ރާއްޖޭގެ ޚަބަރު އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސް މުޢިއްޒުގެ އިލްތިމާސްއެއް

އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސް މުޢިއްޒުގެ އިލްތިމާސްއެއް

އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސް މުޢިއްޒުގެ އިލްތިމާސްއެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މި އިލްތިމާސްކުރެއްވީ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން، އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމަކީ ކޮންމެ ރައްޔިތަކުވެސް އުފަލާއެކު ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މުސްލިމުންގެ ސަގާފަތާ ޚިލާފު ކަންކަމާ ދުރުހެލިވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޚާއްޞަކޮށް، އިސްލާމް ދީނުގެ ޙުދޫދުން ބޭރުނުވާ ގޮތަށް ޢަމަލުތައް ބައްޓަންކުރެއްވުމަށް ފިލްމާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފައެވެ. ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށްވުމަކީ މި ޤައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމުގައި ދެކެވަޑައިގަންނަވައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެކުރިންވެސް އެމަނިކުފާނު ވަނީ މިކަން ތަކުރާރުކުރައްވާފައެވެ.

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ޢުމްރާނީ ތަރައްޤީ ޤައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން، ތަޢުލީމާއި ތަރުބިއްޔަތު ދަރީންނަށް ދީ، އެކަކު އަނެކަކާ ރީތި ބަހުން މުޚާޠަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ.

މި ސިޔާސަތުގެ ދަށުން، ދިވެހީންގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމާއި، އިސްލާމީ ހަޟާރަތް ކުރިއަރުވާ މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ވެއެވެ.

ޓެގް

ރައީސް ޑރ މުޙައްމަދު މުއިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.