ރާއްޖޭގެ ޚަބަރުދިއިސްލާމް

ސުޢޫދީ ސަރުކާރުން ރާއްޖެއާ މެދު ވަރަށް އޯގާތެރި ގޮތެއް ބަހައްޓަވާ : ނާއިބު ރައީސް

ނާއިބު ރައީސް ޑރ. ވަޙީދު ސަޢޫދީގައި

މައްކާއިން:

ދިވެހި ރާއްޖޭގެ ޙައްޖާޖީންގެ ޙާލު ބައްލަވާ ލެއްވުމަށްޓަކައި ކުރެއްވި ޒިޔާރަތުގެ ތެރެއިން ދިއިސްލާމަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގައި ރާއްޖޭގެ ނާއިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރޭ ވިދާޅުވީ ސުޢޫދީ ސަރުކާރުން ރާއްޖެއާމެދު ވަރަށް އޯގާތެރި ގޮތެއް ބަހައްޓަވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ދިވެހި ޙައްޖާޖީންނަށް އޯގާތެރިކަމާ އެކު ސުޢޫދީ ސަރުކާރުން ކަންތައްތައް ފަހިކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ މީހަކު ފިޔަވައި ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި ހުރިހާ ގުރޫޕެއްގައިވެސް ތަޖުރިބާ ކާރު ޑޮކްޓަރުން ހަރަކާތްތެރިވާ ކަމަށާއި، ޤުރޫޕުތަކުން ކުރައްވާ މަސައްކަތަށް އުފާކުރައްވާ ކަމަށެވެ. މަދު ގުރޫޕެއް ފިޔަވައި ދިވެހި ހުރިހާ ގުރޫޕަތަކަށްވެސް މިއަދު ޒިޔާރަތް ކުރެއްވި ކަމަށާއި، ދިވެހި ގުރޫޕްތަކުގެ ހޮޓާތައް ހުންނަނީ ޙަރަމްފުޅާ ކައިރީގައި ކަމަށާއި، އެހެންކަމުން ޙަރަމްފުޅަށް ދިއުމުގައި ދިވެހި ޙައްޖުވެރިންނަށް މާ ބޮޑު އުދަނގޫތަކެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ފޮޓޯ: ނައިބު ރައީސް ހައްޖު ވެރިންނަަށް ބައްދަލު ކުރެއްވުން – 1432ހ

ޙައްޖަށް ވަޑައިގެން އުޅުއްވަނީ އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިފުޅާއި އަދި އެމަނިކުފާނު ބައްޕަފުޅާއި އަނބިކަނބަލުންގެ މަންމާފުޅު ކަމަށާއި މިއީ ވަރަށް ނާދިރު ފުރުޞަތެއް ކަމަށާއި މި ފަދަ ނިޢުމަތެއް ދެއްވިކަމަށްޓަކައި މާތް ﷲ ގެ ޙަޟްރަތަށް ޙަމްދުކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސުޢޫދީ ސަރުކާރުން ވަރަށް ފުރިހަމަ މެހެމާންދާރީއެއް އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާއަށް ދެއްވާ ކަމަށާއި ސުއޫދީ ސަރުކާރުގެ އިންތިޒާމްތަކަށް ތަޢުރީފު ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު "ދިއިސްލާމް" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގެ ވީޑިއޯ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *