ރާއްޖޭގެ ޚަބަރު

މިވަގުތަށް އެންމެ ރަނގަޅުގޮތަކީ ހުރިހާ ސިޔާސީ ފަރާތްތަކުން އެކުވެގެން ގޮތްތަކެއް ނިންމުން: ޑރ. ޑީޑީ

ފޮޓޯ: މައުރޫފް ޚަލީލު

ފޮޓޯ: މައުރޫފް ޚަލީލު

ރާއްޖޭގެ ސިޔާސީ މަސްރަޙަށް ޙައްލެއް ހޯދުމުގައި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ހުރިހާ ސިޔާސީ ޕާރޓީ ތަކެއް އެއްމޭޒެއްގެ ދޮށުގައި އިށީނދެ ގޮތްތަކެއް ނިންމުން ކަމަށް ދެކިވަޑައިގަންނަވާކަމަށް އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ދިއިސްލާމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ މިހާރު ދިމާވެފައިމިވާ ޙާލަތަށް އެންމެ މުހިއްމީ ޞުލްޙަވެރި ޙައްލެއްކަމަށާ އެއީ ހުރިހާ ސިޔާސީ ފަރާތްތަކުން މަޝްވަރާކޮށްގެން ނިންމާ ނިންމުމަކަށްވުން ވަރަށް މުހިއްމު ކަމަށެވެ. ޑރ. ދީދީ ފާހަގަކުރެއްވިގޮތުގައި އދ. އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެނާންޑޭޒްވެސްވަނީ އެމަނިކުފާނާ ބައްދަލުކުރައްވާ އެގޮތަށް ލަފާދެއްވާފައެވެ. އޭގެ އިތުރުން، މިވަގުތު ރާއްޖެއަށް ދިމާވެފައިވާ ޙާލަތަށް ޞުލްޙަވެރި ޙައްލެއް ހޯދުމަށްޓަކައި ތިންކަމެއް ޑރ. ދީދީ ފާހަގަކުރައްވާފައިވެއެވެ. އެއީ، ސަރުކާރުގެ ކަންކަން ކުރިއަށްގެންދިއުމުގައި ހުރިހާ ޕާރޓީތަކުން ވާހަކަދައްކައިގެން ގޮތްތަކެއް ހަމަޖެއްސުމާ، ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމުގެ ކުރިން ސިފައިންގެ ތެރޭގައި ހިނގާފައިވާ ކަންކަން އިންޞާފުވެރިކޮށް ތަޙްގީގު ކުރުމާ އަދި އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމެވެ. ޑރ. އިބްރާހީމް ދީދީ ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި މިކަންކަން ނިންމަންޖެހޭނީ ހުރިހާ ސިޔާސީ ފާރަތްތަކުގެ މެދުގައި މަޝްވަރާކުރެވިގެން އެއްބަސްވެވޭ ގޮތެއްގެ މައްޗަށެވެ. އަދި މެދު ޓާރމް އިންތިޚާބެއް ބާއްވާނީތޯ ނުވަތަ ދެންބާއްވާ އިންތިޚާބަކީ ދެހާސްތޭރައިގެ އިންތިޚާބުތޯ ކަންޑައެޅުން ބުއްދިވެރީ މިފަދަ މަޝްވަރާތަކެއްގައި އެއްބަސްވެވޭގޮތަކަށެވެ.

މިހާރު އަލަށް އުފެދިފައިވާ ޑރ. ވަޙީދުގެ ސަރުކާރަކީ ބަޣާވާތެއް ގެނެސްގެން އުފައްދާފައިވާ ބާޣީ ސަރުކާރެއްކަމަށް އެމްޑީޕީގެ ބައެއްފަރާތް ބުނަމުންގެންދާތީ މިސަރުކާރުގެ ޝަރުޢީ ޙައިސިއްޔަތާމެދު ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ ދެންނެވެމުން އެނިކުފާނު ވިދާޅުވީ އެކަމުގައި ސީދާ ގޮތެއް ކަނޑައެޅޭނީ ކުރިން އިޝާރާތްކުރެއްވިފަދައިން، ހަތްވަނަދުވަހުގެ ޙާދިސާގެ އިންޞާފުވެރި ތަޙުގީގަކަށްފަހުގައެވެ.

ގުޅުންހުރި

5 ޚިޔާލު

  1. އެމްޑީޕީގަ ތިބި މިކަހަލަ މަދު ހަރުދަނާ މީހުންގެ ބަސްނުވިކޭތީ ދެރައީ.

  2. މިހެން ވިދާޅުވެފަ އަނެއް ފަރާތަށް އެނބުރިވަޑައިގެންނެވުމުގެ ވެސް ކުރީން އޭގެ ދިމާ އިދިކޮޅަށް އެއްޗެއް ވިދާޅުވާނެއެވެ. ޚުދު ޑީޑީ ނުވަތަ ޑީޑީ އެބަޔަކަށް ނިސްބަތްވެވަޑައިގަންނަވާކަމަށް ވިދާޅުވާ އެމް.ޑީ■.ޕީ. އިން، ތިބޭފުޅުން ތިވިދާޅުވާ ބަހުގެ ދޮގުކަން ޢަމަލުން ދައްކަވާނެއެވެ. ދެންވެސް ޤަބޫލުކުރަންވީތޯއެވެ؟
    މާފާއެކު ދަންނަވަންޖެހެނީ އެމް.ޑީ.■ޕީ. ގެ އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުން ދޮގުހެއްދެވުމުގައި ހައްދުފަހަނަޅައި ދިއުމުގެ ސަބަބުން ތިހެން ވިދާޅުވާ ބަސްފުޅަކަށް ކުރާނެ އިތުބާރެއް ނެތެވެ.
    ނިންމާލުމުގެ ކުރިން ވާޖިބެއް ފުރިހަމަ ކޮށްލާނަމެވެ. (ހެޔޮ ކަންތަކަށް ގޮވާލުމަކީ ވާޖިބެއް ދެއްތޯއެވެ؟) ތި ބޭފުޅުންގެ ދޮގުތަކުން މުޖުތަމަޢު ފަސާދަކުރުން ހުއްޓާލައްވާށެވެ. އެކަމުގައި ދެމިނުތިއްބަވާށެވެ. މާތްﷲ ފަސާދަކުރާ މީހުން ދެކެ ލޯބިވެވޮޑިގެން ނުވެއެވެ.

  3. އޭ މީ ހާދަ ހަމަޖެހޭ މީހެކޭ!

  4. ބަސްނުވިކޭ އޮޑިން ފައިބާން އަޅުގަޑަށް ފެންނަނީ…

  5. ސާބަސް ޑރ. ޑީޑީ ތިހެން ތިއްބަވާނީ ޤައުމަށް ވަފާތެރި ދަރިން…. ތިޔައީ އެމް.ޑީ.ޕީ ވެސް ބޭނުންވާނެ ގޮތްކަމާއި މެދަކު ޝައްކެއް ނެތް…. އެހެން ނޫނަސް ތިޔައީ ޕާރޓީގެ ރައީސް، ޕާޓީގެ ގިނަ މެމްބަރުންގެ ތާއީދު ލިބިގެން ހޮވިވަޑައިގެން ހުންނެވި އިރު ތިޔަފަދަ ބަސް ބުނެވެން ޖެހޭނެ… ޕާޓީގެ ތިން ހަތަރުމީހެއްގެ އަމިއްލަ މަސްލަހަތތަށް ކޮންމެހެން ޕާޓީ ހަލާކު ކޮށްލާކަށް ނުޖެހޭނެއެވެ.

Your email address will not be published. Required fields are marked *