ރާއްޖޭގެ ޚަބަރު ޤާނޫނުލް އުޤޫބާތުގެ ބިލަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލުކަމީ ރަނގަޅު ކަމެއްކަމުގައި ދެކެން: އިސްލާމިކް މިނިސްޓްރީ

ޤާނޫނުލް އުޤޫބާތުގެ ބިލަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލުކަމީ ރަނގަޅު ކަމެއްކަމުގައި ދެކެން: އިސްލާމިކް މިނިސްޓްރީ

ޤާނޫނުލް އުޤޫބާތުގެ ބިލަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލުކަމީ ރަނގަޅު ކަމެއްކަމުގައި ދެކެން: އިސްލާމިކް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

މި ބިލަށް ޢިލްމީ ހަމަތަކުގެ މަތިން ޚިޔާލު ހުށައަޅުއްވައި، މަޖްލީހަށް އެހީތެރިވެދެއްވުމަށް އެދި އިލްތިމާސްކުރަން: އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލް މަޖިލީހުން ދިރާސާކޮށް އެ ބިލް އާންމުންގެ ޚިޔާލަށް، ރައްޔިތުންގެ މަޖްލީހުން ހުޅުވާލުކަމީ ވަރަށް ރަނގަޅު ކަމެއްކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެކޭކަމުގައި، އިސްލާމިކް މިނިސްޓަރު އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު އައްޝައިޚް ޝަހީމު، މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ބިލް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައްޔިތުންގެ މަޖްލީހުން ޢާއްމުކުރެއްވިފައިވާއިރު، އެބިލް މަޖްލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އިސްލާޙްކުރަމުންދިޔަ މަރްޙަލާގައި، އިސްލާމިކް މިނިސްޓްރީންވަނީ އެކޮމިޓީގެ އެދުމުގެ މަތީން އެކޮމިޓީއަށް ޙާޟިރުވެ ބިލްގައިވާ ބައެއްކަންކަމާބެހޭ ގޮތުން ލަފާއަރުވާފައި ކަމަށެވެ. ޚާއްޞަގޮތެއްގައި އިސްލާމްދީނުގެ ޙައްދުތަކާއި ޤިޞާޞްގެ ޙުކުމްތަކާއި، މިކަންކަމުގައި ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅާފައިވާ އަދަބުތަކާމެދު މިނިސްޓްރީން، ކޮމެޓީ މަރްޙަލާގައި ލަފާއަރުވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ބިލް އާންމުންގެ ޚިޔާލަށް، ހުޅުވާލާފައިވާ ވާހިނދު، އިސްލާމީ މުއައްސަސާތަކުންނާއި، ޖަމިއްޔާތަކުންނާއި، ޢިލްމުވެރިންގެ މަޖްލިސްތަކުންނާއި، ފަރުދީގޮތުންނާއި އަދި ޖަމާޢީ ގޮތުން ވެސް ރާއްޖޭގެ އެންމެހާ ޢިލްމުވެރިން މި ބިލަށް ޢިލްމީ ހަމަތަކުގެ މަތިން ޚިޔާލު ހުށައަޅުއްވައި، ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަށް އެހީތެރިވެދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެދި އިލްތިމާސްކުރާކަމުގައެވެ.

"މިހާރު މި ބިލަށް ޚިޔާލްހޯދުމަށް ޢާއްމު ކުރެވުނު ހިނދު، އިސްލާމީ މުއައްސަސާތަކުންނާއި، ޖަމިއްޔާތަކުންނާއި، ޢިލްމުވެރިންގެ މަޖްލިސްތަކުންނާއި، ފަރުދީގޮތުންނާއި ޖަމާޢީ ގޮތުން ރާއްޖޭގެ އެންމެހާ ޢިލްމުވެރިން މި ބިލަށް ޢިލްމީ ހަމަތަކުގެ މަތިން ޚިޔާލު ހުށައަޅުއްވައި، ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަށް އެހީތެރިވެދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެދި އިލްތިމާސްކުރަން" އިސްލާމިކް މިނިސްޓަރުގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވެއެވެ.

ގުޅުންހުރި ޚަބަރު:

މީގެ 7 އަހަރު ކުރިން ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޤާނޫނުލް އުޤާބާތުގެ ބިލް ދިރާސާ ކުރުމަށް ފަހު މަޖިލީހުން އާންމުކޮށްފައިވާއިރު، އެ ބިލުގައި މަރުގެ އަދަބު ލުއިކުރާނެ އުސޫލުތަކާއި އެންމެ ދިގު މުއްދަތަށް ޖަލުގައި ހުކުމް ތަންފީޒު ކުރެވޭނީ 11 އަހަރު ކަމަށް ބަޔާންކޮށްފައި ވެއެވެ. މިގޮތުން އެ ބިލުގައި މަރުގެ އަދަބާ ބެހޭ ގޮތުން ބުނެފައި ވަނީ އެނގި ހުރެ، މީހަކު މަރައިފި މީހާ އެ ކުރަނީ ކުށެއް ކަމަށާ އަދި ފަރުވާލެއް ނެތި ކުރާ އަމަލަކުން މީހަކު މަރުވުމަކީ ޖިނާއަތުގެ ސުން (0) ދަރަޖައިގެ ކުށެއް ކަމަށެވެ.

މި ބިލަށް ޢިލްމީ ހަމަތަކުގެ މަތިން ޚިޔާލު ހުށައަޅުއްވައި، މަޖްލީހަށް އެހީތެރިވެދެއްވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފައިވާއިރު، ﷲ ގެ ޙުކުމްފުޅުތައް އެނގިތިބެ ބަދަލުކޮށް ވަޟުޢީ ޤާނޫނުތައް ހަދައި ﷲގެ ޙުކުމްތަކާމެދު ގޮތްކިޔައި ހަދަމުންދާތީ އެކަން ކުށްވެރިކޮށް "ތަންފީޒް" ހަރަކާތުން ނޫސްބަޔާނެއް ވަނީ ނެރެފައެވެ. މި ނޫސްބަޔާނުގައި މަރުގެ މައްސަލާގައި ﷲ ޞުބްޙާނަޙޫ ވަތަޢާލާ އެންގެވި ގޮތާއި ޚިލާފަށް އަމިއްލަ ޤާނޫނު ހަދައި، ރައްޔިތުންގެ ޚިޔާލަށް ހުށައަޅާ ދީނަށް ފުރައްސާރަ ކޮށްފައި ވާތީ އެކަން ފާހަގަ ކޮށްފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.