ތިމާ އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ހަދުމަށް އިނގިރޭސިވިލާތުގެ ޢިލްމުވެރިޔާ ޔާސްމީން މޮގަހިދް ވިދާޅުވެއްޖެއެވެ.
ޔާސްމީންމީގެއިތުރުންވިދާޅުވެފައިވަނީ ތަނަވަސްކަން ގެއްލުނު ނަމަވެސް އަދި ކޮންމެ މީހަކު ތިމާ އާއި ވަކިވިނަމަވެސް، ތިމާ ދޫކޮށްލާފައި ދިއަ ނަމަވެސް އެވަރަށް މާޔޫސްވާކަށް ނުޖެހޭނެ ކަމަށާއި ކެތްތެރިވުމުގެ ބާރު ތިމާއަށް ދެއްވަވާނެއެވެ. އަދި ލޯބިވެރިޔާ ވަކިވިނަމަވެސް ކައިވެނި ރޫޅުނު ނަމަވެސް އެމީހަކަށް އަލުން އެހެން މީހަކާއިއެކު ދުނިޔޭގައި އުޅުމުގެ ހިތްވަރު ﷲ ތައާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ
އަންތބަކަށް ވެވުމުގެ ކުރިންވެސް އަދި ފަހުންވެސް، މަންމައަކަށް ނުވަތަ ބައްޕައަކަސް ވެވުމުގެ ކުރިންވެސް އަދި ފަހުންވެސް ތިމާ އެންމެ ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ނުހެދޭނަމަ އެއީ ރަނގަޅު ބިންގަލެއް ނޫނެވެ. އެހެނީ ޙަޔާތުގެ އެންމެ ރަނގަޅު އަދި އެންމެ ވަރުގަދަ، އަދި އެންމެ ހަރުދަނާ ބިންގަލަކީ އެމީހަކު އެންމެ ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ހެދުމެވެ.
އިންސާނުންގެ ދިރިއުޅުމަށް އެންމެ ބޮޑު ހީނަރުކަމެއް އަންނަނީ އަދި އެންމެ ބޮޑަށް މާޔޫސްވެ ކަންބޮޑުވަނީވެސް އެމީހަކު އެންމެ ލޯބިވާ މީހަކު އެމީހަކަށް ގެއްލުމުން ކަމަށާއި ނުވަތަ އެމީހަކު އެންމެ ލޯބިވާ އެއްޗެއް އެމީހަކަށް ގެއްލުމުންކަމަށެވެ. މިގޮތުން ބަލާއިރު އެއްބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ތަނަވަސްކަން ގެއްލުމުން ކަަމަށެވެ. އަނެއްބައަކު އެންމެ ލޯބިވާ މީހާ، ފިރިމީހާ، އަނބިމީހާ ނުވަތަ ދަރިން އެމީހަކާއި ވަކިވެދިއުމުން ކަަމށްވެސް ވިދާޅުވެފައިވެއެވެ.
މިއީ ވަރަށް ނުބައި ވިސްނުމެއް ކަމަށެވެ. މިހެން މިވަނީ އެއްވެސް މީހަކު އަޅުވެތިވެގެން ނުވާނެ ފަރާތަކަށް ލޯބީގެ ނަމުގައި އަޅުވެތިވެވޭތީ ކަމަށެވެ. މިބަސް ބައެއް މީހުންނަށް ކަމުނުގޮސްފާނެއެވެ. ނަމަވެސް ޙަޤީޤަތަކީ މިއީއެވެ.
ވިސްނައިލާށެވެ! ފައިސާވެރިކަން ގެއްލުމުން އެއީ އެންމެ ބޮޑު މައްސަލަކަމަށް އެވަނީ ފައިސާދެކެ އެންމެ ބޮޑަށް ލޯބިވެވޭތީއެވެ. އަނބިމީހާ، ފިރިމީހާ، ނުވަތަ ދަރިން ނުވަތަ އެނޫންވެސް މީހަކު ވަކިވެ ދިއުމުން އެހައި ބޮޑު މާޔޫސްކަމެއްގެ ތެރެއަށް ވެއްޓިގެން އެދަނީ އެމީހަކު އެންމެ ލޯބިވާ ފަރާތަކީ އެއީ ކަމުގައިވާތީއެވެ.
ޚިޔާލު