ރާއްޖޭގެ ޚަބަރު

"އަޅުގަނޑަށް ފެންނަނީ މަރަށް މަރުގެ އަދަބު ނޫން ގޮތެއް ދެން ނެތް ކަމަށް.": މެމްބަރު އަލްހާން

މަޖިލީހުގައި އަލްހާން ފަހުމީ ވާހަކަ ދައްކަވަނީ | ފޮޓޯ: މަޖިލިސް

މަޖިލީހުގައި އަލްހާން ފަހުމީ ވާހަކަ ދައްކަވަނީ | ފޮޓޯ: މަޖިލިސް

ފެންނަ ގޮތުގައި މަރަށް މަރުގެ އަދަބު ނޫން ގޮތެއް ދެން ނެތް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޑރ. އަފްރާޝީމްގެ ހަނދާނުގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އަލްހާން ފަހުމީ ވިދާޅުވީ ދިވެހި ދައުލަތުން މަރުގެ ތަންފީޒުކުރާ ދުވަހެއް ދެކެން ބޭނުންކަމަށެވެ. "އަޅުގަނޑަށް ފެންނަނީ މަރަށް މަރުގެ އަދަބު ނޫން ގޮތެއް ދެން ނެތް ކަމަށް. ދިވެހި ދައުލަތުން މަރުގެ ތަންފީޒުކުރާ ދުވަހެއް ދެކެން ބޭނުން. އަޅުގަނޑުމެން އަބަދުވެސް ޑރ. އަފްރާޝީމްހެ ހެޔޮ ޒިކުރާ އާކުރަމުން ގެންދާނަން." މެމްބަރު އަލްހާން ފަހުމީ މަޖިލީހުގައި މިއަދު ވިދާޅުވިއެވެ.

އިތުރަށް އަލްހާން ފަހުމީ ވިދާޅުވީ "ދަންނަ ބޭކަލަކު މި އަވަހާރަކޮށްލީ. މިއީ އާދައިގެ ކަމެއްގެ ގޮތުގައި ނިންމޭކަށް ނެތް. މި މައްސަލައިގެ ތަހުގީގު ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދަވައި އަފްރާޝީމްގެ ގާތިލުންނާއި އޭގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލަން. ރާއްޖޭގައި މި އޮތް އެއްވެސް ޖަރީމާއަކީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އައި ޖަރީމާތަކެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ތަރުބިއްޔަތުކުރުމުގެ މައްސަލަތަކެއް އެބަހުރި. އަފްރާޝީމް މަސައްކަތްކުރެއްވީ އެކަން އަންގަވައިދެއްވުމަށް."ކަމަށެވެ.

ގިނަ މަޖިލިސް މެމްބަރުންވެސް ދަނީ މަރަށް މަރު ހިފުމާއި އެއްކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ އާއިލާ އަށް މަޖިލީހުގެ މިއަދު ވަނީ އެންމެ މަތީ ޝަރަފް އަރުވާފައެވެ.

ގުޅުންހުރި

8 ޚިޔާލު

  1. ކުށެއްކުރީމަ އެކުށަށް އަދަބު ލިބޭނެ ކަމުގެ ޔަޤީންކަން އޮންނަންޖެހޭ ކުވެރިޔާއަށް ވެސް މުޖުތަމަޔަށްވެސް!

  2. ޝަރަފާއި އިއްޒަ ދެވޭނީ ޝަރަފުވެރި މީހުންނާއި ޝަރަފުވެރި މިޖިލިސްތަކަ، ތިމަޖިލިހަކީ މާރުކޭޓް ގޮޅިޔެއް!

  3. މާރުކޭޓު ގޮޅިތަކުންވެސް މަރުވާ މީހުނަށް ޝަރަފުގގެ ލަގަބުވެސްދީ އުޅޭ! ތިމަޖިލިސް މާރުކޭޓުގެ ގޮޅިޔެކޭ އެއްވެސް ތތަފާތެއްހުރޭބާ؟

  4. ޤައުމުގެ އިޖުތިމާޢީ އަދާލަތު ގެއްލުވާލާ ރައްޔިތުންގެ މެދުގައި ހަސަދަޔާއި ފިތުނަވެރިކަން އުފައްދަން އުޅޭ މާރުކޭޓު މަޖިލިސް، ރައްޔިތުންގެ މުދާފޭރިގަތުމަށް ޤާނޫނު ހަދާ! ބައިތުލް މާލަކީ މިބައިމީހުންގެ ޖީބުކަމުގައި ހަދައިގެން ބައިތުލް މާލުން ނާއިންސާފުން ހަރަދު ބަރަދުކޮށް މިބައިމީހުން ބޭނުންހާ ގޮތަކަށް ބައިތުލް މާލުބަހާ، ރައްޔިތުންނަށް ހަރާން ކޯރުވަނީ ރައްޔިތުން ނިދާފަ ތިބީކަމަށްތޯ؟ ރައްޔިތުންވެސް ހޭލަންވެއްޖެ، ތިބާގެ ފައިސާކޮޅަށް މިބައިމީހުން މިހަދާގޮތާއި މެދުވިސްނާބަލަ؟ ތިބާ ފައިސާ ނަހަމަ ގޮތުގައި މިބައިމީހުން ކައިހުސްކުރުމަށް ދޫކޮށްނުލާބަލަ! މިކަހަލަ މީހުނަށް ދެވަނަ ފުރުސަތެއް ނުދީބަލަ!

  5. އަލްހާންވެސް ވިދާޅުތަ ވަނީ. އެ ސޮރު ބުނި ބުދު ބަހައްޓާފަޔޭ އެހެރީ، އަދިވެސް ބަހައްޓާނަމޭ؟ އެ ތެދެއްތަ؟

  6. ހާދަ ރީތި ޓައި އެކޭ.
    ހާދަ ރީތި ކޯޓެކޭ!

  7. އަދިވެސް “އަޅުގަނޑަށް މިހާރު ފެންނަނީ” “ދެންފެންނަނީ” މަރަށްމަރުހިފާށޯ. މިހާރުތޯ ފެނުނީ. ދެންތޯ ފެނުނީ. އަދިވެސް ނޭންގެ ފެނުނުކަމެއް. ވޯޓެކަށް އެހީމައެނގޭނީ. މިހާރު އެއޮށް އެމްޑީޕީ ގޮވަނީ މީހުން މަރާލެއްގިނަކަމުން، މިސަރުކާރަކުން އެކަށީގެންވާ ކަމެއް ނުކުރެޔޯ. ބަލަގަ ތިޔަ އެމްޑީޕީ މީހުންނޫންތޯ އެކަމަށް އޮތް އެންމެ މޮޅު ހައްލުކަމަށްވާ ގިސޯސް ހިފުމަށް އިންކާރުކުރަނީ. އެމްޑީޕީގެ މަޖިލީސް މެންބަރުން ނޫންތޯ އެކަމާ އިންކާރުކުރީ. ތިއެމްޑީޕީގެ ވެރިޔާނޫންތޯ މިދިޔަސަރުކާރުގަ ދެވަނަ ފުރުސަތުގެ ނަމުގަ ކުށްކުރާމީހުން ކުށްތަކަށް އަރައިގަންނަން އަނެއްފަހަރު ނެރުނީ. ބޯހަލާކު

  8. ދެނެއް ނޫން… އެއްވެސް އިރަކު އެނޫން ގޮތެއް ނޯންނާނެ.. ދެން ފޮނިވާހަކަ ނުދައްކާ އިޚްލާޞްތެރިކަމާއެކު މިކަން ކުރެވޭތޯ ބަލާބަލަ… ﷲ ތިޔަބައިމީހުންނަށް މިކަމުގައި ގަދަ ހިތްވަރާއި ކެތްތެރިކަން ދެއްވާންދޭވެ!

Your email address will not be published. Required fields are marked *