މާވެޔޮ މިސްކިތުގެ މުންނާރުގެ ލައުޑް ސްޕީކަރުގެ މަސައްކަތުގައި އުޅުއްވަނިކޮށް މާލޭ ސިޓީ ކައުންސިލްގެ މައްޗަން ގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ޖަންބު ހަސަން މިސްކިތުގެ ފުރާޅު މަތިން ވެއްޓި ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.
ރޭ 9:30 އެހާކަންހާއިރު އަފީފު ވެއްޓުމުގެ ސަބަބުން ވާތު ފައިތިލައިން ދެތަނެއް ބިނދި މައިބަދައަށް ސީރިއަށް ގެއްލުން ލިބިފައިވާކަމަށް ހަބަރު ލިބެއެވެ. އަދި މިއަދު 2:00 ޖެހިއިރުވަނީ މައިބަދައިގެ އޮޕަރޭޝެން ކުރެވިފައެވެ. ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި އަފީފް އަކީ މިސްކިތްތަކާއި ހަވާލުވެ ހުންނަވާ ބޭފުޅާކަމަށާއި އަދި ރޯދަމަސް ފެހުމުށުމުގެ ކުރިން ފަށާއި ގެން އޭނާ އުޅުއްވަނީ މިސްކިތްތަކުގައި ހުރި ކުދި ކުދި މަރާމާތް ކުރުމުގައި އަވެދި ނެތިކަމަށް މައުލޫމާތު ދެއްވިއެވެ.

















advertisment
މިސްކިތަކީ ނަމާދުކުރުމަށާއި ﷲ ތަޢާލާގެ ޒިކުރުކުރުމަށް ހުރިތަނެއްކަން ބަޔަކު ހަނދާން ނެތުނީމަ ދެން އެބަޔަކަށް ވާނެގޮތް ތިހިރަ ފެންނަނީ…. ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަން
ޖަންބެޔަށް އަވަސް ޝިފާއެއް ދެއްވާށި! ޖަންބެ އަނެއްކާ ޝޫޓިންގ އެއް ނެގީބާ؟
ޖަންބެ ކުޑަވާހަކައެއް ބުނެލަން ބޭނުން، ޖަންބެ މެން މަހާނަ މައްޗަށް ލޮނުދޮންވެލި ލާ އެތަން އެހާރީތި ކުރަނީ ކީކުރަންބާ؟ ގޮްޑު ދޮށުން ވެލިނެގީމަ ރައްގިރޭ ވާހަކަވެސް ޖަމްބެ މެންދައްކާ! ގިރޭ ތަންކޮޅުން މި ދޮންވެލިވެސް ނަގައިގެން ގޮސް ރަށު މެދުގައި ހުރި ޤަބުރުސްތާނަ ތިއަޅަނީ، އެޔައްވުރެއް ކީތޯވާނީ ޤަބުރުސްތާނު ރަށުގެ އެގިރޭ ސަރހައްދުގައި ހެދުން އޭރުން ވެލިއަޅަން ޖެހޭނީ އެއްކަލަ ރަށުގެ ގިރޭ ސަރހައްދަކަށެއްނޫން!
އަމިއްލައަށް މަސައްކަތްކޮއްލާފަ ފައިސާ ޖީބަށް ލާގޮތަށްބާ ތިޔަކަން ކުރަން އުޅުނީ. އެހެންވިއްޔާ އެވާނީ ކޮރަޕުޝަނަކަށް. ތިޔަހާވަރުން ކައުންސިލަރު ފޫގަޅުއްވައިގެން ނޫޅުއްވިއަސް ބަޔަކާ ހަވާލުކޮށްގެން އެކަން ކުރެވޭނެކަންނޭނގެ. ދެން ވެއްޓެން އިރާދަކުރެއްވި މީހަކު ވެއްޓޭނެތާ. ކޮންމެއަކަސް އަވަސް ޝިފާއަކަށް އެދެން. ތިޔަ ގޮތަށް ވިޔަފާރިވެރިންގެ މިސްކިތު ސައުންޑްވެސް ރަނގަޅުކޮށްދެއްވަ ބައްލަވާ.