ރާއްޖޭގެ ޚަބަރުވިޔަފާރި

ދިވެހި ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކް އަންނަ އަހަރު ޖެނުއަރީ މަހު ހުޅުވަނީ

ލިޔުނީ: އައިޝާ ޝަހޫ

ދިވެހި ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކް އަންނަ އަހަރު ޖެނުއަރީ މަހު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް މެލޭޝިޔާގެ އިސްލާމިކް ބޭންކުން ހާމަކޮށްފިއެވެ.

މެލޭޝިޔާގެ އިސްލާމިކް ބޭންކުން ހާމަކޮށްފައިވާގޮތުގައި "އިސްލާމިކް ބޭންކުން ތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރާއްޖޭގެ ލޯކަލް މާކެޓްޝެއާގެ 25 ޕަސަންޓު ކަވަރު ކުރުމަށް މަސައްކަތް ކުރާނެކަމަށާއި މަސްވެރިކަން ކުރުމަށް އެހީވުމަށް ވެސް ލޯނު ދޫކުރުމަށް ނިންމާފައިވާ" ކަމަށެވެ. މެލޭޝިޔާގެ އިސްލާމިކް ބޭންކުން މިފަދައިން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގައި ދަ ސްޓާ ނިއުސްގައި އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންސްޓިޓިއުޓު މެލޭޝިއާ (އައިބީއެފްއައިއެމް) އާއި ހަވާލާދީ ޝާއިއުކޮށްފައިވާ ހަބަރެއްގައެވެ.

އެނޫހުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އިސްލާމިކް ބޭންކުން ރީޓެއިލް ބޭންކިންނާއި މޯގޭޖް ގޮތުގައި ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

މިދިޔަ ހަފްތާގައި މޯލްޑިވިސް އިސްލާމިކް ބޭންކާއި މެލޭޝިޔާގެ އިސްލާމިކް ބެންކާއި ދެމެދު އެއްބަސްވުމުގައި މިދިޔަ ހަފްތާގައި ވަނީ ސޮއިކޮށްފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އިސްލާމިކް ބޭންކެއް މިރާއްޖޭގައި ނުހުޅުވާއިގެން މިތިބީ ކެއްމަދުވެފާ. ކިތައް މީހުންތޯ ރިބާގެ ކަންތައް ސާފުވީމާ ހަދާނެ ގޮތެއް ނޭނގިގެން ސޭވިން އެކައުންޓުތައް ބަންދުކޮށްފާ ކަރަންޓް އެކައުންޓް ހުޅުވަނީ.

Your email address will not be published. Required fields are marked *