ރާއްޖޭގެ ޚަބަރުދިއިސްލާމް

ދިވެހި ހުރިހާ ޖަމާޢަތެއްވެސް މަދީނާއަށް ޒިޔާރަތް ކޮށްފި.

ޒަޢީމާ ޙައްޖު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާގެ ޒިޔާރަތުގައި – 1432ހ.

24 އޮކްޓޯބަރު 2011 - މަދީނާއިން: ޢަބްދުލްހާދީ ޙުސައިން

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހިރާއްޖޭގެ ހުރިހާ ޖަމާޢަތްތަކެއްވެސް މަދީނާއަށް ޒިޔާރަތް ކޮށްފިއެވެ. މިގޮތުން އެންމެފަހުން މަދީނާއަށް ޒިޔާރަތްކޮށްފައިވަނީ އަތަމާ ޖަމާޢަތެވެ. އަތަމާ ޖަމާޢަތުގެ ޙައްޖުވެރިން މަދީނާއަށް އައިސްފައި ވަނީ 22 އޮކްޓޯބަރ 2011 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ.

ދިވެހިރާއްޖޭން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ތަފާތު ޖަމާޢަތްތަކުގެ ޙަވާލުގައި 1500 މީހުން މައްކާއަށް އައިސްފައިވެއެވެ. މިގޮތުން ޙައްޖުވެރިން އައިސްފައިވާ ޖަމާޢަތްތަކަކީ: އަތަމާ، މަލީޝާ، ޒަޢީ، ސިސިލްފަރު، ކްލެސިކް، އަލްމަނާސިކް، އަލްޚައިރު، އަލްބަޓޮރަސް، ޞަފާ، އަދި ޔޫއެސް ޖަމާޢަތެވެ.

ފޮޓޯ:

ޒަޢީމާ ޙައްޖު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާގެ ޒިޔާރަތުގައި – 1432ހ.

ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާގެ ޒިޔާރަތުގައި – 1432ހ.

ޚައިރު ގުރޫޕްގެ ޙައްޖާޖީން މަދީނާއަށް ޒިޔާރަތްކުރުން - 1432 ހ

އަލްމަނާސިކް ޙައްޖު ގުރޫޕް މަދީނާއަށް ދަތުރު ކުރުމުގެ ކުރިން

ޒަޢީމާ ޙައްޖު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާގެ ޒިޔާރަތުގައި – 1432ހ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *