ރާއްޖޭގެ ޚަބަރުދިއިސްލާމް

ދީނީ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފޭސްބުކްގައި ގްރޫޕެއް އުފައްދަވައިފި

ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު - ދިއިސްލާމް ފައިލް ފޮޓޯ

ޒުވާނުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދައިދިނުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި މިހާރު ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފޭސްބުކްގައި ގްރޫޕެއް އުފައްދަވައިފިއެވެ.

ރޭ ހުޅުވި މި ގްރޫޕާއި ބެހޭ ގޮތުން ޝައިޚް ޝަހީމް ވިދާޅުވީ ގްރޫޕް މެދުވެރިކޮށް ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން ދީނީ، އިޖްތިމާޢީ، އިޤްތިޞާދީ ކަންކަމުގެ މަޝްވަރާ އާއި ލަފާ ދިނުން ވަޤުތު ލިބިލައްވާ ވަރަކުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

"މި ގްރޫޕް މެދުވެރިކޮށް ކޮންމެ ސުވާލެއް ވެސް ކުރެވޭނެ. ދީނީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި މަޝްވަރާ އާއި ލަފާ ދީނީ ނަޒަރަކުން ދެވޭނެ ވާހަކަ ދަންނަވަން. ވަޤުތު ވީ މިންވަރަކުން އަޅުގަނޑު މި ވާޖިބް ޢަދާކުރެވޭތޯ ބަލާނަން އިންޝާ ﷲ" އެ ގްރޫޕް އުފެއްދެވުމަށް ފަހު ޝައިޚް ޝަހީމް ގްރޫޕްގައި ލިޔުއްވާފައިވެއެވެ.

"ސުވާލާއި ޖަވާބު ވިތް ޝަހީމް"  ފޭސްބުކް ގްރޫޕް

ގުޅުންހުރި

4 ޚިޔާލު

  1. ވަރަށް ރަގަޅު ކަމެއް. ޝުކުރިއްޔާ

  2. ތީވަރަށް ރަނގަޅު ކަމެެެެެއް . ދިީނިީ ސުޥާލު ތަކައް ޖަވާބު ޙޯދުމައާް ތިއުފެއެްެދި ގުރޫޕު ވަރަށް ރަނގަޅު،

  3. މިގުރޫޕުގެ ނަމަކެެ ކޮބަާ؟

  4. ގުރޫޕް ގެ ނަމަކީ ” ފިތުނައިގެ މައްޗައް ފިތުނަ ” އެންމެ ގުޅޭ އެންމެ އެކަށޭނެ ނަން

Your email address will not be published. Required fields are marked *