ރާއްޖޭގެ ޚަބަރު

"ފޭކް" ވޯޓު ކަރުދާސް ހަދައި ބޭނުންނުކުރުމަށް އިލެކްޝަންއިން އިލްތިމާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ނަކަލްގެ ގޮތުގައި ބެލެވިދާނެ ފަދަ އެއްވެސް އެއްޗެއް ހަދައި ބޭނުން ނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

މިކަމާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަންއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވޯޓް ކަރުދާހުގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ސޯޝަލް މީޑިއާގައި ބޭނުން ކުރަމުންދާ ކަމަށާއި އެ ކަމަކީ ގާނޫނީ ކުށެއްކަމަށެވެ.

މީގެ އިތުރުން ގައުމީ ދިދަ އާއި ދައުލަތުގެ ނިޝާން ބޭނުންކޮށްގެން ކެމްޕޭން ކުރަމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި ގައުމީ ދިދަ އާއި ދައުލަތުގެ ނިޝާނުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ކޮމިޝަން ގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *