އަންހެނުންނަށް ހާއްސަކޮށްގެން "ދީނީ ސުވާލާއި ޖަވާބު" ސެޝަނެއް ހޮނިހިރު ދުވަހުގެ ރޭ ބާއްވާގޮތައް ހަމަޖައްސައިފިއެވެ.
ދަރުސް އިންތިޒާމް ކުރާ ފަރާތަކުން ދިއިސްލާމްއަށް މަޢުލޫމާތު ދެއްވި ގޮތުގައި "މި ސެޝަންގައި ހުރިހައި މައުލޫތަކަކަށް އަލިއަޅުވަލައިގެން ދީނީ ސުވާލާއި ޖަވާބުދިނުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައިވާ"ކަމަށެވެ. އަންހެން ކަނބަލުންތަކެއް އިސްނަގައިގެން އިންތިޒާމްކުރާ "މިސެޝަން އޮންނާނީ 16 ޖޫން 2012 ވާ ހޮނިހިރު ދުވަހުގެ ރޭ 8.30 ގައި ޒުވާނުންގެ މަރުކަޒުގެ ސެމިނާރ ރޫމްގައި ކަމަށާއި ސުވާލުތަކަށް ޖަވާބުދެއްވާނީ އައްޝައިހް ހަސަން މޫސާ ފިކުރީ"ކަމަށް ދަރުސް އިންތިޒާމް ކުރުމުގެ އިސްކޮށް އުޅުއްވާ އަންހެން ބޭކަނބަލަކު ހާމަކުރިއެވެ.
މި ދީނީ ސުވާލާއި ޖަވާބު ސެޝަންއަށް ވީހާވެސް ގިނަ އަންހެން ބޭކަނބަލުން ވަޑައިގަތުމަށް އިންތިޒާމް ކުރާ ފަރާތްތަކުން އެދިލައްވައެވެ.

















ޚިޔާލު