ރާއްޖޭގެ ޚަބަރު "ހުރިހާ ޢިލްމުވެރިން އެއްބަސް ކިޔައިގެން ޑރ އަފްރާޝިމްގެ މަރުގެ ބަދަލު ހޯދަން ޖެހޭ." ޝެއިޚް ޝަމީމް

"ހުރިހާ ޢިލްމުވެރިން އެއްބަސް ކިޔައިގެން ޑރ އަފްރާޝިމްގެ މަރުގެ ބަދަލު ހޯދަން ޖެހޭ." ޝެއިޚް ޝަމީމް

"ހުރިހާ ޢިލްމުވެރިން އެއްބަސް ކިޔައިގެން ޑރ އަފްރާޝިމްގެ މަރުގެ ބަދަލު ހޯދަން ޖެހޭ." ޝެއިޚް ޝަމީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޝެއިޚް ޝަމީމް

 

"ހުރިހާ ޢިލްމުވެރިން އެއްބަސް ކިޔައިގެން ޑރ އަފްރާޝިމްގެ މަރުގެ ބަދަލު ހޯދަން ޖެހޭ." ކަމަށް ޝެއިޚް ޝަމީމް ވިދާޅުވެއްޖެއެވެ.

ޝެއިޚް އާދަމް ޝަމީމް ބިން އިބްރާހިމްގެ ފޭސްބުކްގައި ހާމަކޮށްފައިވަނީ ޑރ އަފްރާޝިމް އަކީ އަނިޔާވެރިކަމާއި އެކު މަރާލުމުގެ މާނައަކީ ރާއްޖޭގެ ހުރިހާ ޢިލްމުވެރިން މަރާލުން ކަމަށެވެ. "ޑރ އަފްރާޝިމް (ރާއްޖޭގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ މީހަކު) އަނިޔާވެރިކަމާއި އެކުގައި މަރާލުމުގެ މާނައަކީ، ރާއްޖޭގެ ހުރިހާ ޢިލްމުވެރިން މަރާލުން، ވީމާ ހުރިހާ ޢިލްމުވެރިން އެކުގައި، 1 ބަސް ކިޔައިގެން އަފްރާޝިމްގެ ބަދަލު ހޯދަން މަސައްކަތް ކުރަން ޖެހޭ. ރާއްޖޭގައި މަރުގެ ހައްދު، ޤިސާސް ގެ މަތިވެރި ހުކުމް ތަންފީޒް ކުރުމަށްޓަކައި އެއްބާރުލާ ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން ޖެހޭ. ޔާﷲ އަޅަމެންގެ ވެރިންނަށް އެކަމުގައި ހެޔޮ ތައުފީޤު ދެއްވާނދޭ. އާމީން." މިފަދައިން ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވެއެވެ. ޝެއިޚް ޝަހީމްގެ ސްޓޭޓަސް ގައި އިތުރަށް ހާމަކޮށްފައިވާގޮތުގައި "އާންމުން އިތުރަށް ހޭލުންތެރި ކުރުވާ، ސަރުކާރު ޒިންމާ ދާރުކުރުވުމުގެ ގޮތުން ޢިލްމުވެރިންނާއި ސިޔާސީ އިސް ފަރާތްތަކުގެ ވާހަކަ ދެއްކުމެއް ނުވަތަ މަހާސިންތާ އެއް ބޭއްވުން ލާޒިމް "ކަމަށެވެ.

ދާދިފަހުން ޑރ އަފްރާޝިމް އަލީ އަނިޔާވެރިގޮތަކަށް މަރާލާފައިވަތީ ގިނަ ޝެއިޚުން ދަނީ އެހާދިސާ ކުށްވެރިކޮށް ބަޔާންތައް ދެމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.