އެމްޑީޕީ އިން ސިހުރު ހަދާ ކަމަށް ވިދާޅުވެ، އެކަންކުރާ މީހުން ހައްޔަރުކޮށް ހަރުކަށި އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލައިފިއެވެ.
އިއްޔެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޚްލޫފް ވިދާޅުވީ "އެމްޑީޕީ އިން ސިހުރު ހަދާ ކަމަށާއި އެކަންކުރާ މީހުން ހައްޔަރުކޮށް ހަރުކަށި އަދަބު ދޭންޖެހޭނެ"ކަމަށެވެ. މަޚުލޫފު ވިދާޅުވީ "އަޅުގަނޑު މިއަދު ދިވެހި ސަރުކާރަށް ގޮވާލަން ބޭނުން ދިވެހި ރައްޔިތުން މަރައި، ދިވެހި ރައްޔިތުންނަށް ދެރަގޮތް ހަދައި، ރައްޔިތުންނަށް ބަލި ޖެއްސުމަށް ޓަކައި އެމްޑީޕީން މިއަދު ހަދާ ސިހުރުތައް ބަލައި އެކަންކުރާ މީހުން ހިފައި ހައްޔަރުކޮށް، އެމީހުންނަށް ދޭންޖެހޭ އެންމެ ހަރުކަށި އަދަބު ދިނުމަށް،" ކަމަށެވެ. މަޚްލޫފް ގެ އިތުރުން ރައްޔިތުންގެ މަޖްލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމް މުއްޠަލިބު ވެސް ވަނީ އެމްޑީޕީން ސިހުރު ހަދަމުންދާކަމަށް ވިދާޅުވެ އެކަމަށް ފާޑު ވިދާޅުވެފައެވެ. "ކަނޑަށް ފާލަން އަޅައިގެން މާ ބަހައްޓައިގެން ކިޔެވުމަކީ ތާރީހުގައި ރާއްޖެ ދުށް ކަންތައްތަކެއް. މިއަދު ވެސް އެމީހުން (އެމްޑީޕީ)ން އެކަން އެކުރަނީ އެތައް ބަޔަކު މެރުމަށް ޓަކައި. އެތައް ބަޔަކު ނައްތާލުމަށް ޓަކައި. ރައީސް ނަޝީދު ކުރިން ވިދާޅުވެފަ ވަނީ ރާއްޖޭގެ ތާރީހު އިއާދަކޮށްދޭ ނަމޭ،" މުއްޠަލިބު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، އެމްޑީޕީގެ އެކްޓިވިސްޓަކު ސިހުރު ހަދާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަކަމަށް އެ ޕާރޓީން ހާމަކޮށްފައިވެއެވެ.

















advertisment
އަދަބު ދޭން މާ ލަސްވެސް ވެއްޖެ. އެއޮތީ މަގުމަތީގައި އެންމެނަށް ފެންނަގޮތަށް އެކަން ކޮށްފައި. އިތުރު ހެއްކާއި ޤަރީނާއެއް ބޭނުމެއް ނުވޭ. ހަމަ ވަގުތުން މިހާރު ޝަރީޢަތުގައި ކަނޑައެޅިފައިވާ ޢުޤޫބާތް ތަންފީޒު ކުރަންޖެހޭނެ. މިބައިގަޑުގެ ކިބައިން ސަލާމަތްވާން އެބަޖެހޭ. ކުރިއަތް އޮތް ޖީލަށްޓަކައިވެސް އެންމެހައި ލާދީނީ ކަންތަކުން މިޤައުމު ސާފުވާންޖެހޭނެ. އެކަމުގެ ޒިންމާ ނަންގަވަންޖެހޭ ފަރާތްތަކަށް ގޮވާލަން!