ފާއިތުވި ފަސް އަހަރު ތެރޭގައި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ އެއްވެސް ފަރާތަކަށް މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ވިސާ ދޫނުކުރަން ސައުދީ އަރަބިއްޔައިން ނިންމައިފި އެވެ.
މިކަމާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުޙައްމަދު ދީދީ ވިމީޑިއާގައި ވިދާޅުވެފައިވަނީ ސައުދީން އަންގާފައިވާ މި އެންގުން ރާއްޖޭން މީހުން ހައްޖަށް ގެންދާ ޖަމާއަތްތަކަށް މިހާރު މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އަދި ސައުދީގެ މި ނިންމުން އަންގާފައި މިވަނީ ވިސާ ދޫކުރުމާއި ހަމައިން ކަމަށާއި، މިކަމުގެ ސަބަބުން މިއަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން މީގެ ކުރިން ހައްޖަށް ގޮސްފައިވާ ފަރާތްތަކަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށްވެސް ދީދީ ވިދާޅުވިއެވެ.
ފާއިތުވި ފަސް އަހަރު ތެރޭގައި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ އެއްވެސް ފަރާތަކަށް މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ވިސާ ދޫނުކުރަން ނިންމާފައިވާއިރު މައްކާގެ ހަރަމްފުޅު ބޮޑު ކުރުމުގެ ގޮތުން ސައުދީ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތް ނިމެންދެން ހައްޖަށާއި އުމްރާއަށްދާ މީހުންނަށް ވިސާ ދޫކުރާ އަދަދު މަދުކުރުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ.

















advertisment
ޚިޔާލު