ރާއްޖޭގެ ޚަބަރު

ފޮނަދޫގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހައްދުންމަތީ ފޮނަދޫގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަހެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފޮނަދޫއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވުނު މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ.

މި ރަސްމިއްޔާތުގައި ފޮނަދޫ ކައުންސިލްގެ ރައީސްގެ އިތުރުން، ފޮނަދޫ ދާއިރާގެ މެމްބަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި މުހިންމު މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައެވެ.

ފޮނަދޫގައި އައިޔޫއެމްގެ ކެމްޕަހެއް ޤާއިމްކުރުމުން، އެ ސަރަހައްދުގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރުވެގެންދާނެއެވެ. އަދި މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން މަތީ ތަޢުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބިންގަލެއް ކަމުގައި ވެގެންދާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *