ރާއްޖޭގެ ޚަބަރު

އިސްލާމިކް މިނިސްޓަރ ނަމުގައި ޓްވީޓް ކުރަނީ ފޭކް އެކައުންޓެއްކަމަށް ޝެއިޚް ޝަހީމް ވިދާޅުވެއްޖެ

އިސްލާމިކް މިނިސްޓަރ ނަމުގައި ޓްވީޓް ކުރަނީ ފޭކް އެކައުންޓެއްކަމަށް ޝެއިޚް ޝަހީމް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޝެއިޚް ޝަހީމް ފޭސްބުކްގައި ވިދާޅުވެފައިވަނީ "ޝަހީމް އަލީ ސައީދު ގެ ނަމުގައި ޓްވީޓް ކުރަމުންދާ އެކައުންޓަކީ އަޅުގަނޑުގެ އެކައުންޓެއް ނޫން" ކަމަށެވެ. ފަހަކަށް އައިސް "ޝަހީމްއަލީސައީދް'ގެ ނަމުގައި ޓްވީޓް ކުރަމުންދާ ޓްވީޓްތަކަކީ މިނިސްޓާރގެ ޓްވީޓް ކަމަށް ހީކޮށް ގިނަ ބަޔަކު ދަނީ އެޓްވީޓްތައް ރިޓްވީޓް ކުރަމުންނެވެ. އަދި އެޓްވިޓާރ އިން ހަގީގަތާއި ޚިލާފު ވާހަކަތައް ދެއްކުމުން ބައެއް ފަރާތްތަކުން އެއީ ޝަހީމްގެ ޓްވިޓްތަކެއް ކަމަށް ދެކެއެވެ.

ޝެއިޚް ޝަހީމްގެ ނަމުގައި ހުޅުވާފައިވާ ޓުވިޓާރ އެކައުންޓް Shaheem Ali Saeed (@ShaheemAliSaeed) އަކީ ސައްހަ އެކައުންޓެއް ނޫންކަމަށް އެބޭފުޅާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ފޭކް އެކައުންޓް ރިޕޯޓްކުރުމަށްވެސް ޝެއިޚް ޝަހީމް އެދިލައްވައެވެ.

ޝެއިޚް ޝަހީމް ޓްވިޓަރ ބޭނުން ނުކުރައްވައެވެ. އެހެންނަމަވެސް ފޭސްބުކް ބޭނުން ކުރައްވައެވެ.  ޝެހިޚް ޝަހީމްގެ ފޭސްބުކް އެކައުންޓް އެޑްރެހަކީ  (www.facebook.com/shaheemalisaeed)

ގުޅުންހުރި

1 ޚިޔާލު

  1. ދީން ހިމާޔަތް ކުރަނީ ފިލާ ތިބެގެނެއްނޫން.. އެހެން މީހުންގެ މޫނު ކުރިމައްޗައް ލައިގެނެއް ނޫން.. ދީން ހިމާޔަތް ކުރާނީ ފިނޑިން އުޅޭގޮތައް އުޅެގެނެއްނޫން.. ނޫނީ އެއްފަރާތައް މޫނު އަނބުރައިގެން އެކޮޅަށް ބަރުވާ ގޮތަކަށް ނޫން.. ހަމަހަމަކަންމަތީ ނޫން ގޮތަކަށް ކަންކަން ކޮށްގެން ނުވާނެ.. އިސްލާމް ދީން އިސްލާމް ދީންގެ ގޮތުގައި ހިމާޔަތް ކުރަން ދަސްކުރަން އިލްތިމާސް ކުރަން.. އެހެންނޫނީ އަހަރެމެން އެންމެންގެ މައްޗަށް އާންމު ވެގެންވާ އަޒާބެއް އަތުވެދާނެތީ ބިރުގަންނަން.. ވީމާ އިސްލާހުވުމަށް ގޮވާލަން..

Your email address will not be published. Required fields are marked *