ރާއްޖޭގެ ޚަބަރު

ޤާނޫނުލް އުޤޫބާތުގެ ބިލަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލުކަމީ ރަނގަޅު ކަމެއްކަމުގައި ދެކެން: އިސްލާމިކް މިނިސްޓްރީ

ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު
ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

މި ބިލަށް ޢިލްމީ ހަމަތަކުގެ މަތިން ޚިޔާލު ހުށައަޅުއްވައި، މަޖްލީހަށް އެހީތެރިވެދެއްވުމަށް އެދި އިލްތިމާސްކުރަން: އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލް މަޖިލީހުން ދިރާސާކޮށް އެ ބިލް އާންމުންގެ ޚިޔާލަށް، ރައްޔިތުންގެ މަޖްލީހުން ހުޅުވާލުކަމީ ވަރަށް ރަނގަޅު ކަމެއްކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެކޭކަމުގައި، އިސްލާމިކް މިނިސްޓަރު އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު އައްޝައިޚް ޝަހީމު، މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ބިލް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައްޔިތުންގެ މަޖްލީހުން ޢާއްމުކުރެއްވިފައިވާއިރު، އެބިލް މަޖްލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އިސްލާޙްކުރަމުންދިޔަ މަރްޙަލާގައި، އިސްލާމިކް މިނިސްޓްރީންވަނީ އެކޮމިޓީގެ އެދުމުގެ މަތީން އެކޮމިޓީއަށް ޙާޟިރުވެ ބިލްގައިވާ ބައެއްކަންކަމާބެހޭ ގޮތުން ލަފާއަރުވާފައި ކަމަށެވެ. ޚާއްޞަގޮތެއްގައި އިސްލާމްދީނުގެ ޙައްދުތަކާއި ޤިޞާޞްގެ ޙުކުމްތަކާއި، މިކަންކަމުގައި ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅާފައިވާ އަދަބުތަކާމެދު މިނިސްޓްރީން، ކޮމެޓީ މަރްޙަލާގައި ލަފާއަރުވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ބިލް އާންމުންގެ ޚިޔާލަށް، ހުޅުވާލާފައިވާ ވާހިނދު، އިސްލާމީ މުއައްސަސާތަކުންނާއި، ޖަމިއްޔާތަކުންނާއި، ޢިލްމުވެރިންގެ މަޖްލިސްތަކުންނާއި، ފަރުދީގޮތުންނާއި އަދި ޖަމާޢީ ގޮތުން ވެސް ރާއްޖޭގެ އެންމެހާ ޢިލްމުވެރިން މި ބިލަށް ޢިލްމީ ހަމަތަކުގެ މަތިން ޚިޔާލު ހުށައަޅުއްވައި، ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަށް އެހީތެރިވެދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެދި އިލްތިމާސްކުރާކަމުގައެވެ.

"މިހާރު މި ބިލަށް ޚިޔާލްހޯދުމަށް ޢާއްމު ކުރެވުނު ހިނދު، އިސްލާމީ މުއައްސަސާތަކުންނާއި، ޖަމިއްޔާތަކުންނާއި، ޢިލްމުވެރިންގެ މަޖްލިސްތަކުންނާއި، ފަރުދީގޮތުންނާއި ޖަމާޢީ ގޮތުން ރާއްޖޭގެ އެންމެހާ ޢިލްމުވެރިން މި ބިލަށް ޢިލްމީ ހަމަތަކުގެ މަތިން ޚިޔާލު ހުށައަޅުއްވައި، ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަށް އެހީތެރިވެދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެދި އިލްތިމާސްކުރަން" އިސްލާމިކް މިނިސްޓަރުގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވެއެވެ.

