ރާއްޖޭގެ ޚަބަރު

ތިމަރަފުށީ ދާއިރާގެ މެމްބަރު ޝަރީފުގެ މަންމަ ގެނބިގެން މަރުވެއްޖެ

ހެދިގޮނޑުދޮށް ސަރަހައްދު

ހެދިގޮނޑުދޮށް ސަރަހައްދު

ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފު އާދަމްގެ މަންމަ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ގެނބިގެން މަރުވެއްޖެއެވެ.
ތިމަރަފުށީ މާލޭގެ، ސިއްތި އާދަމް މަރުވި ހާދިސާއާއި ގުޅިގެން ފުލުހުން ހާމަކޮށް ފައިވާގޮތުގައި އެހާދިސާ ހިނގީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ސިއްތި އާދަމް ގެނބިގެން އޭޑިކޭ ހޮސްޕިޓަލަށް ގެންދިޔައީ 6:45 ހާއިރު ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނެއެވެ.

ސަރީފުގެ މަންމަ މަރުވީ ގެބިގެންކަމަށް މީޑިޔާގައި އަޑުފެތުރިފައިވާއިރު މިކަމާ ގުޅިގެން ޝަރީފުގެ އާއިލާ އާއި ހަވާލާދީ މިހާރު މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ސިއްތި މަރުވީ ގެބިގެން ނޫން ކަމަށާއި އޭނާ މޫދަށް ދިޔައީ ގައިގައި ވެލިމޮޑެން ކަމަށެވެ. އަދި މަރުވީ މޫދުގައި އުޅުމަށްފަހު އެއްގަމަށް އެރިފަހުން ކަމަށެވެ.

އިއްޔެގެ އަސުރު ނަމާދަށް ފަހު ސިއްތި ވަޅުލާފައިވާއިރު އޭނާ މަރުވިއިރު އޭނާގެ އުމުރަކީ 68 އަހަރެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *