ދާރުލްއިސްލާމް ފިހާރައިގެ "ހުސްކުރާ ސޭލް" އަޅުވައިފިއެވެ.
ދާރުލްއިސްލާމްގެ އޮފިޝަލަކު ދިއިސްލާމްއަށް މައުލޫމާތު ދެއްވި ގޮތުގައި ދާރުލްއިސްލާމް ފިހާރަ ހުސްކުރުމުގެ ގޮތުން ވަރަށް އަގުހެޔޮ ސާމާނުތައް ވިއްކަމުންދާކަމަށެވެ. "ދާރުސްއިސްލާމް ފިހާރަ ހުސްކުރުމުގެ ގޮތުން އަޅުގަނޑުމެން މިދަނީ ވަރަށް އަގުހެޔޮކޮށް ސާމާނުތައް ވިއްކަމުން. އެގޮތުން ގިނައިން ނަގާ ފަރާތްތަކަށްވެސް އަގު ހެޔޮކުރަމުން މިދަނީ." ދާރުސްއިސްލާމްއިން ހާމަކުރިއެވެ. ދާރުލްއިސްލާމްއިން ވިއްކާ ސާމާނުތަކުގެ ތެރޭގައި ޤުރުއާން، ކަޅުހެދުން (އަބާޔާ)، ތާކިހާ، ކުރުތާ، ބުރުގާ އަދި ފަގުޑި" ހިމެނެއެވެ.
ދާރުލްއިސްލާމް ފިހާރަ ހުސްކުރަނީ ފިހާރަ ބަންދުކުރުމަށްކަމަށް ދިއިސްލާމްއަށް ޚަބަރު ލިބެއެވެ.
ދާރުލްއިސްލާމް ފިހާރައަކީ 'އިސްލާމީވަންތަ' ސާމާނު ވިއްކާ ފިހާރައެކެވެ. އެފިހާރަ ހުންނަނީ މާވެޔޮ މިސްކިތް ކައިރީގައެވެ.
އިތުރު މައުލޫމާތު: 9938899


















މިއީ ވަރަށް ސަޅި އެއްޗެހި ވިއްކާ ފިހާރައެއް.
އަޅުގަނޑުވެސް ބޭނުން މިތަނަށް ދާން. ބުރުގާ އަގޮހެޔޮވި ވާހަކަ އަޑު އަހައިގެން ހުއްޓާ މިޚަބަރު މެފެނުނީ.
ހުސް ކުރަނީޔޭ!!! އަނެއްކާ ބަންދުކުރަންތަ؟