ރާއްޖޭގެ ޚަބަރު މިވަގުތަށް އެންމެ ރަނގަޅުގޮތަކީ ހުރިހާ ސިޔާސީ ފަރާތްތަކުން އެކުވެގެން ގޮތްތަކެއް ނިންމުން: ޑރ. ޑީޑީ

މިވަގުތަށް އެންމެ ރަނގަޅުގޮތަކީ ހުރިހާ ސިޔާސީ ފަރާތްތަކުން އެކުވެގެން ގޮތްތަކެއް ނިންމުން: ޑރ. ޑީޑީ

މިވަގުތަށް އެންމެ ރަނގަޅުގޮތަކީ ހުރިހާ ސިޔާސީ ފަރާތްތަކުން އެކުވެގެން ގޮތްތަކެއް ނިންމުން: ޑރ. ޑީޑީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: މައުރޫފް ޚަލީލު

ރާއްޖޭގެ ސިޔާސީ މަސްރަޙަށް ޙައްލެއް ހޯދުމުގައި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ހުރިހާ ސިޔާސީ ޕާރޓީ ތަކެއް އެއްމޭޒެއްގެ ދޮށުގައި އިށީނދެ ގޮތްތަކެއް ނިންމުން ކަމަށް ދެކިވަޑައިގަންނަވާކަމަށް އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ދިއިސްލާމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ މިހާރު ދިމާވެފައިމިވާ ޙާލަތަށް އެންމެ މުހިއްމީ ޞުލްޙަވެރި ޙައްލެއްކަމަށާ އެއީ ހުރިހާ ސިޔާސީ ފަރާތްތަކުން މަޝްވަރާކޮށްގެން ނިންމާ ނިންމުމަކަށްވުން ވަރަށް މުހިއްމު ކަމަށެވެ. ޑރ. ދީދީ ފާހަގަކުރެއްވިގޮތުގައި އދ. އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެނާންޑޭޒްވެސްވަނީ އެމަނިކުފާނާ ބައްދަލުކުރައްވާ އެގޮތަށް ލަފާދެއްވާފައެވެ. އޭގެ އިތުރުން، މިވަގުތު ރާއްޖެއަށް ދިމާވެފައިވާ ޙާލަތަށް ޞުލްޙަވެރި ޙައްލެއް ހޯދުމަށްޓަކައި ތިންކަމެއް ޑރ. ދީދީ ފާހަގަކުރައްވާފައިވެއެވެ. އެއީ، ސަރުކާރުގެ ކަންކަން ކުރިއަށްގެންދިއުމުގައި ހުރިހާ ޕާރޓީތަކުން ވާހަކަދައްކައިގެން ގޮތްތަކެއް ހަމަޖެއްސުމާ، ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމުގެ ކުރިން ސިފައިންގެ ތެރޭގައި ހިނގާފައިވާ ކަންކަން އިންޞާފުވެރިކޮށް ތަޙްގީގު ކުރުމާ އަދި އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމެވެ. ޑރ. އިބްރާހީމް ދީދީ ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި މިކަންކަން ނިންމަންޖެހޭނީ ހުރިހާ ސިޔާސީ ފާރަތްތަކުގެ މެދުގައި މަޝްވަރާކުރެވިގެން އެއްބަސްވެވޭ ގޮތެއްގެ މައްޗަށެވެ. އަދި މެދު ޓާރމް އިންތިޚާބެއް ބާއްވާނީތޯ ނުވަތަ ދެންބާއްވާ އިންތިޚާބަކީ ދެހާސްތޭރައިގެ އިންތިޚާބުތޯ ކަންޑައެޅުން ބުއްދިވެރީ މިފަދަ މަޝްވަރާތަކެއްގައި އެއްބަސްވެވޭގޮތަކަށެވެ.

މިހާރު އަލަށް އުފެދިފައިވާ ޑރ. ވަޙީދުގެ ސަރުކާރަކީ ބަޣާވާތެއް ގެނެސްގެން އުފައްދާފައިވާ ބާޣީ ސަރުކާރެއްކަމަށް އެމްޑީޕީގެ ބައެއްފަރާތް ބުނަމުންގެންދާތީ މިސަރުކާރުގެ ޝަރުޢީ ޙައިސިއްޔަތާމެދު ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ ދެންނެވެމުން އެނިކުފާނު ވިދާޅުވީ އެކަމުގައި ސީދާ ގޮތެއް ކަނޑައެޅޭނީ ކުރިން އިޝާރާތްކުރެއްވިފަދައިން، ހަތްވަނަދުވަހުގެ ޙާދިސާގެ އިންޞާފުވެރި ތަޙުގީގަކަށްފަހުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.