ރާއްޖޭގެ ޚަބަރުވިޔަފާރިދިއިސްލާމް

އަމާނާ ތަކާފުލް މޯލްޑިވްސްގެ ޙިއްޞާ ވިއްކުމުގެ ފުރަތަމަ ބުރު ބަންދުކުރަނީ

އަމާނާ ތަކަފުލް މޯލްޑިވްސް އިން ޙިއްޞާ ވިއްކުން ފެށުމުގެ ގޮތުން މިދިޔަ މަހު 20 ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ދިއިސްލާމް ފޮޓޯ / އިސްމާއީލް އަފްރާހް

އަމާނާ ތަކާފުލް މޯލްޑިވްސް އިން ޙިއްޞާ ވިއްކުން ފެށުމުގެ ގޮތުން މިދިޔަ މަހު 20 ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ދިއިސްލާމް ފޮޓޯ / އިސްމާއީލް އަފްރާހް

އިސްލާމީ ޝަރީޢަތާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގައި އިންޝުއަރެންސް (ތަކާފުލް) ޚިދުމަތްދޭ ހަމައެކަނި ކުންފުނި ކަމަށްވާ އަމާނާ ތަކާފުލް މޯލްޑިވްސްގެ ޙިއްޞާ ވިއްކުމުގެ ފުރަތަމަ ބުރު މިމަހު 19 ވާ ބުދަ ދުވަހު ބަންދުކުރާނެ ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

އެ ކުންފުނީގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި މި ބުރުގައި ޙިއްޞާ ގަތުމަށް ހުށަހަޅާ ފޯމް ބަލައިގަންނާނީ ބުދަ ދުވަހުގެ ނިޔަލަށެވެ. އަދި ފުރަތަމަ ބުރުގައި ޙިއްޞާ ވިއްކުމުގެ ފުރުޞަތު މިދިޔަ މަހު 20 ގައި ހުޅުވާލުމުން އާއްމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އެ ކުންފުނިން ނިންމާފައި ވަނީ ފުރަތަމަ ބުރުގައި 800,000 ޙިއްޞާ ވިއްކުމަށެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ވިއްކަން ފަށާފައިވާ މި ޙިއްޞާ ވިއްކަމުން ދަނީ 20 ރުފިޔާގެ މަގުންނެވެ. މިބުރުގައި ހުރިހާ ޙިއްޞާއެއް ވިކިއްޖެނަމަ، ކުންފުނީގެ ރައުސުލްމާލަށް 16 މިލިއަން ރުފިޔާ އިތުރުވެގެން ދާނެ ކަމަށް އެކުންފުނިން އަންދާޒާ ކުރެއެވެ. އެއީ ޙިއްޞާއެއްގެ މޫނުމަތީ އަގު 1.30 ރ. ގެ ހިއްސާއެއް 18.70 ރ. ގެ ޕްރީމިއަމް އަކާ އެކު 20 ރ. ގެ ރޭޓުން ވިއްކައިގެންނެވެ.

ޙިއްޞާ ގަތުމަށް ހުށަހަޅާ ފޯމް ކުންފުނީގެ ވެބްސައިޓް ތަކާފުލް.އެމްވީ އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އަމާނާ ތަކާފުލް މޯލްޑިވްސް އަކީ އަމާނާ ގްލޯބަލްގެ 60.7 އިންސައްތަ ޙިއްޞާވާ އަދި ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެކްސްޕޯ ލަންކާ ހޯލްޑިންގްސްގެ 25 އިންސައްތަ ޙިއްޞާކުރާ ކުންފުންޏެކެވެ. ޢާއްމުންނަށް ޙިއްޞާ ވިއްކުމުގެ ސަބަބުން އަމާނާ ގްލޯބަލްގެ ޙިއްޞާގެ އިންސައްތަ 55.2 އިންސައްތަ އަށް ދަށްވާނެއެވެ. އަމާނާ ތަކަފުލް ވަނީ ލަންކާގެ ސްޓޮކް އެކްސްޗޭންޖްގައި ވެސް ލިސްޓް ކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *