ރާއްޖޭގެ ޚަބަރު ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި

ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި

ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތ. ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ އަތޮޅުތަކުގައި ކީރިތި ޤުރްއާން ކިޔެވުމާއި، ޙިފްޡުކުރުމުގެ ފުރުޞަތު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ސެންޓަރު ހުޅުވައިދެއްވީ، މިއަދު ވޭމަންޑޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެހުރި، ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާނެވެ. މި ރަސްމިއްޔާތުގައި ތ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ވޭމަންޑޫގައި ހުޅުވުނު މި އައުޓްރީޗް ސެންޓަރުގައި ދެ ކްލާސް ރޫމާއި، އޮފީސް ބައެއް ހިމެނެއެވެ. މި އައުޓްރީޗް ސެންޓަރުގެ ޒަރީޢާއިން ވޭމަންޑޫގެ ރައްޔިތުންނަށް ޤުރްއާނާ ގުޅުންހުރި ތަޢުލީމީ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މި އައުޓްރީޗް ސެންޓަރު ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވޭމަންޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެއް ފުއްދެވުންކަން ފާހަގަކޮށްލެވެއެވެ. ރައީސް މުޢިއްޒު ވަނީ ނޮވެންބަރު މަހުގެ ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ވޭމަންޑޫގައި ހުޅުވައިދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ޓެގް

ތ.ވޭމަންޑޫ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.