އިސްލާމްދީނުގެ އަސާސްތައް ފުހެލުމަށް ރާވަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފުން ގޮވާލައިފިއެވެ.
ޖަމްޢިއްޔަތުއްސަލަފުން ދާދި މިއަދު ނެރުނު ބަޔާނުގައިވަނީ "ދިވެހިރާއްޖޭގައި އިސްލާމްދީން ޙިމާޔަތްކޮށް އިސްލާމުންނަށް ބާރު ލިބިދިނުމަށް ޚާއްޞަޤާނޫނެއް ހެދިފައި އޮތުމަކީ ރާއްޖޭގައި ކަންހިގަމުންމިދާ ގޮތުން ކޮންމެހެން ލާޒިމްކުރުވާ ކަމެއްކަމުގައާއި މިކަން 13 ޑިސެމްބަރ 2009 ގައި އިސްލާމިކް މިނިސްޓަރ އަށް ޖަމްޢިއްޔަތުއްސަލަފުން ފޮނުވި (رقم: 1430/L/077) ސިޓީގައިވެސް ބަޔާންކޮށްފައިވާނެ"ކަމަށެވެ. އަދި "ވެހިރާއްޖެފަދަ އިސްލާމީ ދަޥުލަތެއްގައި އިސްލާމްދީން ޙިމާޔަތްކޮށް ދިފާޢުކުރުމުގެ ޤާނޫނެއް އޮތުމަކީ ކޮންމެހެން ލާޒިމް ކަމެއްކަމުގައި އަޅުގަނޑުމެން ދެކޭ."ކަމަށެވެ.
އެޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައި ވަނީ، "އިސްލާމްދީނުގެ ނަމުގައި އިސްލާމްދީން ހަލާކު ކުރަން އުފައްދާފައިވާ ބައެއް ޖަމާޢަތްތަކާއި، ވަކިވަކި މީސްމީހުން ރާއްޖޭގައި ހެދިފައިވާ އުޞޫލުތަކާ ޚިލާފަށް ފޮރިންމިނިސްޓްރީ އާއި ސްރީލަންކާގައި ހުންނަ އެމެރިކަން އެމްބަސީ އާއި ރައީސްއޮފީހުގެ ގުޅުމުގެދަށުން ޚާއްޞަ ހުއްދަދީގެން ދީނީދަންނަބޭކަލުންގެ ލޭބަލްގައި ރާއްޖެގެނެސް އިސްލާމިކްމިނިސްޓްރީ ގެތެރެއިން ފުރުޞަތުދެއްވައި އެމީހުންގެ ނަން ރާއްޖޭގެ ރައްޔިތުންގެ ތެރޭ ތަޢާރަފްކޮށް، ޕްރޮމޯޓުކޮށް، އެމީހުންގެ ވިހަ މީޑިއާގެ ވަޞީލަތްތަކުންނާއި ތަޢުލީމީ ދާއިރާގައި ފަތުރަމުންދާކަން ކަންބޮޑުވުމާއެކު ޖަމްޢިއްޔަތުއްސަލަފުން ފާހަގަ ކުރަމެވެ. މިފަދަކަންކަން ރައްޔިތުންނަށް ފަރުދާވެފައިވާ އިރު ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ފޮރިންމިނިސްޓްރީ އާއި ރައީސްއޮފީހުގެ އިންތިޒާމްގެ ދަށުން އިސްލާމިކް މިނިސްޓްރީ މެދުވެރިވެގެން ގދ.ތިނަދޫގައި ބޭއްވުމަށް ސަރުކާރުން ހާމަކޮށްފައިވާ އިސްލާމިކް ކޮންފަރެންސުގެ ބޮޑުމަންޒަރާމެދު ޖަމްޢިއްޔަތުއްސަލަފަށް ސުވާލު އުފެދޭ"ކަމަށެވެ.

















މިފަދަ ޢަމަލުތައް ކުރާ އަދި ކުރުވަން މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ނިކުމެގެންވެސް މިކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ދިވެއްސެއްގެ ޙައިޘިއްޔަތުން އަޅުގަނޑުއެދޭކަމެކެވެ. އަލުގަނޑުމެން ނެރޭ ނޫސްބަޔާނަކަށް ނުވަތަ ޝާއިޢުކުރާ ލިޔުމަކަށް ނުވަތަ ފޮނުވާ ސިޓީއަކަށް ބަލާނެ ސަރުކާރެއް މިޤައުމުގައިނެތްކަން މިހާރު ކަށަވަރުވެ މިއޮތީ ޔަޤީންވެފަ އެހެން ކަމުން މިކަމަށް ދެން ހައްލެއް ލިބޭނީ މުސްލިމުން މިކަމާދެކޮޅަށް ނިކުމެގެން. ނޫސްބަޔާން ނެރޭމީހުން ނޫސްބަޔާން ނެރެނެރެތިއްބާ އައްޑޫގެ ފަސްގަނޑު އެއޮތީ ބުދުން ތަޣައްޔަރުކޮށްފަ