
ޔާމީންގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު
ތައުލީމީ މުގައްރިރް ދާނީ އަރަބި އިސްލާމީ ތައުލީމަށް އިހްތިރާމްކުރަމުން ކަމަށާއި ޒުވާނުންނަކީ އިސްލާމީ ތަރުބިއްޔަތު ހުރި ބަޔަކަށް ވެގެންދިއުމަކީ މިއަދު މިއޮތް އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް ހައްލު އައުމުގައި އެހީތެރިވާނެ ކަމެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ރިޔާސީ ޓިކެޓަށް ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަތީ ތައުލީމުގައި ދިވެހި އިސްލާމް ކިޔަވާ ކުދިނަށް ހާއްސަ އިނާޔަތްތައް ދިނުމަށް ނިންމާނެ ކަމަށާއި ޒުވާނުންނަށް އިސްލާމީ ތަރުބިއްޔަތު ދިނުމުން މިއަދު މިއޮތް އިޖުތިމާއީ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު އައުމުގައި އެހީތެރިވާނެކަމަށެވެ. އެހެން ކަމުން މިކަމަށް ވެސް އިނާޔަތް ދިނުމަށް ނިންމީ ކަމަށެވެ.
“ޝައްކެއް ވެސް ނެތް ގޮތުގައި ތައުލީމީ މުގައްރިރް ދާނީ އަރަބި އިސްލާމީ ތައުލީމަށް އިހްތިރާމްކުރަމުން، އަދި ހަމައެއާއިއެކީ ހާއްސަ އިނާޔަތްތަކެއް ނުވަތަ ނޫނީ ހާއްސަ ފައިސާގެ އިނާޔަތްތަކެއް ދިނުމަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން މަސައްކަތްކުރާނަން،” ޕީޕީއެމް ރިޔާސީ ޓިކެޓަށް ވާދަކުރައްވަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަމުން ޔާމިން ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ހުނަރުވެރި ކުދީން އުފެއްދުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި ޕީޕީއެމް ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި ދިވެހި އިސްލާމް ކިޔަވައިގެން ޝަރީއްޔާއިން ލޯ ހަދައިގެން ކުދިން ނިކުންނަން ޖެހޭ ކަމަށެވެ.
ޔާމީން ވިދާޅުވީ ކޮންމެ ކުއްޖަކީ މަތީ ތައުލީމް ހާސިލްކުރެވޭނެ ކުއްޖަކަށް ނުވާތީ ޕީޕީއެމް ސަރުކާރެއްގައި އެކަމުން ފެއިލްވާ ކުދިންނަށް އަލުން އަނބުރާ މަތީ ތައުލީމުގެ ފުރުސަތެއް އޮތްތޯ ނުވަތަ އެކުދިން ހުނަރުވެރި މަސައްކަތުންނާއި ބުރަ މަސައްކަތްތައް ދައްކައިދެވޭތޯ ސަރުކާރުން އެހީތެރިވެދޭނެ ކަމަށެވެ. އަދި ޒުވާނުންގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ހުނަރުވެރިކަން ހުރި ކުދިން ތިބިކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ ޒުވާނުންގެ ތެރޭގައި ވަރަށް ފުންނާބު އުސް ފަންނާނުވެރިން އެބަތިބި ކަމަށާއި މިކުދިންނަށް ދިވެހި ރާއްޖޭގައި ފުރުސަތު އޮންނަން ވާނެ ކަމަށެވެ.
“މީގެތެރޭގައި މިއުޒިކް ބޭންޑްތަކުގެ ގޮތުގައި އުޅޭ ބޮޑުބެރު ގްރޫޕްތައް އެބައުޅޭ، އަދި މިއުޒިކް ކޮމްޕޯޒްކޮށް މިއުޒިކް ލިޔާ ކުދިން އެބައުޅޭ، މީގެތެރެއިން ކުއްޖަކާއި ދާދި ފަހުން އަޅުގަނޑާއި ބައްދަލުކުރި، މިއީ ޔޫރަޕްގައި ޝޯދޭ ކުއްޖެއް، މިކުއްޖާގެ އަލްބަމްތައް ޔޫރަޕްގައި އެބަވިކޭ، އަޅުގަނޑަށް ފާހަގަކުރެވޭ ދިވެހި ޒުވާނުންގެ ތެރޭގައި ވަރަށް ފުންނާބު އުސް ފަންނާނުވެރިން އެބަތިބިކަން، މިކުދިންނަށް ދިވެހިރާއްޖޭގައި ފުރުސަތު އޮންނަންވާނެ.” ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ އޭނާގެ ވެރިކަމެއްގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި މަސްވެރިކަމާއި ޓޫރިޒަމާއި ޒުވާނުންގެ ކުރިމަގާއި ގައުމުގެ އިގްތިސާދު ބައްޓަންކުރާނެ ގޮތުގެ ތަސައްވަރު ޕާޓީގެ މެމްބަރުންނާ ހިއްސާކުރައްވައިފަ އެވެ.
