"ޙިއްސާ ބައްލަވައިގަންނަ ފަރާތްތަކަށް މި ވިޔަފާރީގެ ޙަލާލު ފައިދާ ބަހާލެވިގެންދާނެ." ކަމަށް އަމާނަތަކާފުލްއިން ހާމަކޮށްފިއެވެ.
ދިއިސްލާމްއަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައި އަމާނަތަކާފުލްގެ ޖެނެރަލް މެނޭޖާރ ހަރީޒް ސުލައިމާން ވިދާޅުވީ، "އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހި ރާއްޖޭގައި މިދަނީ ދުވަހެއް ދުވަހަކަށް ދީނީ ހޭލުންތެރިކަން އިތުރުވަމުން. ދިވެހިންނަކަށް ނެތް ޝަރީޢަތާ އެއްގޮތަށް ޢަމަލުކުރާ ގިނަ ވިޔަފާރިއެއްގައި ބައިވެރިވެވޭނެ ފުރުޞަތެއް." އެހެންކަމުން "އަޅުގަނޑުމެން ދިވެހިންނަށް މި ގެނެސްދެނީ އެފަދަ ފުރުޞަތެއް. އެހެންކަމުން ޙިއްސާ ބައްލަވައިގަންނަ ފަރާތްތަކަށް މި ވިޔަފާރީގެ ޙަލާލު ފައިދާ ބަހާލެވިގެންދާނެ. އަޅުގަނޑުމެންގެ ވިޔަފާރިއަށް ދިވެހިރާއްޖޭގައި ލިބޭ ތަރުޙީބު ބޮޑުވެގެންދާތީ، ދެންނެވެން އޮތީ މުސްތަޤްބަލުގައި މިކަމުން އިތުރު ފައިދާތައް ލިބިގެން ދާނޭކަމަށް." ކަމަށެވެ.
މިހާރު ޙިއްސާ ވިއްކާ ކުންފުނިތަކާ އަމާނާ ތަކާފުލްއާ ތަފާތުވާނީ ކޮން ގޮތްގޮތަކަށްތޯ، ދިއިސްލާމް އިން ކުރި ސުވާލަށް ހަރީޒް ވިދާޅުވީ، " މިހާތަނަށް ދިވެހި ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ޙިއްސާ ވިއްކާ ކުންފުނިތަކާ ޚިލާފަށް އަޅުގަނޑުމެންނަކީ ދިވެހިންނަށް ޙިއްސާ ވިއްކަން ފަށާ ކުންފުނިތަކުގެ ތެރެއިން ސަރުކާރުގެ ކުންފުންޏަކަށް ނުވާ ހަމައެކަނި ކުންފުނި. މާނައަކީ ސަރުކާރުގެ ޙިއްސާއެއް ނެތި ޕަބްލިކް ކުންފުންޏަކަށް ބަދަލުވާ ފުރަތަމަ ޕްރައިވެޓް ލިމިޓެޑް ކުންފުނި" ކަމަށެވެ.
އިސްލާމީ ޝަރީޢަތާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގައި އިންޝުއަރެންސް (ތަކާފުލް) ޚިދުމަތްދޭ ހަމައެކަނި ކުންފުނި ކަމަށްވާ އަމާނާ ތަކާފުލް މޯލްޑިވްސް އިން އިއްޔެ ހިއްސާ ވިއްކަން ފަށައިފައިވާއިރު މިބުރުގައި 800,000 ޙިއްޞާ ވިއްކުމަށް ނިންމާފައި ވެއެވެ. ހިއްސާ ވިއްކުމަށް ހަމަޖެހިފައި ވަނީ 20 ރުފިޔާގެ މަގުންނެވެ. އެކުންފުނިން ހިއްސާ ވިއްކަން ފަށާފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ. މިބުރުގައި ހުރިހާ ޙިއްޞާއެއް ވިކިއްޖެނަމަ، ކުންފުނީގެ ރައުސުލްމާލަށް 16 މިލިއަން ރުފިޔާ އިތުރުވެގެން ދާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެއީ ހިއްސާއެއްގެ މޫނުމަތީ އަގު 1.30 ރ. ގެ ހިއްސާއެއް 18.70 ރ. ގެ ޕްރީމިއަމް އަކާ އެކު 20 ރ. ގެ ރޭޓުން ވިއްކައިގެންނެވެ.
ހިއްސާ ގަތުމަށް ހުށަހަޅާ ފޯމް ކުންފުނީގެ ވެބްސައިޓް ތަކާފުލް.އެމްވީ އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ޕޯސްޓްގެ ޚިދުމަތް މެދުވެރިކޮށް ފޯމް ބަލައިގަންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
















މިއީ ރަނުގެ ފުރުސަތެއް
އެހެންވިއްޔާ މަވެސް ގަންނާން.
މިމީހުން ޕްރޮމޯޓް ކުރުމަށް ދިއިސްލާމް ތިކުރާ ހިތްވަރަށް ސާބަސް. އިސްލާމީ ވަންތަ މީހުން ޕްރޮމޯޓް ކުރަން ވާނެ.
އަމާނަތަކާފުލް އިސް ބެސްޓް
މަވެސް ގަނެފިން މަގޭ ދަރިއަށް