"ހުރިހާ ޢިލްމުވެރިން އެއްބަސް ކިޔައިގެން ޑރ އަފްރާޝިމްގެ މަރުގެ ބަދަލު ހޯދަން ޖެހޭ." ކަމަށް ޝެއިޚް ޝަމީމް ވިދާޅުވެއްޖެއެވެ.
ޝެއިޚް އާދަމް ޝަމީމް ބިން އިބްރާހިމްގެ ފޭސްބުކްގައި ހާމަކޮށްފައިވަނީ ޑރ އަފްރާޝިމް އަކީ އަނިޔާވެރިކަމާއި އެކު މަރާލުމުގެ މާނައަކީ ރާއްޖޭގެ ހުރިހާ ޢިލްމުވެރިން މަރާލުން ކަމަށެވެ. "ޑރ އަފްރާޝިމް (ރާއްޖޭގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ މީހަކު) އަނިޔާވެރިކަމާއި އެކުގައި މަރާލުމުގެ މާނައަކީ، ރާއްޖޭގެ ހުރިހާ ޢިލްމުވެރިން މަރާލުން، ވީމާ ހުރިހާ ޢިލްމުވެރިން އެކުގައި، 1 ބަސް ކިޔައިގެން އަފްރާޝިމްގެ ބަދަލު ހޯދަން މަސައްކަތް ކުރަން ޖެހޭ. ރާއްޖޭގައި މަރުގެ ހައްދު، ޤިސާސް ގެ މަތިވެރި ހުކުމް ތަންފީޒް ކުރުމަށްޓަކައި އެއްބާރުލާ ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން ޖެހޭ. ޔާﷲ އަޅަމެންގެ ވެރިންނަށް އެކަމުގައި ހެޔޮ ތައުފީޤު ދެއްވާނދޭ. އާމީން." މިފަދައިން ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވެއެވެ. ޝެއިޚް ޝަހީމްގެ ސްޓޭޓަސް ގައި އިތުރަށް ހާމަކޮށްފައިވާގޮތުގައި "އާންމުން އިތުރަށް ހޭލުންތެރި ކުރުވާ، ސަރުކާރު ޒިންމާ ދާރުކުރުވުމުގެ ގޮތުން ޢިލްމުވެރިންނާއި ސިޔާސީ އިސް ފަރާތްތަކުގެ ވާހަކަ ދެއްކުމެއް ނުވަތަ މަހާސިންތާ އެއް ބޭއްވުން ލާޒިމް "ކަމަށެވެ.
ދާދިފަހުން ޑރ އަފްރާޝިމް އަލީ އަނިޔާވެރިގޮތަކަށް މަރާލާފައިވަތީ ގިނަ ޝެއިޚުން ދަނީ އެހާދިސާ ކުށްވެރިކޮށް ބަޔާންތައް ދެމުންނެވެ.

















ޝެއިޚް ޝަމީމް ބަހައް އަޅުގަނޑު ތާއީދު ކުރަން……..ރާއްޖޭގައި މަރުގެ ހައްދު، ޤިސާސް ގެ މަތިވެރި ހުކުމް ތަންފީޒް ކުރުމަށްޓަކައި އެއްބާރުލާ ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން އެބަޖެހޭ….
ޝައިޚް ގެ ވާހަކައަށް އަޅުގަނޑޫ ވަރަށް ތާޢީދު. ނަމަވެސް ރާއްޖޭން ފެންނަ ހިތާމަ ވެރި މަންޒަރަކީ ދެތިން ދުވަހު ކުށްވެރި ކޮށްލާފައި އެންމެންވެސް އަތް އުރާލައިގެން ތިބޭތަން. ދާއިމީ ހައްލަކަށް ގޮވައި، އިސްލާމް ދީނުގައިވާ ﷲ ޝަރުއު ކުރައްވާފައިވާ އެންމެހާ ހުކުމްފުޅުތަށް ތަންފީޛު ކުރުމަށް ގޮވާލަނީ ރާއްޖޭގައި ތިބި ދީނީ ޢިލްމު ވެރިން. އެހެން ކަމުން މިދަނޑީވަޅު މިއީ ހުރިހާ ޢިލްމު ވެރިންނާއި ރައްޔަތުން ﷲގެ ދީނަށް ނަޞްރު ދިނުމަށް ނިކުންނަންޖެހޭ ވަގުތު. ކިތަށް މީހުންތޯ އެއްވެސް ޙައްޤަަކާއި ނުލައި މަރާ ލެވެނީ. މިމީހުންގެ އޮތީ ކޮން ކުށެއްތޯ. މިކަމަށް ބޮޑު މުޒާހަރާ އެއް ކުރަން ފެނޭ. ޤުރުބާން ދީގެން ނަމަވެސް މި ކަން ރާއްޖޭގައި ތަންފީޒު ކުރުން ލާޒިމް. ﷲގެ އާޔަތް ތަކަށް އިންކާރެއް ނުކުރެވޭނެ އެއްވެސް އިސްލާމަކަށް. ވީމާ މިކަމުގައި ކޮންމެވެސް ބަޔަކު އިސްނަގަން އެބަ ޖެހޭ.
ޝަހީމުއަށް އަޅުގަނޑުވެސް ތާއީދު
ކޮންމެ ބަޔަކުވެސް އެބައެއްގެ އަމިއްލަ އެދުމަށް ވާހަކަ ދައްކާތަން މިފެންނަނީ މިފަދަ ކަންކަމުގަ. ކޮބާ މަރާލި ނިކަމެތި ޢާއްމުން ؟ އެމީހުންގެ ވާހަކަ ކޮބާ ؟ މިއަދު ޢިލްމުވެރިއެއް މަރާލީމަ، ބިރުން، ދެން މިކިޔަނީ އަފްރާޝީމްގެ މަރުގެ ބަދަލޭ. ޙައްޤަކާއިނުލާ މަރާލެވުނު އެހެން އެންމެންގެ މަރުގެ ބަދަލު ހޯދުމުގައިވެސް އެންމެ އިސް ރޯލެއް ކުޅެން ޖެހެނީ ޢިލްމުވެރިން. މިތަނުގައި އިސްލާމީ ޝަރީޢަތުގެ ޙައްދުތައް ތަންފީޛު ނުވެ އޮތުމުގެ ޒިއްމާ އެންމެ ބޮޑަށް އުފުލަން ޖެހެނީ ޢިލްމުވެރިންނާއި ވެރިން. މިތަނުގެ ޢާއްމުން މިހާރުވެސް އެދެނީ މަރަށް މަރު ތަންފީޛުކުރަން. އެކަމު ބިރުން، އެކަން ތަންފީޛުކުރަން ނުކެރިގެން ދެން މިކިޔަނީ، ހޭލުންތެރިކުރުމޭ، އެހެން އެއްޗެކޭ ކިޔާ ބަހަނާ ދައްކަނީ. އަނެއް ބަޔަކު މި ބުނަނީ ނެތޭ މިކަން ކުރާކަށް ޤާނޫނީ ގޮތަކުން ވެސް ހުރަހެއް. ދެން އަނެއް ފަހަރު ބުނާނެ، މަރާނެ ގޮތެެއް ކަނޑައެޅިފަ ނެތޭ. އެކަމު އެބައޮތޭ ކަނޑައެޅިފަ ނެތް ޤާނޫނެއް ނަމަ އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ކަމަށް ޢަމަލުކުރާނީ. އެގޮތުން ބަލާއިރު ބޮލާ ކަނދުރާ ގިނަބަޔަކަށް ފެންނަގޮތަށް ކަނޑިން ވަކިކޮށްލުން އެބަ އޮތް އިސްލާމްދީނުގަ. ދެން ކޮންމެ މީހަކު ރައްޔިތުންގެ ތާޢީދު ހޯދާ މަޝްހޫރު ވާންވެގެން، މޮޅަތި ސްޓޭޓަސް އާ، ބަޔާންތަކާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރުމާ މި އޮތީ. ޢަމލީ ގޮތުން ކުރާ ކަމެއް ނެތް.
ޝެއިޚް އާދަމް ޝަމީމްގެ ތިބަސް ބަލައިގަންނަން. އެއީ ކުރަން މާ ލަސް ވެއްޖެ ކަމެއް. ދެން ކޮންމެހެން މަހާސިންތާއެއް ނޫން ބާއްވަންވީ. ޢިލްމުވެރިން އެކައްޗެއް ކިޔައިގެން ރައްޔިތުން ގޮވައިގެން ނުކުމެ، ޙުކުމް އިއްވާފަވާ މީހުންގެ މައްޗަށް ޙައްދު ތަންފީޛުކުރަންވީ. އޭރުން ދެން ސަރުކާރަށާ، ސިޔާސީ މީހުނަށް މަޖުބޫރުވާނެ އެކަން ކަނޑައަޅަން ޤާނޫނުގަ. އިންކާރުކޮށްފިއްޔާ އެމީހުނަށްވެސް ޙައްދު ތަންފީޛުކުރާނީ. މިނޫން ގޮތަކަށް މިކަން ދެން ވެދާނެ ކަމަކަށް ނުބެލެވޭ.
މީކީ ނޫންބާ މިހާރުގެ ޙާލަތު؟
ފޮތް ތަކޭ ފުނިޖެހިފަވީ،
ގޮތް ގޮތަށް ގޭ ހަރުމަތީ،
އޮތް ކަމަކު ފާހެއް ފޮށީ،
ނެތްކަމެއް ކުޑަވެސް ހަށީ
ފޮތް އޮތީ ލިޔެވިފަ މިތާ
ގޮތް އޮތީ ފެންނަން ތެދަށް
…………………………………….
އަޅުގަނޑުވެސް ތާއީދު ޝައިޙް އަށް، މަރަށް މަރު ހިފަން ލަސްވެއްޖެ.
އެބޭފުޅުން ކުރާކަމެއް އެބޭފުޅުން މަނާކުރަން އުޅޭނެތޯ؟ އެބޭފުޅުން ޤަބޫލެއް ނުކުރޭ އިސްލާމް ދީން ތަންފީޒުކޮއްގެން ހައްލެއް ލިބޭނެކަމަށް، ޤާނޫނު އަސާސީއަށް ވުރެ ބޮޑަށް އެބޭފުޅުން ޤަބޫލު ކުރަނީ ޔަހޫދީންގެ ގަރާރުތަށް، އިސްލާމް ދީންވެސް ޤަބޫލު ނުވަނީބާ؟ އިސްލާމް ދީނުގެ އަޑު މަޖިލިސް ތެރެއިން ފަޑުކުރަން ޔަހޫދީ ގޭންގުތަކުން ހިންގި ޖަރީމާއެއް، އެމެރިކާގެ ސަފީރުއައިސް ރޭވިރޭވުމެއް، މަޖިލިސް ކޮމޮޓީތަކުގައި ނަވިން ޕިއްލޭ މެނަށް ބޭނުންހާ ވާހަކައެއް ނުދެއްކޭގޮތަށް ޤަވާއިދު އިސްލާހުކުރަން އަފުރާޝީމު ހުށަހެޅުން ޔަހޫދީން ހިންގި ނުރައްކާތެރި ޖަރީމާއެއް، މިގޮތަށް ލައިވު ޕޮރޮގުރާމް ތަކަށް މީހުން އެރުމަށް ފަހުގައި މީހުން މިހާތަނަށް މަރާފައި ހުރީ ފަލަސްތީނު ގައި ލެބަނާނުގައި، މީ ޔަހޫދީންގެ ރޭވުމެއް!
ޑރ. އަފްރާޝީމް ޢަލީގެ މަރަކީ، ހަމަ ސީދާ އިސްލާމްދީނާއި ދެކޮޅަށް، އިސްލާމް ދީނުގެ އަދުއްވުން ހިންގި ބޮޑު ޖަރީމާއެއްކަން ކަށަވަރު! އެއީކީ ފަހަރެއްގައިވެސް އަފްރާޝީމްވެގެ މަރާލި މަރާލުމެއްކަމަށް ނުބެލެވޭ! މިއީ އިސްލާމްދީނުގެ ދައުވަތު ފަތުރާ ހުރިހާ ޢިލްމުވެރިންނަށް ދިން ޙަމަލާއެއް ކަމަށްބެލެވޭ! އަދި މަޖިލީސްތެރޭން އިސްލާމީ ފިކުރު ނައްތާލުމަށްޓަކައި ހިންގި ޖަރީމާއެއްކަމަށް ބެލެވޭ! އަދި ވަކިބައެއްގެ ބޮލުގަ އަޅުވައިގެން މުސްލިމުންނާއި މުސްލިމުންނާއި ތެޅުވުމަށްޓަކައި، ހުޅަނގުން އެހެންގައުމުތަކުގައި ރާވައިގެން ކުޅޭ ވައްތަރުގެ ކުޅިގަނޑަކާއި މިކަމާއި ވައްތަރުގޮތެއް ހުރޭ! ވީމާ، މިހިނދުން މިހިނދަށްވެސް މިގައުމުގައިތިބި ޢިލްމުވެރީން މިހާރަށްވުރެވެސް އަޚްވަންތަވެ، ރައްޔަތުން އެކުވެރިކުރުވާ އަދި ﷲގެ ދުޝްމިނުންގެ ކިބައިން މިގައުމު ސަލާމަތް ކުރުމަށްޓަކައި ތެދުވެވަޑައިގަތުން އެދި ގޮވާލަން!
އަފުރާޝީމް ގަތުލު ކޮއްލީ ލައިވު ޕޮރްގުރާމެއް ނިއްމާ ގެޔަށް ދިޔަތަނުން މީ ހަމަ ޔަހޫދީންގެ ރޭވުމެއް، މީގައި އދ އާއި އިންޑިޔަން އެމްބަސީ އާއި ޖީއެމްއާރުގެ އަތެއްވާނެ ކަމަށް ބެލެވޭ، ޖީއެމްއާރު ދަނީ މިތާގައި ޔަހޫދީ ގޭންގުތަކުގެ ހާލިހަދަމުން!
ދިވެހި ދައުލަތަށައި ރައްޔިތުންނަށް ހަޤީޤީ މާނައިގައި ލޯބިވާ ޕާރޓީއަކީ އަދާލަތު، ދެންއުޅެނީ ޕާރްޓީ ތަކުގެ ޓެގާއި ނަމްބޯޑު އަޅުވައިގެން އަމިއްލަ މަސްލަހަތުގައި އުޅޭ ގޭންގު ތަށް،
އަފުރާޝީމުގެ ޤަތުލުގެ މައްސަލާގައި އދ ޢާއި ނަވިން ޕިއްލޭ ޢާއި އިންޑިޔަން އެމްބަސެޑަރ މުލޭ އާއި ޖީއެމްއާރގެ އިސްވެރިން ނާއި ސިޔާސީ ގޭންގުތަކުގެ އިސްވެރިން ނާއި ސުވާލުކުރަން ދިވެހި ފުލުހުންނަށް ގޮވާލަން، އޭނަގެ ޤަތުލުގެ ކަންކަން މިމީހުނަށް އެގޭނެ ކަން ވަރަށް ސާާަފު!
ޓީވީ ލައިވު ޕޮރްގުރާމަކަށް ފަހު މީހުން މެރުމަކީ އާއްމުކޮށް ޔަހޫދީ ގޭންގުތަކުގެ އަމަލެއް، އަފުރާޝީމް ގެ ޤަތުލައްފަހުގައި އިންޑިޔަމް އެމްބަސެޑާރ މުލޭ ޕާރްލިމެންޓުގެ ޒުވާން މެމްބަރުން ނާއި ގުޅުން ބަދައިކުރުމުގެ ނަގުގައި ބައްދަލުވުން ބާވާ ކަމީ ފޮރުވިފައިވާ ސުވާލުތަކެއް އުފެދޭކަމެއް!
ވ ބޮޑު ތެދެއް މި ކަހަލަ ކަންކަމާ ގުޅިގެން ކަންދެއްކުމައް ޓަކާ ވ ގިނަކަންތައް ކުރާނެ ،އިޙުލާސްތެރިކަމެއް ނެތް އެންމެ ބޮޑުގޯހަކީ ޕާޓީ ސިސްޓަމް މުޅިގައުމު ފަސާދަ ކުރީ ޕާޓީ ސިސްޓަމް މި ފަދަ ޢަމަލު ހިންގާ މީހާވެސް ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާނެ.
އަޅުގަޑު ޝައިޙް ޝަހީމަށް ގޮވާލަން، އަދި ދީނީ ހުރިހާ ޢިލްމުވެރިންނަށްވެސް ގޮވާލަން މިކަމުގައި އެއްބައިވެ ހުރިހާ ޢިލްމުވެރީންނާއި އިސްލާމް ދީނަށް ހެޔޮއެދޭޭ އެންމެހާ ރައްޔިތުން ނިކުމެ ޤިސާސް ހިފުމަށް އަޑުއުފުލާ މުޒާހަރާކުރުމަށް. އަދި ޑރ. އަފްރާޝީމްގެ ނިކަމެތިވެފައިވާ ކުޑަކުޑަ ދަރީންތަކަށާއި ހުވަފަތްވެފައިވާ އަބިކަނބަލުންނަށް އޯގާތެރިވެ އެ ފަރާތަށް އެޙީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް. މާތް ﷲ އެ މަރްޙޫމް އަށް ސުވަރުގެ މިންވަރުކުރައްވާ، އާއިލާ އަށް ރިޒްޤު ދެއްވާ ކެތްތެރިކަން ދެއްވާށި !!
ޝައިހުގެ ތިޔްޚިޔާލައްތާއީދުކުރަން މަރުހޫމު ޝައިހުގެ މަރުގެ ހަގީގަތްހޯދާ އެކަމުގެ އަސްލައް ވާސިލުމުން ނޫނީ ހިތައްފިނިކަމެއްނުލިބޭނެ ހިތާމަކީ ތަހުގީގީ މަރުހަލާގަވެސް ޝައްކުކުރޭވޭ ތިންމީހުން ބައިތިއްބާފަތިބީ އެއްތަނެއްގަ ތަޖުރިބާކާރުން މިކަމާދެކޮޅުހަދާ ސަބަކީ އެކަމަކީ ހެކި ފޮރުމައް ހިއްވަރުލިބިދޭކަމަކަށްވާކަން މިކަމުގަ ފަރުވާކުޑަނުކުރުމަށް ކޮމިޝަނަރއޮފް ޕޮލިސް ރިޔާޒުގެކިބައިން އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމާއެކު އެދެން މަނިކުފާނަށް އަޅުގަނޑުވަށްއިތުބާރުކުރަން
އަދާލަތުގެ އޮޑިން ފޭބި އެންމެހާ ޝޭހުންނަށް އޮޑިޔަށް އެރުމަށް ގޮވާލަން ހާއްސަކޮށް ޝޭހު ހުސައިން އާއި ޑރ މަޖީދު އެންބުރި އޮޑިޔަށް އެރުމަށް ގޮވާލަން އިސްލާމް ދީނާއި ދިވެހި ޤައުމަށްޓަކައި މިކަންކުރަންޖެހޭ، އަދި އުންގޫފާރު ގޮންޑިޔަށް ދީނީ އިލްމު ވެރިޔަކު އިންތިހާބު ކުރުމަށް ހުރިހާ ޝޭހުން މަސައްކަތް ކުރުމަށްވެސް ގޮވާލަން!
ޑރ އަފުރާޝީމުގެ ޤާތިލުންގެ ކިބައިން ޤިސާސް ހިފުމަށް 23 އިއްތިހާދުގެ ފަހުލަވާނުންނަށް ގޮވާލަން، ނަހައްޤުން އަފުރާޝީމް ޤަތުލުވެފައިވަނީ، އިސްލާމްދީން ހިމާޔަށް ކުރުމަށް 23 ޑިސެންބަރުގެ އިއްތިހާދުން ވަނީ ﷲ ގަންދީ ހުވާވެސް ކޮއްފައި، އެހެން ކަމުން ޤާތިލުގެ ކިބައިން ޤިސާސް ހިފުމަށް ގޮވާލަން!
23 ދިސެންބާރ ގެ ފަހުލަވާނުންގެ އަހުދު ނާމާޔާއި ހުވާ ހަންދުމަ ނެތެމުން ދާތީ އެކަން ހަދުމަކޮށް އަރުވަން، ދިވެހިރާއްޖޭގައި އިސްލާމް ދީން ހިމާޔަށް ކުރުމަ 23 ޑިސެންބާރ ގެ އިއްތިހާދުން ވަނީ ﷲ ގަންދީ ހުވާކޮށްފައި ވަނީ،، ހުވަޔާއި ޙިލާފުވެގެނެއް ނުވާނެ!
މިއަދު ރައްޔިތުންގެ މަޖިލިހުން ރައްޔިތުންގެ މުދަލުން ވައްކަން ކުރުމަށާއި މުދާ ފޭރި ނަހަމަ ގޮތުގައި ކެއުމަށް ވައްތަރު ވައްތަރުގެ ޤާނޫނު ހަދަމުން ދަނީ ރައްޔިތުން މިފަދަ މެންބަރުން ކޮއްވަނީ ކީއްކުރަންތޯ؟
ތީ ހަމަހަޤީޤަތުގަވެސް ވައްތަރީ މިޤައުމު ހަލާކުކުރުމަށް މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުގެ ރެވުންތެރިކަމާއި ގުޅިފައިވާ ކަމެއްކަމަށް.
ަތެދުވާހަކައެއް.. ޝެއިހް ގެ ވާހަކަޔާމެދު އަޅުނގަޑުވެސް އެއްބަސްވަން..
އަދާލަތު ޕާޓީ އަކީވެސް ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް ގާއިމް ކުރަން އުޅޭ ބައެއް…..
އިސްލާމްދީނަށް އިްހތިރާމްކޮށް އެދީނުގެ ސިޢަރުތައް ފާޅުކުރާނަމަ މޭކަރާ ކަންބޮޑުވާ ބޔަކު އުޅޭކަން ފާހަގަކުރެވޭ. އެމީހުންގެ މަސައްކަތަކަި އެމީހުން ދީނީގޮތުން ކުރަން ހުނަނަ ކަނަތައްތނުކޮށް
ޝަހީދު އަފްރާޝީމް އަކީ ދިވެހި ޤައުމުގެ ރަން މުތެއްފަދަ ދިވެހިދަރިއެއް، އެތަކެއް މަރުހަލާ އަށްފަހު ފުރިހަމަވި މުތެއް. އެތަކެއް ހިތްތަކެއްގެ އިހުސާސްތަކާ ގުޅިފައިވިމުތެއް. އެތަކެއް ޖަޒްބާތުތަކަކާ ގުޅިފައި ވިމުތެއް. އެތަކެއްބައެގެ ލޯތްބާއި އިހްތިރާމް ލިބިލެއްވި މުތެއް. އެތަކެއް ހާސް ފައިދާ އިލްމީގޮތުން ލިބެމުން އައި މުތެއް. އެތަކެއް ހާސް ދަރުސްތަކެއް ލިބޭނެކަމުގެ އުއްމީދުކުރެވުނު މުތެއް. ވީމާ މިފަދަ އަގު ބޮޑު މުތެއްގެ ހަލާކަށް، ކުރިމަތިލި ބަޔަކަށް އަދި ތަންފީޒު ކުރިބަޔަކަށް އަދި އެކި މިންވަރަށް ހިއްވަރު ދިންބަޔަކަށް، އަދި އެކިމިންވަރަށް އެހީތެރިވިބަޔަކަށް ދީލަތިކަމުގެ، އެހީތެރިކަމުގެ ޒައްރެއްގެ މިންވަރެއް ދިންމީހަކީވެސް އަދުލު އިންސާފުގެ ޖާނީ ދުޝްމަނަކަށްވާނީ. އަދި އަދުލު އިންސާފްގެ ގާތިލަކަށް މެނުވީނުވާނެ ކަމުގައި ދެކެން . ޝަހީދު އަފްރާޝީމަށް އިންސާފްގެ ނަޣަރާއިން ހަރުއަޑުން މިގައުމު އެކީ އެކު ގޮވާލަނީ ގައްދާރުވި ހުރިހާ ޤާތިލުންނަށް ހަރު ކަށި، ހަރުކަށި، ނިމުމެއް، އަންނަތަން އަވަހަށް ފެނުމަށް. އާމީން ޔާރައްބި އާމީން….