އިސްލާމިކް ފައުންޑޭޝަނުން ބާއްވާ ރުޤްޔާ ކޯސް 24 ދަރިވަރުންނާއި އެކު ފަށައިފިއެވެ.
އިސްލާމިކް ފައުންޑޭޝަން އިން ބާއްވާ ރުޤްޔާ ޝަރުޢިއްޔާ ފައުންޑޭޝަން ކޯސް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި ނަލަހިޔާ ހޮޓަލުގައި ބޭއްވި ޖަލްސާއަކަށް ފަހުއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިކޯހުގައި ބައިވެރިވެފައިވަނީ 24 ދަރިވަރުންއެވެ.
އެއްމަސްދުވަހުގެ މުއްދަތަށް އިސްލާމިކް ފައުންޑޭޝަނުން ފެށި މިކޯސް އިފްތިތާޙް ކޮށްދެއްވީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް އަލް އުސްތާޛް ފައުޒީ މުޙައްމަދު އެވެ.
ދެޖިންސުގެ ބޭފުޅުންނަށް ހުޅުވާލައިގެން ބާއްވާ މިކޯހުގައި މަދުވެގެން 10 ޝެއިޚުން ލެކްޗަރަރއިންގެ ގޮތުގައި ކިޔަވައިދެއްވާނެކަމަށް އެޖަމިއްޔާއިން ވަނީ އިއުލާން ކޮށްފައެވެ. މި ކޯހުގައި ލެކްޗަރަރ އިންގެ ގޮތުގައި ކިވާދެއްވާ ބޭފުޅުންނަކީ އައްޝެއިޚް އިބްރާހިމް ފަރީދު އަޙްމަދު، އައްޝެއިޚް އަބޫބަކުރު އިބްރާހިމް (ބަކުރުބެ)، އައްޝެއިޚް ޝުއައިބު ޢަބްދުއް ރަޙްމާން، އައްޝެއިޚް ޢަލީ ޒައިދު، އައްޝެއިޚް މުހައްމަދު މޫސާ، އައްޝެއިޚް އިއްޒައްދީން އަދުނާނު، އައްޝެއިޚް އިލްޔާސް ޖަމާލް، އައްޝެއިޚް އަޙްމަދު ޢަބްދުﷲ، އައްޝެއިޚް އިބްރާހިމް އަލީ އަދި އައްޝެއިޚް އަބްދުލް އަޒީޒު ޙުސައިން އެވެ. އަދި އަމަލީގޮތުން ތަމްރީން ދިނުމަށް ދެ ރާޤީން ހަރަކާތްތެރިވާނެކަމަށްވެސް އެޖަމިއްޔާއިން ވަނީ އިއުލާން ކޮށްފައެވެ.
އިސްލާމިކް ފައުންޑޭޝަން އިންތިޒާމް ކޮށްގެން ބާއްވާ މިއީ ރުޤްޔާ ކޯހުގެ 3 ވަނަ ބުރެވެ. މިކޯހުގެ ފުރަތަމަ ބުރުގައި 78 ދަރިވަރުން ބައިވެރިވެފައިވެއެވެ އަދި ކޯހުގެ ދެވަނަ ބުރު ގައި 113 ދަރިވަރުން ބައިވެރިވެފައިވާއިރު މިފަހަރު ކޯހުގައި ބައިވެރިވީ 24 ދަރިވަރުންނެވެ.

















advertisment
މިވެރިން އަމިއްލަ ޓީވީއެއް ހުނައިރު ދެންކީއްކުރަންތޯ ރ ޓީވީ އެތަނަށް ގެންދަން ވީއަކީ؟. އެހެންވީމަ ރ ޓީވީއަކީ މިވެރިންނާއި ވަރަށް ގުޅުން އޮންނަ ޓީވީއެއްތާ.
ބަލަ ހަމީދު އަކަށްނޭގޭތަ ރާޓީވީ އާއި އިސްލާމިކް ފައުންޑޭސަން އާ އޮންނަގުޅުމެއް ބަލަ އެއީ އަލްގައިދާގެ އެންމެއިސްލީޑަރ ކެނެރީގޭ ނަޝީދު ހިންގާދެތަނެއްކަން……………….