ރާއްޖޭގެ ޚަބަރު

ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ހަމަހަމަކަމާއެކު ވަގުތު ދޫކުރޭތޯ ބަލާނަން: ކޮމިޝަން

ފޮޓޯ: ހަވީރު

ރިޔާސީ އިންތިހާބު ބްރޯޑްކާސްޓިން ކަވަރޭޖުގެ ދަށުން ކެންޑިޑޭޓަކަށް ޑިރެކްޓް އެކްސެސްގެ ގޮތުގައި ދޫކުރާ ވަގުތު 10 ޕަސަންޓަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށާއި ހުރިހާ ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ހަމަހަމަކަމާ އެކު ވަގުތު ދޫކޮށްފައިވޭތޯ ބަލާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންއިން ހާމަކޮށްފިއެވެ.

މިކަމާ ބެހޭ ގޮތުން އެ ކޮމިޝަންއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އިންތިހާބާ ބެހޭ އާންމު ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުންގެ އޮންއެއާ ޓައިމްގައި ކެންޑިޑޭޓުންނަށް ވިއްކާ ވަގުތާއި "ޕްރައިމް ޓައިމް" ފޮނުވާ ކޮންޓެންޓް މޮނީޓާ ކުރާނެ ކަމަށާއި ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށް ވުރެ 10 ޕަސެންޓް އިތުރުވޭތޯ ބަލާނެ ކަމަށެވެ.

މީގެ އިތުރުން ޑިރެކްޓް އެކްސަސް މޮނިޓާކުރުމުގައި އިންތިޚާބާ ބެހޭ އާއްމު ޤާނޫނުގައިވާ ގޮތުގެ މަތިން  ޕްރައިމް ޓައިމްގައި ގެންނަ ހަބަރު އަދި ޕްރޮގްރާމްގެ އިތުރުން ސަރުކާރާއި ކެންޑިޑޭޓުންނަށާއި އިލެކްޝަން ކޮމިޝަނަށް ދީފައިވާ ވަގުތާއި އަދި އެ ފަރާތްތަކުގެ ކަވަރޭޖް ގެނެސްފައި ވަނީ ޕޮޒިޓިވް، ނިއުޓުރަލް އަދި ނެގެޓިވް ޓޯނެއްގައިތޯ މޮނިޓާ ކުރާނެ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަންއިން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *