“އުޚްތުންނަށް ޙާއްސަ ދަރުހެއް މިއަދު ހަވީރު ލާލެ ސްކޫލްގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އަންހެން ބޭކަނބަލުންނަށް ޙާއްޞަކޮށް ބާއްވާ މިދަރުސް އޮންނާނީ 22 ޖޫން 2012 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ހުޅުމާލޭ ލާލޭ ސްކޫލުގައެވެ. ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި މިދަރުސް ދެއްވާނީ އުސްތާޒާ ޢަނާރާ ނަޢީމް ކަމަށާއި މިދަރުސްގެ މައުޟޫއަކީ "ކާމިޔާބު ހޯދުމަށްޓަކައި" އެވެ.
އަންހެން ބޭފުޅުންކޮޅެއް އިސްނަގައިގެން ބާއްވާ މިދަރުސް ރޭޑީއޯ އެޓޯލްއިން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

















އަނާރާގެ ދަރުސްތައް ވަރަށްމޮޅު. އަންހެން ކަނބަލުންނަށް މިފަދަ ދަރުސްތައް ވީހާވެސް ގިނައިން ގެނެސްދިނުން އެދެން. އަނާރާއަށް ބައްޖަވެރި ދުވަސްތަކެއް ﷲ މިންވަރު ކުރައްވާށި…
ފިރިހެން ބޭފުޅުންނަށް މިދަރުސްތަކުން ފައިދާ ކުރުމަށް ޓްރާންސްކްރިޕްޓެއް ނުވަތަ އޯޑިޔޯ ފައިލެއް މިސައިޓަށް އަޕްލޯޑުކުރުމީ ވަރަށް ރަގަޅު ޚިޔާލެއް ކަމަށް އަޅުގަނޑު ދެކެން.