ރާއްޖޭގެ ޚަބަރުދިއިސްލާމް

ދިވެހި ޙައްޖު ޖަމާޢަތްތަކުގެ އެންމެ ފަހު ގްރޫޕްތައް މަދީނާއަށް

ސިސިލްފަރު ގްރޫޕުގެ ޙައްޖުވެރިން ޤުބާ މިސްކިތަށް އިއްޔެ ޒިޔާރަތްކުރަނީ

21 އޮކްޓޯބަރ 2011 (ހުކުރު) – މަދީނާ އިން :

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ދިވެހި ޙައްޖުވެރިންގެ ތެރެއިން އަލްބަޓްރަސް ޖަމާޢަތުގެ ޙައްޖުވެރިން އިއްޔެ ހަވީރު މަދީނާއަށް އައިސްފައި ވާއިރު ރޭގަ ޒަޢީމާ ގްރޫޕްގެ ޙައްޖުވެރިންވެސް ވަނީ މަދީނާއަށް އައިސްފައެވެ. އަދި މިއަދު ޞަފާ ޖަމާޢަތުގެ ޙަވާލުގައި އައިސްފައިވާ ޙައްޖުވެރިންވެސް މަދީނާއަށް ޒިޔާރަތް ކުރާނެކަމަށް އެ ޤްރޫޕުންވަނީ މަޢުލޫމާތު ދީފައެވެ. މީގެ އިތުރުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހުރިހާ ދިވެހި ޙައްޖު ޖަމާޢަތްތަކެއްވެސް މަދީނާއަށް ޒިޔާރަތް ކޮށް ނިމޭނެއެވެ.

ބުދަ ދުވަހު މަދީނާއަށް އައި ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިން މިއަދު ހަވީރު މައްކާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިހާރު މަދީނާގައި ތިބި ޙައްޖުވެރިންގެ ތެރެއިން މަނާސިކް އާއި ސިސިލްފަރު ޖަމާއަތުގެ ޙައްޖުވެރިން ވަނީ އިއްޔެ ހަވީރު މަދީނާގެ މުހިއްމުތަންތަން ބަލައިލުމަށް ޒިޔާރަތް ކޮށްފައެވެ.

ފޮޓޯ: ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާގެ ޒިޔާރަތުގައި – 1432ހ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *