މައްކާއިން: އަބްދުލް ހާދީ ހުސެއިން
ދިވެހިރާއްޖޭގެ ޙައްޖުވެރިންގެ ޙާލު ބައްލަވާ ލެއްވުމަށް ނާއިބު ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު އާއި އެމަނިކުފާނުގެ އަނބިކަބަލުން އިލްހާމް ޙުސެއިން ޙައްޖުވެރިން ތިބޭ ހޮޓާތަކަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނާއެކު ދިވެހި ޙައްޖު މިޝަނުގެ ރައީސް އައްޝެއިޚް މޫސާ އަންވަރު ޙަސަންއާއި ދިވެހި އެމްބަސީގެ މުސްތަޝާރު އަލްއުސްތާޛު އާދަމް މޫސާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިގޮތުން މިއަދު ހަވީރު އަލްމަނާސިކް ޙައްޖު ގްރޫޕާއި އަލްޚައިރު އަދި ޞަފާ ޙައްޖު ގްރޫޕުގެ ޙައްޖާޖީންގެ ޙާލު ބައްލަވާ ލެއްވިއެވެ. އަދި މިރޭ މަލީޝާ އަދި ސިސިލްފަރު ޙައްޖު ގްރޫޕްގެ ޙައްޖުވެރިންގެ ޙާލު ބައްލަވާލެއްވިއެވެ.
ނާއިބު ރައީސްގެ މި ޒިޔާރަތުގައި ޙައްޖާޖީންގެ ޞިއްޙީ ޙާލަތު ހުރި ގޮތާއި އަދި ގްރޫޕްތަކުގެ އެންމެ ފަހުގެ ތައްޔާރީތަކާބެހޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.
ފޮޓޯ: ނައިބު ރައީސް ހައްޖު ވެރިންނަަށް ބައްދަލު ކުރެއްވުން – 1432ހ

















ޚިޔާލު