ޔާމީންގެ ކެމްޕޭން ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ބައެއް މެންބަރުންނާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
















ކަމުނުދާމީހެއް ކަމަށް އޭނަގެ ވާހަކަތައް ހެކިދޭ.
އިސްލާމް ދީން ކުރިައރުވަމުން ކިހިނެތް މިޔުޒިކް ކުރިއަރުވާނީ. އެއްއުރައެއްގައި ދެކަނޑިބާއްވައިގެން ޤައުމު ކުރިއަރުވާނީ ދޯ… ތާކުންތާކުނުޖެހޭ ތިއުސޫލެއް.
ހަބަރު ކިޔާލީމާވެސް އެނގޭ ކިހާވަރަކުން ކަން ދާނީ. އިސްލާމީ މުގައްރަރަށް އިހްތިރާމް ކުރާ ވާހަކަ ބުނެފައި ދެން ތި އޮތީ ހަރާމް ކުރެއްވި ކަމެއް ޕްރޮމޯޓް ކޮށް ހިތްވަރު ދޭވާހަކަ ދައްކާފަ. ދެން ކޮން އިހްތިރާމެއް ކުރެވޭނީ.
ބައްލަވާ އަރަބި އިސްލާމީ ތައުލީމަށް ހަމަ އެކަނި އިހުތިރާމްމެއް ނުންކުރަން ޖެހެނީ އެވަރަކުން ނުފުދޭ، ދިވެހިރާއްޖޭގައި ހަމައެކަނި އޮންނަން ޤާނޫނު އަސާސީވެސް ލާޒިމު ކުރަނީވެސް އަރަބި އިސްލާމީ ތައުލީމް! މަނިކުފާނުގެ ބަސްމަގު އެހާރަގަޅެއްނޫން، ދިވެހިރާއްޖޭގެ ވެރިކަން ކުރެވޭނީ ޤާނޫނު އަސާސީ ދަންނަ މީހަކަށް!
މިއުޒިކާއި ލަވައާއި ނެށުމަށް ހިތްވަރުދީ ޒުވާނުން އެރޮގުގައި ތަރުބިއްޔަތުކޮށް ނެރެގެން ޤައުމަށް އޮތީ ކޮންފައިދާއެއްތޯއެވެ؟ ހުޅަގުގެ ގައުމުތަކުން އެވޯޑް ހޯދުންތޯއެވެ؟ އަޅުގަޑުމެންނަށް ނުވެގެން މިއުޅޭ ކަމަކީ އެއީތޯއެވެ؟ އަޅުގަޑުމެން ބުރަމަސައްކަތްކޮށް ބޮޑުޚަރަދުކޮށް ދަރީން ތަރުބިއްޔަތުކޮށް ނެރޭންވީ ހުޅަގުން އެވޯޑް ހޯދައި އެމީހުން ހިތްރުއްސަން ތޯއެވެ؟ ޒުވާނުންނަށް ދަސްކޮށްދޭންވީ އެމީހުން ބޭނުންވާހާ ކަންތަކެއް ނޫނެވެ. އެމީހުންނަށް ވިސްނައިދޭންވީ އަދި ހޭލުންތެރިކޮށްދޭންވީ މިޤައުގެ ހާލުގެދުލުން އެދިގޮވާ ކަންތައްތަކެވެ. ތަޢުލީމުގެ ނިޡާމުން ކުދީންނަށް ލިބޭންވީ ފުރިހަމަ އިސްލާމީ ތަރުބިއްޔަތެވެ. އެއަށްފަހު އެމީހުން ޝައުގުވެރި ކުރުވާންވީ ގައުމަށް އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރުމަށެވެ. އެމީހުން އެދޭހައިކަމެއް ޤައުމު އެމީހުންނަށް ކޮށްދިނުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ޤައުމު އެމީހުންގެ ކިބައިން އެދޭކަންތައްތައް އެމީހުން ކޮށްދިނުމަށެވެ. އެމީހުންނަށް ވިސްނައިދޭންވީ އެވިސްނުމެވެ. މަގުފަހިކޮށްދޭންވީ އެކަންކަމަށެވެ. އަދި އެނޫންމަގުތަކަށް އެމީހުންނަށް ނުފޫޒު ފޯރުވާ ހުރިހައި މަގުތަކެއް ދުރާލާ ވިސްނައި ބަންދުކުރަންވެސް ޖެހޭނެއެވެ.
