100 ކުދިންގެ ޖާގަޔާއެކު ހިޖުރަ ކޭމްޕް ބޭއްވުމަށް ރާވަމުން އަންނަކަމަށް ޖަމިއްޔަތުއް ސަލަފުން ހާމަކޮށްފިއެވެ.
ދިއިސްލާމަށް މައުލޫތު ދެމުން ޖަމިއްޔަތުއް ސަލަފުން ހާމަކޮށްފައިވާ ގޮތުގައި މި ކޭމްޕަކީ ދީނީ މާހައުލެއްގައި ދީނީ ގޮތުނަނާއި އިޖުތިމާއީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ކޭމްޕެއް ކަމަށާއި މި ކޭމްޕްގައި 15 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
3 ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދާ މި ކޭމްޕްގައި ދިއުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅުގެ ރަށެއްގައި ކަމަށާއި މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްކޫލު ކުދިންނަށް ބައިވެރިވެވޭ ގޮތަށް ހުކުރު ހޮނިހިރުގައި ކަމަށް ޖަމިއްޔަތުއް ސަލަފުން ހާމަކުރެއެވެ.
މީގެ އިތުރުން މި ކޭމްޕާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށާއި ނަންނޯޓް ކުރެއްވުމަށް 9965666 އަށް ގުޅުއްވުމަށް ޖަމްޢިއްޔަތުއްސަލަފުން އެދިލައްވައެވެ.
މީގެ ކުރިންވެސް ޖަމްޢިއްޔަތުއްސަލަފުން ވަނީ “ހިޖްރަ ކޭމްޕް” ގެ ނަމުގައި ކޭމްޕެއް ބާއްވާފައެވެ.
އެ ކޭމްޕްގެ ބައިވެރިން ބުނެފައިވާ ގޮތުގައި އެއީ ވަރަށް ކާމިޔާބު އަދި އެހާމެ ފައިދާ ކުރުވަނި ކޭމްޕެކެވެ.

















advertisment
ހިޖުރައިގެ މާނަޔަކީ ކޮބާ؟ ކުފުރާއި ޖާހިލު ކަމުން ހިދާޔަތާއި އިސްލާމް ދީނައް އެންބުރި އައުންތޯ؟
ތިފަދަ ކޭމްޕްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ގޮވާލަން.. މާތްﷲ ތިޔަ ދަތުރުގެ އެންމެހާ ބައިވެރިންނަށް ހެޔޮތައުފިޤު ދެއްވާށިއެވެ! އާމީން!