ރާއްޖޭގެ ޚަބަރު

މަސްޖިދުއް ސުލްތާން މުހަންމަދު އިމާދުއްދީން މި މަހުގެ 18 ގައި ހުޅުވަނީ

މަސްޖިދުއް ސުލްތާން މުހަންމަދު އިމާދުއްދީން. ދިއިސްލާމް ފޮޓޯ: އަޝްވާގު

މަސްޖިދުއް ސުލްތާން މުހަންމަދު އިމާދުއްދީން. ދިއިސްލާމް ފޮޓޯ: އަޝްވާގު

މަސްޖިދުއް ސުލްތާން މުހަންމަދު އިމާދުއްދީން މި މަހުގެ 18 ގައި ހުޅުވަން ނިންމައިފިއެވެ.

ޝޭޑީ ކެބިންގެ ޢާއިލާއިން ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ މަސްޖިދުއް ސުލްތާން މުހަންމަދު އިމާދުއްދީން  މިމަހު 18 ގައި ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ޝޭޑީކެބިން އާއިލާއިން ހާމަކުރެއެވެ. މިސްކިތާއި ބެހޭގޮތުން އާއިލާއިން މިޑީއާއަށް ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށް ދަނީ މިސްކިތް ނިންމުމަށް ކުރަންޖެހޭ ކުދިކުދި މަސައްކަތް ކަމަށާއި ރޯދައަށް މިސްކިތް ހުޅުވުމަކީ އެންމެ ބޮޑު ބޭނުންކަމަށެވެ.

600 މީހުންނަށް ނަމާދުކުރެވޭ ޖާގަ ހުންނަ މިމިސްކިތަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފުރަގަހަށް ވާގޮތަށް ހުންނަ މިސްކިތެކެވެ. ދެބުރިއަށް އިމާރާތްކޮށްފައިވާ މިމިސްކިތުގައި މަތީ ބުރީ ޓެރަސްގައިވެސް ނަމާދު ކުރެވޭނެއެވެ.

 

އިތުރު ފޮޓޯތައް ބައްލަވާ!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *