ކްރިސްޓިއަން ދީނުގެ ފޮތްތަކެއް ރާއްޖެ އެތެރެ ކުރި ދިވެއްސަކާއި ބިދޭސީއަކު ކަސްޓަމްސް އިން ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސް ބިލްޑިންގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޗީފް ކަސްޓަމްސް އޮފިސަރު އަހުމަދު ސިމާހު ވިދާޅުވީ އެ ދެ މީހުން ވެސް ރާއްޖެ އައިސްފައި ވަނީ ސްރީލަންކާގެ ކޮލަންބޯ އިން މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މިދެމީހުންގެ ތެރެއިން ފުރަތަމަ ރާއްޖެ އައީ އުމުރުން 44 އަހަރުގެ ބަންގްލަދޭޝްގެ ޖަތިސް ބިޝްވަސް ނަމަކަށް ކިޔާ މީހެއް ކަމަށާއި އަދި އޭ ކުޑައިރުކޮޅެއްގެ ފަހުން އިނގިރޭސި ބަހުން ލިޔެފައިވާ ކްރިސްޓިއަން ދީނުގެ ފޮތްތަކެއް ހިފައިގެން ރާއްޖެ އައި ދިވެއްސަކު ވެސް ހައްޔަރުކޮށްފައައި ވާކަމަށް ސިމާހު މައުލޫމަތުދެއްވިއެވެ.
ބަންގްލަދޭޝް މީހާއަތުން ފެނިފައި ވަނީ ކްރިސްޓިއަން ދީނުގެ ތަފާތު އެކި މައުޟޫތަކަށް ދިވެހި ބަހުން ލިޔެފައިވާ 11 ފޮތެވެ. އަދި މީނާއާއި ސުވާލުކުރުމުން ބުނެފައިވަނީ ރާއްޖޭގައި ހުރި މީހަކާ ބައިވެރިވެގެން އެތެރެކުރި ފޮތްތަކެއް ކަމަށެވެ. އެފޮތޮތަކުގެ ތެރޭގައި ހިމެނެނީ "ތެދުމަގު" ގެ ނަން ދީފައިވާ ދެ ފޮތާއި "އުލުހިޔާގެ ފޮރުވިފައިވާ މާނަ" އިގެ ތިން ފޮތާއި "އިންޖީލާ މެދު އެނގެންޖެހޭ ހަތަރު ކަމެއް" ގެ ތިން ފޮތް އަދި "އަހަންނަށް އަޅާލާނެ މީހަކުވޭ ބާ؟" ގެ ތިން ފޮތް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިމީހާ ރާއްޖެ އެތެރެވީ ޓޫރިސްޓް ވިސާގައި ކަމަށާއި އަދި މިއީ މުޅިން އަލަށް ރާއްޖެއައި މީހެކަމަށް ސިމާހު ވިދާޅުވިއެވެ. އަދި މާލޭގެ ހޮޓަލެއްގައި ހުރުމަށް ބްކިން ވެސް ހަދާފައި ވާކަމަށް ސިމާހު ވިދާޅުވި އެވެ.
މިދެމީހުންގެ މައްސަލަ މިހާރު ދަނީ ކަސްޓަމާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުންނެވެ.

















advertisment
ޚިޔާލު