ރާއްޖޭގެ ޚަބަރުދިއިސްލާމް

އިސްލާމްދީނުގެ ޙިމާޔަތުގައި ވަރުގަދަ ތެދުވުމަކުން ތެދުވާނަން: މަދަނީ އިއްތިހާދު

މަދަނީ އިއްތިހާދުން މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން – ދިއިސްލާމް ފޮޓޯ : މުޙައްމަދު އާދަމް (އުޑޭ)

 

މަދަނީ އިއްތިހާދުން މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން – ދިއިސްލާމް ފޮޓޯ : މުޙައްމަދު އާދަމް (އުޑޭ)

ރާއްޖޭގައި ލާދީނީ ކަންތައްތައް ފަތުރަން މަސައްކަތްކުރަމުންދާތީ އެކަންތައްތައް ހުއްޓުވުމަށްޓަކައި އިސްލާމްދީނުގެ ޙިމާޔަތުގައި ވަރުގަދަ ތެދުވުމަކުން ތެދުވާނެ ކަމަށް މަދަނީ އިއްތިހާދުން ބުނެފިއެވެ.

މިރޭ ސޯޝަލް ސެންޓަރުގައި މަދަނީ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ ރާއްޖޭގައި ބެހެއްޓި ބުދުތަކާއި، ކާފަރުންގެ ޝިއާރުތަކާއި އަދި ކީރިތި ޤުރުއާނުގެ ޙުކުމްތައް ބާޠިލުކުރުމަށް ރާއްޖޭގައި ބަޔަކުމީހުން ރާވަމުން ގެންދާތީ އެކަމާ ދެކޮޅަށް ތެދުވުމަށް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ގޮވާލާފައެވެ.

އަދި ބުދުތައް މިހާރުން މިހާރަށް ނެގުމަށާއި، ބައެއްގެ އަމިއްލަ އެދުންތަކަށްޓަކައި ބޭރު ދުނިޔެއާއި ރާއްޖޭގެ ގުޅުން ޤުރުބާން ނުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.

މިއަންނަ ޑިސެމްބަރު 23 ގައި މުޅި ރާއްޖޭގައި ބޮޑުވެގެންވާ ޙަރަކާތެއް ކޮޅަށްޖަހާނެ ކަމަށާއި އިސްލާމްދީނަށް ލޯބިހުރި މީހަކުވިއްޔާ މިޙަރަކާތުގައި ބައިވެރިވުމަށް މަދަނީ އިއްތިހާދުން ގޮވާލާފައިވެއެވެ. މިޙަރަކާތަކީ މަދަނީ އިއްތިހާދުން މީގެކުރިން ބާއްވާފައިވާ މުޒާހަރާތަކާ ޚިލާފު ވަރުގަދަ މުޒާހަރާއެއް ކަމުގައި އިންޝާﷲ ވާނެކަމަށް އިއްތިހާދުން ބުންޏެވެ.

މި ބައްދަލުވުމުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ ތެރޭގައި ޓީޗާސް އެސޯސިއޭޝަން، މުސްލިމުންގެ ގުޅުން އަދި ޖަމްޢިއްޔަތުއްސަލަފް ފަދަ ފަރާތްތައް ހިމެނެއެވެ.

ފޮޓޯއިން: ރާއްޖޭގައި ލާދީނީ ކަންތައްތައް ފަތުރަން މަސައްކަތްކުރަމުންދާތީ މަދަނީ އިއްތިހާދުން ބޭއްވި ނޫސްކޮންފަރެންސް

ގުޅުންހުރި

7 ޚިޔާލު

  1. އެހެންވީމަ އިބުރާ ހުންނާނެތާ ދޯ އެންމެ ކުރީގަ…….

  2. މަދަނީ އިއްތިހާދުން އިސްލާމްދީނުގެ ހިމާޔަތުގައި ވަރުގަދަ ތެދުވުމަކުން ތެދުވާނެކަމަށް ބުނުމުން… މަދަނީ އިއްތިހާދުގެ ބުނުމާދެކޮޅަށް ސަރުކާރަށް ސަޕޯޓްކުރާ މީހުން ސައިހޮޓާތަކާ އާންމުން އެއްވާ ތަންތަނުގައި އެކިޔަނީ “އިސްލާމްދީން ހިމާޔަތްކުރުމަކީ މީހަކު ކުރަންޖެހޭކަމެއް ނޫނޭ.. އެކަލާންގެ ދީން އެކަލާންގެ ހިމާޔަތްކުރައްވާނޭ…. ގެފުޅުވެސް ހިމާޔަތްކުރެއްވީ ނޫންހެއްޔޭ؟” މީހުންގެ ބޮލަށް ސަވާރުވެ ދީނީ މިފަދަކަންކަމުގައި ބައިވެރުމާ މީހުން ދުރުކުރުމަށްޓަކައި އެދައްކާ ވާހަކަތަކަށްވެސް ވަރުގަދަ ރައްދެއް އެބަ ދޭންޖެހޭ…..

  3. މުޒާހަރާއެއް ނޫން މިވެރިކަން މުލުން ލުހެލަންވީ މީ ޒައިނިސްޓުން

  4. މިހާރުމާލަސްވެއްޖެތެދުވަން އަޅުގަނޑަށް ފެނޭ ކޮންމެވެސް އެއްކޮޅެއްގަޖައްސާފަނޫނީ ނިންމާނުލުމަށް އެއްގޮތަކީއިސްތިއުފާދިނުން ނޫނީ މީގެފަހުން އެފަދަކަމެއްނުކުރާނެކަމަށްބުނުން އަދި މީގެކުރިންކޮށްފާހުރިކަންތަކަށް ރައްޔިތުންގެ ކިބައިންމާފަށްއެދުން އަދި މިނިކުންނައިރު މިގައުމުގަ ރާވިއްކާތަންތަނާއި ޒިނޭގެ ކާރުހާނާތައްވެސް ބަންދުކުރުވަންޖެހޭނެ ގައުމުގައެބަހިގާ އެކިއެކިދިމާުންލުންބޮޑެތިޖަރީމާތަށް ………..

  5. އަދިވެސް ނިކުންނަންވީއޭ ކިޔަކިޔާ ތިބެނީތަ؟ ދެންވެސް އަވަސް ކުރަންވީ !! އެހެން ނޫނީ މިޤައުމުގާ ދެން އޮންނާނީ ލޭ އޮހޮރުވުން

  6. މަޖީދު، ވެރިކަމުގެ އެތެރޭގަ ހުރީމަ އަސްލު ފައިދާ ދޯ މިވަނީ މިހާރު، ސަރުކާރު އެތެރޭންވެސް ޕްރެޝަރ އެބަ ލިބޭތާ، މަޖީދު ނެއްނަމަ ހުސޭނުބެޔެއް ނުބުނާނެ ދެކޮޅަށް އެކައްޗެކޭވެސް. މަޖީދު ވަރަށް އަވަހަށް ބޭރު ކޮއްލާނެހެން ހީވަނީ

  7. ތައްޔާރަށްމިހުރީ ތިޔަދުވަހާއި ހަމައަށް މާތްﷲގެ އިރާދަފުޅުން ގަދަވެސަލާމަތުން ދުނިޔޭގައިލެހެއްޓެވިއްޔާ ތިޔަކަމުގައި އަހަރެންގެ ދަރީންނާއިއެކު ބައިވެރިވާނަން.
    އިސްލާމިކް ފައުންޑޭސަންފަދަ އިސްލާމްދީ ފެތުރުމަށް މަސައްކަތްކުރާފަރާތްތަކުގެ އެއްބާރުލުންދޭތަންފެއްނަމުންނުދާތީ އެކަމާ ވަރަށްހިތާމަކުރަން!
    އަހަރެންނަކީ އިސްލާމިކްފައުންޑޭޝަންގެ މެމްބަރެއް އަހަރެންއެދެން ޢަމަލީގޮތުން މިކަމުގައި އިސްލާމިކްފައުންޑޭޝަނުން ބައިވެރިވާނެކަމަށް.

Your email address will not be published. Required fields are marked *