ގުޅުންހުރި ޚަބަރު:

މީގެ 7 އަހަރު ކުރިން ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޤާނޫނުލް އުޤާބާތުގެ ބިލް ދިރާސާ ކުރުމަށް ފަހު މަޖިލީހުން އާންމުކޮށްފައިވާއިރު، އެ ބިލުގައި މަރުގެ އަދަބު ލުއިކުރާނެ އުސޫލުތަކާއި އެންމެ ދިގު މުއްދަތަށް ޖަލުގައި ހުކުމް ތަންފީޒު ކުރެވޭނީ 11 އަހަރު ކަމަށް ބަޔާންކޮށްފައި ވެއެވެ. މިގޮތުން އެ ބިލުގައި މަރުގެ އަދަބާ ބެހޭ ގޮތުން ބުނެފައި ވަނީ އެނގި ހުރެ، މީހަކު މަރައިފި މީހާ އެ ކުރަނީ ކުށެއް ކަމަށާ އަދި ފަރުވާލެއް ނެތި ކުރާ އަމަލަކުން މީހަކު މަރުވުމަކީ ޖިނާއަތުގެ ސުން (0) ދަރަޖައިގެ ކުށެއް ކަމަށެވެ.

މި ބިލަށް ޢިލްމީ ހަމަތަކުގެ މަތިން ޚިޔާލު ހުށައަޅުއްވައި، މަޖްލީހަށް އެހީތެރިވެދެއްވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފައިވާއިރު، ﷲ ގެ ޙުކުމްފުޅުތައް އެނގިތިބެ ބަދަލުކޮށް ވަޟުޢީ ޤާނޫނުތައް ހަދައި ﷲގެ ޙުކުމްތަކާމެދު ގޮތްކިޔައި ހަދަމުންދާތީ އެކަން ކުށްވެރިކޮށް "ތަންފީޒް" ހަރަކާތުން ނޫސްބަޔާނެއް ވަނީ ނެރެފައެވެ. މި ނޫސްބަޔާނުގައި މަރުގެ މައްސަލާގައި ﷲ ޞުބްޙާނަޙޫ ވަތަޢާލާ އެންގެވި ގޮތާއި ޚިލާފަށް އަމިއްލަ ޤާނޫނު ހަދައި، ރައްޔިތުންގެ ޚިޔާލަށް ހުށައަޅާ ދީނަށް ފުރައްސާރަ ކޮށްފައި ވާތީ އެކަން ފާހަގަ ކޮށްފައި ވެއެވެ.

ގުޅުންހުރި

8 ޚިޔާލު

  1. ޝަހީމް ބުންޏަސް ތިވާހަކަ ވާނީ ރައްދުވެގެން. ސަބަބަކީ ޤުރުއާނާއި ސުންނަތުން ކަނޑައެޅިގެން ސާބިތުކަމެއްގައި ޚިޔާލު ހޯދައި ނުހެދޭނެ. މަޖުބޫރުވާނެ ޤުރުއާނާއި ޙަދީސުން އައިސްފަވާ ޙުކުމްތަކުގަ އެގޮތަށް ޢަމަލުކުރުން. އެ އެޑިޓްކޮށް ހިތުހުރި ގޮތަކަށް އެކަމެއް ނުކުރެވޭނެ. ޙާލަތާ ގުޅިގެންވެސް ނައްސުން ވަކިގޮތެއް ނިމިފަ ހުރި ޙައްދުތައް ނޫން ޙައްދެއް ކަނޑަ ނޭލޭނެ.

    ނުޖެހޭ ރައްޔިތުންގެ ޚިޔާލު ހޯދާކަށް. ޢިލްމުވެރިން ޤުރުއާނާއި ސުންނަތުން ދަލީލުގެނެސް ތިފަދަ ޤާނޫނު ބަޔާންކުރީމަ ވެރިމީހާއަށްވެސް، މަޖިލީހަށްވެސް ވާޖިބުވާނެ އެގޮތަށް އެތަންފީޒުކުރަން. އެއާ މެދު ސުވާލުވެސް ނޫފެއްދޭނެ. ދެން ވަކި ޝަހީމު ބުންޏަސް އެހެން ޝެއިޚެެއް ބުންޏަސް މިއީ އިސްލާމްދީނުގެ އަސާސް. އެކަން އޮޅުވާލާ މިތަން ސެކިއުލާ ކޮށް ބިދުޢަ ޢާއްމުކުރަން ނޫލުމަށް ގޮވާލަން

  2. ޝަހީމު މޮޔަވީތަ. ތަންފީޒުން ބުނެފަވާފަދައިން ޙައްޤުބަސް ނުބުނެ، ސިޔާސީ ތާޢީދަށްޓަކައި ﷲގެ ދީނާ ނުކުޅޭތި ޝަހީމުއެއް ކަމަކު. ހިތުހުރިހާ އެއްޗެއް ކީމަ ދެން މިތާ ތިބި އެންމެނަކީ ދީނުގެ އެއްވެސް ވަރެއް ނުދަންނަ މީހުނެއް ނޫން ޝަހީމު ތިހެން ބުނީމަ ޤަބޫލުކުރަން. ތާޢީދު ހޯދުމުގެ ގޮތުން ދީން ވިއްކަންޏާ ގޭގަ ހުންނަވާ.

  3. ބުނަނީ ކާކުތޯ ބަލައިގެން ފަރުޖެހޭކަށް ނެތެވެ. ކޮންމެ މީހަކު ބުންޏަސް ދެކޮޅުނުޖެހޭ ވާހަކައެއް ވިއްޔާ އެ ވަކި މީހަކު ބުނީތީ އެހެން އެއްޗަކަށެއް ނުވާނެއެވެ. ކޮންމެ މީހަކު ޙައްޤު ބަހެއް ބުންޏަސް އެ ބަސް ޤަބޫލުކުރާ ބަޔަކަށް ދިވެހިން ވާން އެބަޖެހެއެވެ. އެކަން ކުރެވޭނީ ތަޢައްޞުބު ފަދަ އެންމެހާ ނޭދެވޭ ޝުޢޫރުތައް އެއްކާރި ކޮށްލައިގެންނެވެ. އެހެންނުވެއްޖެނަމަ ވިސްނެންފަށާނީ ބުނިމީހާއަށެވެ. އެމީހާގެ މަޤާމަށެވެ. އެމީހާގެ ދަރަޖައަށެވެ. މާތް ﷲ ގެ ބަސްފުޅަށް ވުރެ މަތިވެރި ބަސްފުޅުތަކެއް ނުވެއެވެ. އެހެންކަމުން މާތް ﷲ ގެ މަތިވެރި ދީން ކަމުގައިވާ އިސްލާމް ދީނާ ފުށުއަރާ ފަދަ ބަހެއް ކޮންމެ މީހަކު ބުންޏަސް އެ ބަހަކާއި ދެކޮޅުވާން ޖެހޭނެއެވެ. ދީން ނިކަމެތި ވެގެންދާފަދަ ވާހަކައެއް ދެއްކުމުގެ ޙައްޤު އެކަކަށް ވެސް ނޯންނާނެތީއެވެ.

  4. ޝަހީމުއަށްވެސް ދީނުގެ ހުކުމްފުޅުތަކާއި ނުކުޅެވޭނެ އެކަމަކު އެވިދާޅުވި ބަސްފުޅު އެވިދާޅުވިގޮތްކަމަށް އަޅުގަނޑަށް ފެންނަނީ އެއީ މަޖިޅިހުގައި ނެތްދީނުގެ އެވެސް އަސާސެއް ރަނގަޅަ އުގެނިފައިވާ ބޭފެޅެއް އެހެންކަމަށްވާނަމަ އެބޭފުޅުން ކިހިނެތް ދީނުގެ ހުުކުމްތަށް ތަންފިޒްކުރުމަށް އަންގަވާފައިވަނީ ކޮންގޮތަކަށްކަން އަރަބިބަސްވެސް ރަނގަޅަށް ދަންނަމީހަކު އިންނެވިކަމެއްވެސް ނެއެގޭ ގާނޫނުހަދަން އެތިބަބޭފުޅުންގެ ތެރޭގައި އެހެންކަމަށް ވާނަމަ ރާއްޖޭގައި ތިއްބެވި ދީނުގެ އިލްމުވެރިން އެބަޖެހޭ އެކަމުގެ އޮތްގޮތް މަޖިލީހަށާއި، ރައްޔިތުންނަށް އަންގައިދޭން އާންމު ރައްޔިތުންނަކަށް އެކަމުގައި ބަހެއްނުބުނެވޭނެ

  5. ކަލޭމެން ކުދިން ދެން ތިބޭ ތިޔަށް ހިޔާލު ނުލައި .. ސެކިއުލަރ މީހުން ޔަޤީން ނުހުއްޓާ ތިބިގެން ހިޔާލު ހުށައަޅާނެ .. ތަންކޮޅެއް ޢިލްމީވެ ކަންތައްތަކާއި މެދު ވިސްނާ އިސްލާމީ ޝަރީއަތް ޤާއިމް ކުރަން ތިބީ ކޮން ބައެއްކަން ދެނެގަނެ އަމިއްލަ މީހުންގެ މަސްއޫލިއްޔަތު ދަސްކުރަން ވެއްޖެ މިއުޅޭ ސަލަފީ ބައިގަނޑު .. ތަންފީޒް ޙަރަކާތުގަ ތިބީ ތަނެއް ދޮރެއް ސިޔާސީ އެއްވެސް ވިސްނުމެއް ވިސްނަން އެނގޭ ބައެއް ނޫން .. މަޝްވަރާ ކޮށްގެން އިސްލާމީ ޝަރީއަތް ޤާއިމް ކުރުންތަ ނޫނީ މަޝްވަރާ ނުކުރަން ހަދައިން އެކަން ނުވުންތަ ރަނގަޅީ؟

  6. ތީ ދޯ މުސްލިމެގެ ގޮތުގައި ހުރެގެން ދަކަންނުޖެހޭ ވަރުގެ ކަމެއް ސަހީމް އިސްތިއުފާދީ

  7. ދެންކޮބައިތޯ މީގެ ދީނާއި ހިލާފުވެފަ، އަޅުގަނޑު އަޖައިބުވެ، އަންތަރީސް ވެއްޖެ، ހުޅަނގުގެ ވަޟުޢީ ޤާނޫނުތައް ކޮޕީކޮށްގެން ހަދާފައިވާ ޤާނޫނުލް އުގޫބާތުގައިހުރި ދީނާއި ހިލާފް ކަމުނުދާ ކަންކަން ފާހަގަކޮށް ދީނީ އިލްމުވެރިންނާއި، ދީނީ ޖަމްޢިއްޔާތަކަށް އެފުރުޞަތު ހުޅުވާލެއްވުމުން އެކަންވޭތޯ މައްސަލައަކަށް އަޅުގަނޑަށް އެއަވުރެ ބޮޑު މައްސަލައަކީ ތިޔަ ވިދާޅުވާ ޤާނޫނު އުގޫބާތަކީ މާތްﷲ ތަޢާލާގެ ޝަރިޔަތް ކަމުގައި ހެދުން. އެއިލާޙް ބާވާލައްވަފައިވާ ހައްދުތަށް ކަމުގައި ހެދުމެވެ. މީގެ ކުރިން އަބަދުމެ އަޑުއިވޭ ވާހަކަ ތަކަކީ ހުޅަނގުން ހަދާފައިވާ ޤާނޫނުތަކެއް ކަމަށް، މިހާރު ކުއްލިޔަކަށް މާތްﷲ ބާވާލެއްވި

  8. ލިޔެފަ އޮތް އެއްޗެ ސާފުނުވަންޏާ، ލިޔުނު މީހާޔާ ސުވާލުކުރުން ރަނގަޅުވާނީ. ފާޅުގައި ދީނަށް ފުރަށްސާރަ ކުރާމީހުން ބައިތިއްބާފަ، ދީނީ ކަންކަމުގަ އުޅޭމީހުން އެކަކު އަނެކަކަށް އެއްޗިހި ކިޔުން ހުއްޓާލާފަ، އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުން މާ ބުއްދިވެރި ވާނެ، އިރާދަ ކުރެއްވިއްޔާ.ޔާ ﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާ އެއްބައިވަންތަ ބަޔަކު ކަމުގައި ލައްވާށި، އާމީން

Your email address will not be published. Required fields are marked *