފައިވެއެވެ.

  6. ކޮމެންޓް ތަކަށްލައިކް ނުވަތަ ޑިސްލައިކް ނުޖެތީ މިހާރު ކޮމެންޓް ކުރާހިތެއްނުވޭ ……………..

  7. ކޮންމެ ގޮތެއްވިޔަސް އެމްޑީޕީ މިއަދު މިވނީ ގައުމުގެ އިޖްތިމާޢީ ފޭރާން ރޫޅާލައިފަ. ދަރިންނަށް ނުބައި ނަމޫނާ ދައްކާ ގައުމުގައި ފިތުނުގައި ހުޅުކޮޅު ރޯކުރުމަށް “މެކުހަށް” ޖަހާފައި. ރިވެތި އުސޫލު ތަށް “މެދުމިނަށް” ތިރި ކުރުމުގެ ސަބަބުން ދޭދޭ ދެ އަފުރާދުންގެ މެދުގައި އޮންނަށް ޖެހީ އަޚުވަންތަކަމާއި ރިވެތި ބަހުން މުއާމަލާތް ކުރުމުގެ އުސޫލު ގެއްލިގޮސް “އިންސާފު” ނެތިގޮސް ގައުމު އަނދިރިވެފައި

  8. ދީން ހަތިޔާރަކަށް ހަދައިގެން ނޭ ކިޔަނީ ކޮން ދީނަކަށް ލޯބިކުރާ ބައެއްބާއޭ ހިތަށް އަރާ!! ބަލަ އަހަރެމެން އުޅެންޖެހޭނީ ދީނުގައި އަންގަވާފައިވާ ގޮތަށް. ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް. ލާދީނީ ފިކުރުގެ މީހުން ބުނާނެ ދީނާއި ސިޔާސަތަކީ ވަކިއެއްޗެކޭ.. މެދުމިނެކޭ.. އަނެއްއެއްޗެކޭ.. އެފަދަމީހުންނަށް ބުނެލަން އޮތީ ތަޢުބާވެ ޙައްޤުގެ މަގަށް ރުޖޫޢަވާށޭ!!

Your email address will not be published. Required fields are marked *