
ޕާކިސްތާނުގައި ހަމަލާ ދިނުމުގައި ބައިވެރިވި އަލީ ޖަލީލް ހަމަލާގެ ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ އިން ނަގާފައިވާ މަންޒަރެއް.
މީގެ ހަތަރު އަހަރު ކުރިން، ޕާކިސްތާނުގެ ލާހޫރުގައި ހުންނަ އެ ގައުމުގެ ޖާސޫސީ އިދާރާ އައިއެސްއައިގެ ހެޑްކުއާޓަރަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވި ދިވެއްސަކަށް އެހީތެރިވިދިން އެމެރިކާ މީހަކު ހައްޔަރުކޮށްފި އެވެ.
އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނު (އެފްބީއައި)ން ބުނެފައިވަނީ، އެމެރިކާ ރައްޔިތެއްކަމަށްވާ އުމުރުން 48 އަހަރުގެ ރިޔާޒު ގާދިރު ޚާން ހައްޔަރުކޮށްފައިވަނީ، އިއްޔެގެ ވަގުތެއްގައި ކަމަށާއި، އޭނާގެ ދައުވާ އިއްވުމަށް އިއްޔެ ޕޯޓްލޭންޑުގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
ރިޔާޒު ގާދިރު ޚާން ގެ މައްޗަށް ދައުލަތުން އިއްވާފައިވާ ދައުވާގައި ބުނެފައިވަނީ، 2009 ވަނަ އަހަރު ޕާކިސްތާނުގެ ލާހޫރުގައި ދިން ބޮމުގެ ހަމަލާގައި ބައިވެރިވެ، އަމިއްލައަށް މަރުވި ދިވެއްސެއްކަމަށްވާ އަލީ ޖަލީލަށް ހަމަލާ ދޭނެ ގޮތްތަކާއި، ހަމަލާ ދިނުމަށް ބޭނުންވާނެ ސާމާނުގެ އިތުރުން ފައިސާގެ އެހީތެރިކަން ރިޔާޒު ގާދިރު ޚާން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެފްބީއައި އިން ރިޔާޒު ގާދިރު ޚާން ހައްޔަރުކޮށް ކޯޓަށް ގެންގޮސްފައި ވާއިރު އެމެރިކާ ސަރުކާރުގެ ވަކީލް އެމަންޑާ މާޝަލްއާ ހަވާލާދީ އޭޕީ އިން ބުނެފައި ވަނީ ޖަލީލަށް ފައިސާ ދިން މީހާ މަސައްކަތްކޮށްފައި ވަނީ ވޭސްޓް ވޯޓާ ޓްރީޓްމަންޓް ޕްލާންޓް އޮޕަރޭޓަރެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާ އާއި ޖަލީލް އީމެއިލުން މުއާމަލާތުކޮށްފައިވާ ކަމަށާއި ހަމަލާ ދިނުމަށް ކަންތައް ކުރަންވީ ގޮތާއި އެކަމުގައި އެހީ ވެސް ދީފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
މީގެ އިތުރުން އެ ދައުވާގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި، 2008 ވަނަ އަހަރުގެ ތެރޭގައި ޖަލީލު ޕާކިސްތާނަށް ދިއުމަށް ފަހު، ހަނގުރާމަވެރި ޖަމާއަތަކާއި ގުޅުމަށް ބޭނުންވާ 2450 ޑޮލަރު ޖަލީލަށް ފޯރުކޮށްދިމުގެ އިތުރުން، ޕާކިސްތާނަށް ދަތުރުކުރުމުގައި އަމަލުކުރަން ޖެހޭ ހުރިހާ ގޮތްތަކެއް ވެސް ރިޔާޒު ގާދިރު ޚާން ކިޔައިދީފައިވާކަމަށް ހިމެނެ އެވެ.
ރިޔާޒު ގާދިރު ޚާން ގެ މައްޗަށް މި ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާ އަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހޭނެ އެވެ.
















މުސްލިމުންނޭވެ. ޓެރަރިޒަމްގެ ކުޅިގަޑަކީ ކާފަރުން އިސްލާމުން ލައްވާކުރުވާ ކަމެއްކަން މާކުރިންވެސް އެގެއެވެ. އެކަމުގެ ސާބިތުހެކި މިހާރުދެން ތިޔަފެންމަތިވަނީތާއެވެ. ދަންނާށެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އެކިއެކި މުސްލިމު ޖަމާއަތްތަކުގެ ނަމުގާދެވޭ ހަމަލާތަކާއި ގޮއްވާބޮންތަކުގެ ފަހަތުގައިވަނީ ހަމަ ކޮންމެވެސް މުސްލިމު ނަމެއްކިޔާ އެމެރިކާގެ ނޫނީ ކެނެޑާގެ މީހެކެވެ. ހަމަލާރާވާ ހުރިހައި މައުލޫމާތުތައް ފޯޜުކޮށްދީ އެކަމަށް ފައިސާޚަރަދުކޮށް ހަދަނީ ހަމަ އެމީހުންނެވެ. 26 ނޮވެމަބަރ 2008 ގައި އިންޑިއާގެ މުމްބާއީގެ ރެއިލްވޭ ޝްޓޭޝަނަކަށާއި ލަގްޒަރީ ހޮޓެލްތަކަކަށާއި އިޒްރޭލްގެ ސަގާފީ މަރުކަޒަކަށް ދިން ހަމަލާވެސް ރާވާ ހިންގައި ހެދީ ހަމައެމެރިކާގެ ދެމީހެއްކަން ދާދި އިހަށްދުވަހު ނޫސްތަކުގައި އޮތެވެ. އެމީހުން އެކަންކަމަށް ބޭނުންކުރަނީ އިސްލާމް ނަންކިޔާ ނުވަތަ އިސްލާމް ގައުމަކަށް ނިސްބަތްވާ ކޮންމެވެސް އިސްލާމްދީނާދުރު ލާދީނީ މީހެކެވެ.މިބުނާމީހުން ފައިސާ ޚަރަދުކޮށްގެން އެކި ޖަމާއަތް މީހުންލައްވާ ހައްދުވައިގެން ނުވަތަ މުސްލިމް ޒުވާނުންގެ ބޮލުތެރަށް އެކިއެކި ވާހަކަތަކާއި ފޮތްތަކުގެ އެހީގައި އެރިގެން ޓެރަރިޒަމްގެ ހާދިސާތައް ހިންގުވަނީއެވެ. އަދި ގިނަފަހަރަށް އެކުދިންނަށް ނޭގި އެކުދިންވެސް ބޮމުގެ ހަމަލާގައި ގޮއްވާލަނީއެވެ. މިއީ އެކަންކަން ހިގާގޮތްކަމުގާ އަޅުގަޑު ދެކޭގޮތެވެ. މުސްލިމުންނޭވެ. ހޭއަރާށެވެ. އަހަރެމެންގެ ދަރީން އިސްލާމްދީނުގެ ފުރިހަމަ ތަރުބިއްޔަތުން ތަރުބިއްޔަތުކުރަމާ ހިގާށެވެ.
ޕާކިސްތާނު ކުޑަކުދިން މަރަން ބޮމުގެ ހަމަލާޔަށް ލާރިދިން އޮބާމާ ހައްޔަރުކޮއްބަލަ! ރާއްޖޭގެ ތަންތާގައި ހުޅުޖަހަން ލާރިދިން ނަޝީދު ހައްޔަރުކޮއްބަލަ
ކޮބާ މިއޮތީ ރައީސް ނަޝީދު ބޭރުގެ މީޑިއާތަކުގައި ދައްކަވާ ވާހަކައިގެ ތެދުކަން ހާމަވެފައި. ދިވެހިންގެ ތެރޭގައިވެސް ޓެރަރިސްޓުން އުޅޭ! މިކޮމެންޓު ނުޖަހާނެކަން އެނގޭ!
އިނގިފައިވާ ގޮތުގައި ނަޝީދު ‘ޓެރަރިސްޓުން’ ގެ ނަންދީ ގިނައިން މަޝްހޫރުކުރަނީ ސުންނަތަށް އުޅޭ މީހުން. ހައިރާންވާ ކަމެއްނޫން، ލާދީނީވެގެން ހައްދުންނައްޓާފައި ތިބޭމީހުންނަށް ކިރިޔާވެސް ދީނީ ގޮތަކަށް އުޅެލާފިއްޔާ ހީވާނީ ‘ޓެރަރިސްޓުން’ހެން. “ދިވެހިންގެ ތެރޭގައިވެސް ޓެރަރިސްޓުން އުޅޭ!” މިހެން އަދި ބުނެލިޔަކަސް ޤަބޫލެއްނުކުރެވޭނެ، މީ އެމެރިކާގެ ކާފަރުުން ދިވެހިންގެ ތެރޭގައި ތައުޙީދުގެ ތެދުމަގު ކުރިއަރަމުން ދާތީވެ އެކަން ހުއްޓުވުމަށް ޖަހާ މަޅިއެއްކަމެއްވެސް ނޭނގެ. ޤަބޫލުނުކުރެވެންޏާ އިސްލާމީ ދުނިޔެއަށް ވެފައޮތް ގޮތްބަލާ. ސަމާލުވެހުންނާތި، ދުވަސްކޮޅަކުން މިކުޑަ ރާއްޣެއަށްވެސް އައިސް ވެރިވެގަނެދާނެ އެމީހުންއެކިޔާ ޑިމޮކްރަސީއަކާއި މެދުމިނެއްގެނެސްދޭންވެގެން.
މީގެ މާނައަކީ ދީނީގޮތުން ހައްދުފަހަނަ އަޅާ ނުދެއެކޭއެއްނޫން.