ރާއްޖޭގެ ޚަބަރު

މިސްރުގައި ހިގަމުންދާ މުޒާހަރާއަށް އެގައުމުގައި އުޅޭ ދިވެހިން ސަމާލުވުމަށް އަންގައިފި

މިސްރުގެ ވެރިކަމުން މުޙައްމަދު މުރްސީ ދުރުކުރުމުން ކުރަމުންދާ މުޒާހަރާކުރާގައި  މިސްރުގެ ރައްޔިތުން ދިވެހި ކިޔަވާކުދިން ތިބޭ ހިސާބަށް ޖަމާވާތީ އެ ގައުމުގައި ތިބި ދިވެހިން ސަމާލު ވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިކަމާ ބެހޭގޮތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސައީދު ވިދާޅުވީ މިސްރުގެ ވެރިރަށް ގާހިރާގެ ރާބިތާ އަދަވިއްޔާ ސަރަހައްދުގައި އެގައުމުގެ މިހާރުގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ސަލާމަތީ ބާރުތަކުން ރޫޅާލުމާ ގުޅިގެން މުޒާހަރާކުރާ ފަރާތްތައް މިހާރު ޖަމާވަމުން ދަނީ ދިވެހި ދަރިވަރުން ތިބޭ ނަސްރު ސިޓީގެ މަސްޖިދުއް ސަލާމް ސަރަހައްދަށް ކަމަށެވެ.

އަދި އެކަމާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ގޯސްވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ މިސްރުގައި ހުރި ދިވެއްސަކަށް ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ގެއްލުމެއްވެފައި ނުވާ ކަމަށާއި އެހެންނަމަވެސް ނަސްރު ސިޓީގެ ހާލަތު ގޯސްވެ ފިހާރަތައް ބަންދުކޮށްފި ނަމަ ދިވެހިންނަށް ކާބޯތަކެތި ނުލިބުމުގެ ދަތިކަމާ ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށެވެ.

މިސްރުގައި 100އަށް ވުރެ ގިނަ ދިވެހިން ތައުލީމް ހާސިލްކުރަމުން ދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *