ރާއްޖޭގެ ޚަބަރު

"ފުނޑާލާނެ" ކަމަށް ބުނެ ރީކޯ މޫސަގެ އިންޒާރު ޝެއިޚް އިމްރާން އަށް

އަދާލަތު ޕާޓީގެ ރައީސް އައްޝެއިޙް އިމްރާން އަބްދުﷲ “ފުނޑާލާނެ” ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ފޮރިން އިންވެސްޓަރުންގެ ހިމާޔަތުގައި އެމްޑީޕީއިން ތިބިކަން ހާމަކުރުމުގެ ގޮތުން އެޕާރޓީއިން ރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ރީކޯ މޫސާ ވިދާޅުވީ ޖީއެމްއާރެއް ނުގެންދެވޭނެކަމަށާއި ޝެއިޚް އިމްރާން "ފުނޑާލާނެ" ކަމަށާއި އަދި މި ސަރުކާރުވެސް "ފުނޑު ފުނޑު އަރުވާ" ލާނެކަމަށެވެ.

“އިމްރާން ކައިރީގައި ގޮންޖަހާފައި މިދަންނަވަނީ، ޖީއެމްއާރެއް ނުގެންދެވޭނެ، ފުނޑާލާނަމޭ މިދަންނަވަނީ، ސަރުކާރު ފުނޑު ފުނޑު އަރުވާލާނަން. ބަޣާވާތަކުން ގެނެސް އަނިޔާކުރަމުން ކުރަމުން ގޮސް މިތިބީ، އެކަމަކު އަޅުގަނޑުމެން ފުނޑާލާނީ ވަރަށް ރީއްޗަށް.” ރީކޯ މޫސަ އިތުރަށް ވިދާޅުވި އެވެ.

ރީކޯ ރޭ ވަނީ ވާހަކަފުޅުދައްކަވަމުން އޭނާގެ ދަނބިދަރިފުޅު ޖާވިދު އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާތީ އެކަމާއި ގުޅިގެން ވާހަކަފުޅުދައްކަވާފައެވެ. އަދި އެއްވެސް މީހަކު އޭނާގެ އާއިލާގެ މީހުންނާއި ނުބެހުމަށް އިންޒާރުދެއްވާފައެވެ. އަދި އާޓިފިޝަލް ބީޗަށް އެއްވެގެން ކޮންމެ ރެއަކު މަރަން ގޮވާތާ އެތައް ދުވަހެއްވީއިރު ވެސް ފުލުހުންނާއި ސިފައިންނަށް އެކަމާއި މެދު ފިޔަވަޅު އެޅިފައިނުވާ ކަމަށެވެ.

“އަޅުގަނޑު އިމްރާން ކައިރީގައި ބުނަން އޮތީ މިހިރީ މާލެ ފަސްމަތީގައި އޭ، ރާޅުގަނޑު ސަރަހައްދުގައި އޭ، އާދެބަލާށޭ ދޯނި ގަނޑަކަށްލާފައި ބޭރު އަރުވާލާނީ ކޮޅުފުއްޓާއި ދިމާލަށޭ، މިދަންނަވަނީ ޔަގީންކަމާއި އެކު، އާއިލާ މީހަކާއި ދިމާލަށް އެއްޗެއް ބުނެލިޔަސް އިމްރާން އިންނަން ޖެހޭނީ ހަމަ ހަގީގަތުގައި ވެސް ބަރަހަނާކަންމަތީގައި ވާދޫ ކަނޑުން ބޭރުގައި ރިޔާ ދޯންޏެއްގައި ބަހައްޓާފައި.” މޫސަ ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލައިގައި ފުލުހުންކުރަމުން އަންނަ ތަހުގީގަށް ފާޑު ވިދާޅުވެ މޫސަ ވިދާޅުވީ ކުރިން ފުލުހުން ބުނަމުން އައީ އަފްރާޝީމްގެ މަރުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި ނަމަވެސް މިހާރު އެއީ ސިޔާސީ ކަމެއް ކަމަށް ބުނަމުންދާއިރު އެސިޔާސީ ކަންތައް ރައްޔިތުންނަށް އޮޅުން ފިލުވާދޭންޖެހޭނެ ކަމަށެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ފުލުހުން ވަނީ އިއްޔެ ހާމަ ކޮއްފައެވެ.

ގުޅުންހުރި

25 ޚިޔާލު

  1. ﷲ ގެ އިޒުނަ ފުޅާއެލު ލާހިކު ކުޅަދާނައެއް ނޫން!

  2. މުސައަކީ ފުނޑިފަ ‘ ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓި’ ފަޟީހަތްވެފައި ހުރިމީހެއް…. ދެންކިހިނެއްތަ އެހެން މީހެއްގެ އަގުވަޓާލެވޭނީ. ހަމަޖެހޭ ވާހަކައެއްދައްކަބަލަ….. ތިއުޅެނީ ރައްޔިތުންގެ ރުހުން ލިބޭތޯ……

  3. ބަލަގަ މިކަލޭގެ ވާހަކަތައް ނުވޭތޯ ޓެރަރިޒަމް އަކަށް؟

  4. އަޅުގަޑު ހިތައެރި އިއްޔެވެސް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ފުލުހުން ހާމަކުރުމުންވެސް ދެން އެވަަހަކަ ދައްކާ ހަޅޭއްލަވާނީ ކޮންބައެން ބާއޭ ކޮންމެބަޔަކު ހަޅޭއްލެވިއަސް އެއީ އެކަމުގަ ވާމީހުންކަމައް ހީވަނީ ވަރައް ސަލާމް

  5. ރީކޯ މޫސަ އަށް ފުޏޑޭނީ އޭނަ ޕާޓީ މީހުން

  6. ޚަބަރުދާރު! ތިޔަހެން ހަޅޭ ލަވާފައި ޝެއިޚްގެ ހަށިކޮޅުގަ އިނގިލި ކުރި ޖައްސާލިޔަސް އަހަރެމެން މަޑުން ނުތިބޭނެކަން ދަންނާތި! އޭރުން ކަލޭމެމންނަށް ބޮޑު މަންޒަރު ފެންނާނެ!

  7. ބަލަ މޫސާ ދޫންޏާ ރަންކޮޅާ ބުނަންތޯ ފުޑެމުން ސުންނާފިވަމުން ތިދަނީ ހަމަ ތިބާގެ އާއިލާ އާއި ތިމާ ދެން ތިމާގެ ޔެލޯޕާރޓީ މީ ފެންނަމުންދާ ހަގީގަތަކީ ތިގޮތަށް ގަދަބަސް ބުނި ކަލޭމެންގެ ރޫހާނީ ލީޑަރުވެސް މަގުމަތިންނެއް ވެރިކަމެއްނުވެއްޓޭނޭ ވީކިހިނެއްތޯ؟މިހާރު ތިވެގެންއުޅޭގޮތަކީ ޕޮލިހުންގެ އިންޒާރު މިއައީ ގޭންގުތަކަށް ހަރަދުކުރާމީހުން ހިފާހައްޔަރުކުރާނަމޭ އެންމެފުރަތަމަވެސް ތިމާއެކަމުގަވެސް ބެދޭނެކަން ތިމާއަށްވެސް އެނގޭ އެހެންވީމާ މާބޮޑަށް ކޯފާތިވަނީ ނިންމާލަމުން އަދިއެއްވާހަކަބުނެލާނަން ގޮންޖަހާފަ މިބުނީ ޝޭހް އިމްރާނުއާބެހެން ނޫޅުއްވާތި އެއީ އެކަންވާނީ ތިމާދުނިޔެ މަތީގަހުރެ ކުރެވޭއެންމެދެރަކަމަކަށްވާނެއެކަންތައް އޯކޭދޯ…………….

  8. އޭ މިހެރަ ރާ ކޯ މޫސާ.. ކަލޭތީ މިހާރު ހަމަރަނގަޅައްވެސް ފުނޑާލަންވެފައިން ގުންޑާއެއް…

  9. ފުނޑިފަހުރި މީހަކަށް އިތުރަށް އެހެން މީހަކު ފުނޑައެއްނުލެވޭނެ. ރީކޯ ކަލޭމިހާރު ތިޔަހުރީ ފުނޑިގެންގޮސް ކުންޑިއަށްވެފަ ދެންވެސް ވަޔަށް ބުރައިގެންނުދަނީސް މައިތިރިވޭ!

  10. ރީކޯ މޫސައަށް ފުނޑޭނީ އެމް ޑީ ޕީ ގެ ލާދީނީ ގުންޑާއިން ޝައިޚް ޢިމްރާން ފުނޑޭނީ ހުވަފެނުގަ! ހުވަފެން ދުށުމަކީ ޤާނޫނަކުން މަނާކަމެއްނޫން، ޝައިޚް ޢިމްރާން އެހުންނެވީ ޢަބުރުވެރި ކަމާއި ޝަރަފުވެރި ކަމާއިއެކު ދީނާ ޤަޥްމުގެ ޚިދުމަތުގައި ރައްޔިތުންނާއިއެކު، ބަރަޙާނަވަމުންދާނީ ތިކަހަލަ ޣާފިލުވެފައިވާ ޖާހިލުން، އެއީ ފިޠްރަތުގެ އުޞޫލު ޤުދްރަތުގެ ޤާނޫނު، ތަޥްބާވެ ޞާލިޙް އަޅުތަކުންނާއި އެކުވުމަށް ރީކޯ މޫސައަށް ގޮވާލަން “އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެ” ދެން ވަރަށް ސަލާމް….

  11. ރީކޯއަށް ބުނެލަންއޮތީ ތިޔަގޮތަށް ސިޔާސީވެގެންނޫޅެ ސަލާމްބުނެފަ ދެން ގޭގައޮންނާށެވެ. އަޑުގަދަކޮށް ހަޅޭލެވޭނީ ހަޅޭލެވޭވަރުގެ މީހުންނަށޭ. މީ ދެންކާކު! މީހަކު ފުޑާލާ ވާހަކަ ދައްކަން

  12. ގޮއްރީނދޫ ފުނޑާބަލަ ބަނގުރާ އަޅައިގެން…

  13. ހީވަނީ ރީކޯ މޫސާ އަކީ އޭނަ ހިތުން ދުނިޔޭގެ އެންމެ ބާރުގަދަ މީހާ ހެން. އޭނަޔާ އޭނަ އާއިލާގެ ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިޔަސް އެކަމާ ބެހެވޭ ވަރު މީހަކު ހުރެގެން ނުވާނެ އޭ ބުނަން އުޅޭހެން ހީވަނީ. ވާހަކަ ދައްކާ އިރުވެސް ހީވަނީ ކަރު ފުއްޕާ ފުއްޕާ ކަރު ފަޅައިގެން ދާން އުޅޭހެން. މާ ދޫ ހެލޭ މީހަކަށް ވެގެން ހިތު ހުރި ކޮންމެ އެއްޗެއް ބުނާއިރު ހިތަކަށް ނާރާތަ މީނަވެސް ހެއްދެވި ފަރާތެއް ވާކަން.

  14. ޢޭތް ބަލަ ރީކޯ. މޯޔަ ނުގޮވާ.. ކަލެއަށް ފުއްޕޭނީ މަރިޔަމް ނިޝާ އާއި ދިމާއަށް، އެމަންޖެއަށް ދިން ބޮޑު ހަދިޔާ އެހެރީ އިންޑިޔާގެ ޔަތީމް ޚާނާއެއްގައި. އެހަދިޔާ ޖީއެމްއާރު އާއި ޙަވާލުކުރަންވީނު.

  15. ރީކޯ ތީފުޑާ ދަލެއްތަ؟

  16. މޫސާ. އިސްލާހުވޭ. ތިމާ އަތުގަ 2 ރުފިޔާ އޮތީމަ ބޮޑާނުވޭ. ﷲ ދެއްވި އެއްޗެއް ނޫނީ ނުލިބޭނެ. އެހެން މީހުން ފުނޑަން ނޫލެ ތިމާއާއި ތިމާގެ އާޢިލާ ނަރަކައިން މިންޖުކޮށްދެއްވާތޯ ބަލާ. މި ދހުނިޔެއަކީ މޫސައަށް ވަގުތު ކަނޑައެޅިފައިވާ ތަނެންނޫން. ބަލާއައުމުން ޖެހޭނީ ދާން.

  17. އަހަރުމެންގެ ހަށީގައި ލޭ ހިނގަންޏާ، ޝެއިޚު އިމްރާނަކާ ނުކުޅެވޭނެ އިންޝާ ﷲ

  18. ގިނައިން ރާބޮއެ ދުނިޔޭގެ އެދުމާހެދި އުޅޭމީހުން މަރަށް ވަރަށް ބިރުގަންނާނެ! ދުނިޔޭގައި ގިނަދުވަހު އުޅެންބޭނުންވާނެ ! އެހެންވީމާ ރީކޯމޫސަބެޔަކީވެސް މިކަހަލަމީހެއް ! އަހަރެމެން ދާއިމީގޮވައްޗަށް ދިއުމަށް ތައްޔާރުވެފައިތިބޭ މީހުން މިކަހަލަ ސޮހޯސޮރަކު މަރުގެ އިންޒާރުދިނީމައި ހިތައްއަރަނީ މިކަލޭގެ މަރުވަންހެދީމައި ވާނެގޮތް ހިތައްއަރަނީ

  19. އަފްރާޝީމު އަވަހާރަށްކޮށްލަން ދަނބިދަރިފުޅަށް ލާރިދިނީ މިކަލޭގެހެން ހީވަނީ އެހެންވެ އެހާވަރަކަށް އެހަޅޭލައްވަނީ، ދެން ރީކޯއަށް ބުނެލަން އޮތީ އަޅެ ނިކަން އިމްރާން އާ ފޫޓަކަށްވެސް ކައިރިވެލާބަލާށޭ، މިއަޅާއެކަނި ނިކުމެވެސް ކުރެވެން ހުރިކަމެއް ރީކޯއާ ދެކޮޅަށްކުރާނަން، އިމްރާނަށް އަނިޔައެއް ދީފިނަމަ ރީކޯ ބޮނބިއޮޑިއަކަށްލާފައި ގާދޫކޮލުން ބޭރުކޮށްލާނަން، އިންޝާﷲ ރީކޯމެން އެދޭ އެއްގޮތަކަށްވެސް އެއްވެސް ކަމެއް ނުވާނެ، ހައްދަވާ ބޮޑުކުރެއްވި އިލާހު އިބައިލާހުގެ ނިޔާގައިވަނީ ރީކޯމޫސާމަނުކާއި އޭނާގެ އަޢުވާނުންނާއި ޤައުމުގެ ޣައްދަރުންނަށް ހިދާޔަތް ދެއްކުވުން ކަމުގައިވަނީނަމަ އެބައިމީހުންނަށް ހިދާޔަތްދައްކަވާ ތެދުމަގަށް މަގު ދައްކަވާނދޭވެ. އިބައިލާހުގެ ނިޔަގައިވަނީ މިބައިމީހުން ހަލާކުކުރެއްވުން ކަމުގައިވާނަމަ މިބައިމީހުން ފަޟީޙަތްކުރައްވާ، މިބައިމީހުން އެހެން މީހުންނަށް ޢިބްރަތަކަށްވާގޮތަށް ހަލާކުކުރައްވާނދޭވެ. އާމިން