އިސްލާޟް ދީން ކުރި އަރުވާނަމޭ އެކަހަލަ ދެތިން ޖުމްލަ ބުނެލި.. އެކަމަކު މާ ބޮޑަށް ގަޔާވެފައި ހުރިކަމަށް ފެންނަނީ ޔޫރަޕުގައި މިއުޒިކު ކުޅޭ ކުއްޖެއް ފެނިގެން… އެކަން ކުރި އަރުވާ އެ ހުނަރު އާލާކޮށް އެ ވިޔަފާރި ފުޅާ ވާނެ ގޮތް ހަދާކަމުގެ ވަހަކަ މާގިން.. ދެން ކިހިނެއް ކަމުދާނީ…
ކީކޭ ދެންމަ ބުނާނީ ބަލަ ޔާމީން މިތާ އިސްލާމް ދީނަށް ލޯބިކުރާ ބަޔަކު އެބަތިއްބޭ ،، މިހާރު މީހުން ނޫޅެޔޭ ވާނުވާ ނޭގިގެން، މިއިން ކޮންމެމީހަކުވެސް މިހުންނަނީ އަމިއްލަ އެދުމުން ފޯދި ތައްތެޅިފަ .، އަހަރެމެން އިސްލާމުންނަށްވެ ތިބެ ބޯހަލާކު،
އަދިވެސް އަހަރެމެން މުސްލިމުން މިހެން ހައްޕުކިޔާގެން ތިބެންވީތޯ ،، ޔާ ﷲ އަހަރެމެންގެ މިނިކަމެތި ޟަޢީފް ވެފައިވާ ހިއްތަކަށް އިސްލާމްދީނުގެ މަތިވެރިކަމުގެ ހެޔޮވިސްނުން ދެއްވާށި! އާމީން
އެބުނާ މުޤައްރިރަކީ ކޮން ބޭފުޅެއްތަ؟ މުޤައްރިރަށް މުގައްރަރު ރަނގަޅުކުރެވޭނީ މުޤައްރިރާ މުޤައްރަރު ވަކިވެގެން ނޫންތަ
މިއުޒިކާއި ލަވަޔާޢިބެހޭގޮތުން އަޅުގަޑުމެންގެ ދީނީޢިލްމުވެރިން މިހާގިނަ ދަރުސްތަކާޢި ވައުލުތައް ދެއްވަމުން ގެންދަވާއިރުވެސް އަޅުގަޑުމެންގެ ކަމުއޮށިގެންވާ ބޭބޭފުޅުން މިވަނީ ކީއްތޯއޭވެސް ބަލައިނުލަނީ ބާއޭ އަޅުގަޑުގެ ހިތައް ހަމަ އަރައެވެ؟
މީ އެއްކަލަ މެދުމިނު ދީނުގެ މީހެއްދޯ (އެއްފަރާތައް އިސްލާމް ދީން ލާފަ އަނެއް ފަރާތަށް ކާފަރު ދީން ލާފަ އެދޭތެރޭ މެދު އުޅެން އުޅޭ މީހެއްތާ! އަޅެ މީހަކު ބޯހަލާކު ނުވާނެތަ ދިވެހިރާއްޖެ އާއި މުޅި ދުނިޔޭގެ އެތަން މިތާތިބި ބޮޑެތި ޢިލްމް ވެރީން އެކިޔަނީއެއްނު ލަވަޔާއި މިޔުޒިކް ޙަރާމޭ އެހެނަސް ހަމައެކަނި ވަކިވައްތަރުގެ ލަވަ އަދި ވަކިހާއްސަ މުނާސަބަތެއްގަ ތާރަ ޖެހުން ވެސް ހުއްދަވަނީ… ވީމާ އެގިއްޖެތާ ތި އުޅުއްވަނީ އަމިއްލަ އެދުމާއިގެންކަން….. މާތްﷲ ފިޔަވައި އަހަރެމެންނަށް އިހްތިޔާރީ މަގުތަކަށް އުޅެން ދެއްކޭނެ ފަރާތެއް ނުވާކަން ފުރިހަމަޔަށް ޔަގީންކުރަން