ސައުދީ ސަރުކާރުން ރާއްޖެއަށް 25،500 މުސްޙަފް ހަދިޔާ ކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް 25،500 މުސްޙަފް ހަދިޔާ ކޮށްފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ޤުރްއާން ކުލާސްތަކާއި ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ 25،500 މުސްޙަފް، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއަށް ރަސްމީކޮށް ހަދިޔާކުރައްވައިފިއެވެ.

މި މުސްޙަފްތަކަކީ ރާއްޖޭގައި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތް ފުޅާކުރުމަށް ލިބުނު ބޮޑު އެހީއެކެވެ.

މުސްޙަފްތައް ރަސްމީކޮށް ހަވާލުކުރެއްވުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އާއި ސަޢޫދީ އެމްބަސީގެ އިސްވެރިންގެ އިތުރުން އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލެވުނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއާއި ދެމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފައެވެ. ވަޒީރު ޝަހީމް ވަނީ މިފަދަ ދީލަތި އެހީތެރިކަމަކަށްޓަކައި ސަޢޫދީ ސަފީރަށާއި އެމްބަސީގެ މުވައްޒަފުންނަށްވެސް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

ސައުދީ ސަރުކާރުން ހަދިޔާކުރެއްވި މި 25،500 މުސްހަފުގެ ތެރޭގައި ބޮޑެތި މުސްޙަފްވެސް ހިމެނެއެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި، މިސްކިތްތަކަށާއި، އިސްލާމީ މަރުކަޒުތަކަށެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މި މުސްޙަފްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ، އެކި އަތޮޅުތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތަށް ވަރަށް ބޮޑަށް އެހީތެރިވެގެންދާނެ މުސްޙަފްތަކެކެވެ.

މިއީ މި އަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ދެއްވި ދެވަނަ މުސްހަފް ހަދިޔާއެވެ. މި އަހަރުގެ އޭޕްރީލް މަސް ތެރޭގައިވެސް 25،000 މުސްހަފް ހަދިޔާކުރައްވާފައިވާއިރު، އެއާއެކު މި އަހަރު ޖުމްލަ 50،500 މުސްހަފް ސައުދީ ސަރުކާރުންވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މުސްހަފްގެ އިތުރުން ސެޕްޓެމްބަރ މަހުގެ ތެރޭގައި ސަޢޫދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64،000 ފޮތްވެސް ވަނީ ހަދިޔާކޮށްފައެވެ. މި އެހީތެރިކަމުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ދީނީ އަދި ތަޢުލީމީ ދާއިރާއަށް ސައުދީ ސަރުކާރުން ދެއްވާ މުހިންމުކަމެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.