  20. އޭ ޑަމްޕަރެއްގައި އިދެ އަންހެނެއްގެ ފަހަތުން އެހެންމީހެއްގެ އަޑަށް އަގަތަޅުވާ މޮޔަޔާ! ހިނދުކޮޅުގައި ހުރެ ހިމާރެއްހެން އެންމެ ހުތުރު އަޑުން ނު ހޭރުނަކަސް ފުލުހުން ދިން އިންޒާރުތަކަށް ކަލޯ ބިރު ގަންނަކަން އެގެޔޭ! ގުރޫޕް މާރާ މާރީ ހިންގުވާމީހުންނަށް ފުލުހުން މިހާރު ބިރުގަންނަން ޖެހޭނެ! ތިހިރީ ސިކުވެފައި. ކިޔޭ ނުކިޔޭ އެގޭބާ؟ ކަލޯ ހިވަނީ އުސްފަސްގަޑުގައި ހުރެވުނީމާ މާ މަތީގައި އުޅެވޭހެންތަ؟ ޝޭޚް ޢިމްރާ މި މާލޭގެ މަގުމަތީގައި އާދައިގެ މީހެއްގެ ގޮތުގައި ހިގައި ބިގާވެ އުޅުއްވާނެ. މިސްކިތްތަކަށް ނަމާދު ވަގުތަށް ދުރުވާނެ! ނިކން ކެރޭމީހެއްނަމަ ޝޭޚަށް ބަލާލަންވެސް އާދެބަލަ! ވާނެގޮތް ބަލާލަން. ކާކަށްތޯ ބިރުއޮތީ ނިކަން ހަމަ ބިމަށް ތިރެވެފައި ވިސްނާލަ ބަލަ! ބޮޑު ކޮސްކަލޭގެ ދައްކާ ވާހަކަ ނިކަން ބަލާބަލަ! ކޮބާތަ ލަދު ކިޔާ އެއްޗަކީ! ނިކަން ފިރުޢައުނަށްވީގޮތް ހޯދަބަލާ!

  21. ރީކޯ ޖީއެމްއާރާއި އެކު ފައިބައިގެން ކަލޭޖެހޭނީދަން… ރީކޯ މެންފަދަ ދީނުގައި މެދުނިނުގައިކަމަށް ހީކޮއްގެންތިބޭ ޖާހިލުން ދައްކާވާހަކައްކުން އަހަރެމެން ހާހެއްނުޥޭ..

  22. ގޮށް ރީނދުލާ ބަނގުރާ އެއްކޮށގެން ފުނޑާއިރު އެއިގެ ތެރެއަށް ހޭޝް އޮއިލް ކޮޅަކާ ގަންޖާ އަޅިކޮލެއްވެސް އަޅާލިއްޔާ އަދި އެއަށް ވުރެން ރަގަނޅުވާނެ.

  23. ބުނަން މޫސާ ވާހަކައެއް . ފުނޑުނު މީހުން ގިނަކަމުންތަ ތިއުޅެނީ ތަންކޮޅެއް އަނގަ މައިތިރި ކޮށްބަލަ އޭރުންނު ކަމެއްވެސް ކުރެވޭނީ. ތީތި ކަޑައޭ މޫސާ.

  24. އޭމިހިރަ ގޮތްކުޑަ މީހާ މާތްﷲ ގެ މަތިން ހަނދުމަ ނެތުނީތަ ކަލޭތަ ކަންކަން ހިންގަވާ ފަޜާތަކީ. އަދިވެސް ޑިކީތެރެަށް ބަނގުރާއަޅައިގެން އުފުލަންދޭ މިޤައުމު އިދެޖައްސާ ދީންފުނޑާލަން ތިއުޅެނީ.

  25. މި ޚަބަރު އެހެން ނޫހަކުން ނުދެކެން….އަނެއްކާ ދިއިސްލާމް ދޮގުަ ހެދީތަ…ނޫނީ ސަންއަށްވެސް މިމައުލޫމާތު ނުލިބެނީބާ؟؟؟؟؟؟؟؟؟؟؟؟

Your email address will not be published. Required fields are marked *