ދީނަށްޓަކާއޭ ވިދާޅުވެ ދޭދޭ ގައުމުތަކާއި ދެމެދުވާ ގުޅުން މިވަނީ ޚަރާބު ކޮށްފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރ.އަލިފުށީގައި ދާދިފަހުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ "ގައުމަށްޓަކާއި ދީނަށްޓަކާއޭ ވިދާޅުވެ އަޅުގަނޑުމެންގެ ދޭދޭ ގައުމުތަކާއި ދެމެދުވާ ގުޅުން މިވަނީ ޚަރާބު ކޮށްފައި. އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެނަށް ތަރައްގީގެ މަގުގައި ދެވެން އޮތް ގިނަ މަގުތަކަށް ހުރަސް އަޅާފައި. އަޅުގަނޑުމެން މިވަނީ ކަނު ބަނދެވިގެން ތިބެ ފުން އަނދަވަޅަކަށް ވެއްޓެންދާ ބައެއްގެ ގޮތުގައި ވެފައި.”ކަމަށެވެ.
އެރަށުގައި ވާހަކަ ދައްކަމުން ނަޝީދު ވަނީ "ޑރ.އަފްރާޝީމްގެ މަރާއިގުޅިގެން ދައްކަން އޮތް ވާހަކަ އަދިއޮތީ"ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިންވެސް ތަފާތު ގޮތްގޮތަށް މިމައްސަލާގައި ވާހަކަ ދައްކަވާފައިވާ ނަޝީދު އިތުރަށް ވިދާޅުވީ އަފްރާޝީމްގެ މަރުގެ ތުހުމަތު އެމްޑީޕީގެ ބޮލުގައި އަޅުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޚިޔާލު