ރާއްޖޭގެ ޚަބަރު ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާގައި ދިވެއްސަކަށް އެހީތެރިވި އެމެރިކާ މީހަކު ހައްޔަރުކޮށްފި

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާގައި ދިވެއްސަކަށް އެހީތެރިވި އެމެރިކާ މީހަކު ހައްޔަރުކޮށްފި

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާގައި ދިވެއްސަކަށް އެހީތެރިވި އެމެރިކާ މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ޕާކިސްތާނުގައި ހަމަލާ ދިނުމުގައި ބައިވެރިވި އަލީ ޖަލީލް ހަމަލާގެ ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ އިން ނަގާފައިވާ މަންޒަރެއް.

ޕާކިސްތާނުގައި ހަމަލާ ދިނުމުގައި ބައިވެރިވި އަލީ ޖަލީލް ހަމަލާގެ ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ އިން ނަގާފައިވާ މަންޒަރެއް.

މީގެ ހަތަރު އަހަރު ކުރިން، ޕާކިސްތާނުގެ ލާހޫރުގައި ހުންނަ އެ ގައުމުގެ ޖާސޫސީ އިދާރާ އައިއެސްއައިގެ ހެޑްކުއާޓަރަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވި ދިވެއްސަކަށް އެހީތެރިވިދިން އެމެރިކާ މީހަކު ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނު (އެފްބީއައި)ން ބުނެފައިވަނީ، އެމެރިކާ ރައްޔިތެއްކަމަށްވާ އުމުރުން 48 އަހަރުގެ ރިޔާޒު ގާދިރު ޚާން ހައްޔަރުކޮށްފައިވަނީ، އިއްޔެގެ ވަގުތެއްގައި ކަމަށާއި، އޭނާގެ ދައުވާ އިއްވުމަށް އިއްޔެ ޕޯޓްލޭންޑުގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ރިޔާޒު ގާދިރު ޚާން ގެ މައްޗަށް ދައުލަތުން އިއްވާފައިވާ ދައުވާގައި ބުނެފައިވަނީ، 2009 ވަނަ އަހަރު ޕާކިސްތާނުގެ ލާހޫރުގައި ދިން ބޮމުގެ ހަމަލާގައި ބައިވެރިވެ، އަމިއްލައަށް މަރުވި ދިވެއްސެއްކަމަށްވާ އަލީ ޖަލީލަށް ހަމަލާ ދޭނެ ގޮތްތަކާއި، ހަމަލާ ދިނުމަށް ބޭނުންވާނެ ސާމާނުގެ އިތުރުން ފައިސާގެ އެހީތެރިކަން ރިޔާޒު ގާދިރު ޚާން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެފްބީއައި އިން ރިޔާޒު ގާދިރު ޚާން ހައްޔަރުކޮށް ކޯޓަށް ގެންގޮސްފައި ވާއިރު އެމެރިކާ ސަރުކާރުގެ ވަކީލް އެމަންޑާ މާޝަލްއާ ހަވާލާދީ އޭޕީ އިން ބުނެފައި ވަނީ ޖަލީލަށް ފައިސާ ދިން މީހާ މަސައްކަތްކޮށްފައި ވަނީ ވޭސްޓް ވޯޓާ ޓްރީޓްމަންޓް ޕްލާންޓް އޮޕަރޭޓަރެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާ އާއި ޖަލީލް އީމެއިލުން މުއާމަލާތުކޮށްފައިވާ ކަމަށާއި ހަމަލާ ދިނުމަށް ކަންތައް ކުރަންވީ ގޮތާއި އެކަމުގައި އެހީ ވެސް ދީފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ދައުވާގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި، 2008 ވަނަ އަހަރުގެ ތެރޭގައި ޖަލީލު ޕާކިސްތާނަށް ދިއުމަށް ފަހު، ހަނގުރާމަވެރި ޖަމާއަތަކާއި ގުޅުމަށް ބޭނުންވާ 2450 ޑޮލަރު ޖަލީލަށް ފޯރުކޮށްދިމުގެ އިތުރުން، ޕާކިސްތާނަށް ދަތުރުކުރުމުގައި އަމަލުކުރަން ޖެހޭ ހުރިހާ ގޮތްތަކެއް ވެސް ރިޔާޒު ގާދިރު ޚާން ކިޔައިދީފައިވާކަމަށް ހިމެނެ އެވެ.

ރިޔާޒު ގާދިރު ޚާން ގެ މައްޗަށް މި ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާ އަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހޭނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.