ރާއްޖޭގެ ޚަބަރު

"ޢަޤީދާ ވޯރކްޝޮފް" މިމަހު ފަހުކޮޅުގައި ބާއްވަނީ

ޖަމްޢިއްޔަތުއްސަލަފް ގެ އަހަރީ ޖަލްސާއެއްގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ

"ޢަޤީދާ ވޯރކްޝޮފް" ނަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޙާއްޞަކޮށްގެން މިމަހު ފަހުކޮޅުގައި ވޯރކްޝޮޕެއް ބޭއްްވުމަށް ހަމަޖެހިފައިވާކަމަށް ޖަމިއްޔަތުއް ސަލަފުން ހާމަކޮށްފިއެވެ.

މިކަމާ ބެހޭގޮތުން ޖަމިއްޔަތުއް ސަލަފުން ހާމަކޮށްފައިވާ ގޮތުގައި މި ވޯރކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 29 ހުން 31 ގެ ނިޔަލަށް ލާލޭ ޔޫތް އިންޓަރނޭޝަނަލް ސްކޫލުގައެވެ.

މީގެ އިތުރުން ބައިވެރިވާން އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ލިބިވަޑައިގަންނަވާނީ އެންލައިޓެން ކިޑްސް ޕްރީ ސްކޫލުން ކަމަށާއި ފީއެއްގެ ގޮތުގައި -/300 ރުފިޔާ ނެގުމަށް ހަމަޖެހިފައި ވާކަމަށް ޖަމިއްޔަތުއް ސަލަފުން ހާމަކުރެއެވެ.

 މި ވޯރކްޝޮޕްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޙް ޢަބުދުﷲ ބިން މުޙައްމަދު އާއި އައްޝައިޚް ހަސަން މޫސާ ފިކުރީގެ އިތުރުން އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް އެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އެންލައިޓެން ކިޑްސް ޕްރީ ސްކޫލު ހުންނަނީ ކޮންތާކުތޯ؟ ވަރަށްބޭނުން ބައިވެރިވާން

Your email address will not be published. Required fields are marked *