ޢަޤްދެއް ކުރުމަށްފަހު އޭގައި ހިމެނޭ ޝަރުޠުތަކަށް ކިޔަމަންނުވާނަމަ އެޢަޤްދެއް ރޫޅުމަށް މަގުފަހިވާކަމަށް އައްޝައިޚް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝެއިޚް ސަމީރު މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ޢަޤްދެއް ކުރުމަށްފަހު އެ ޢަޤްދެއްގައި ހިމެނޭ ޝަރުޠުތަކާއި ކިޔަމަންތެރި ނުވުމާއި، އެޢަޤްދުގެ ތެރޭގައި ޙާޞިލްވާންޖެހޭ މަޤްޞަދު ޙާޞިލުނުވާނަމަ އެ ޢަޤްދު ރޫޅެންޖެހެއެވެ. އެގޮތުން ކައިވެނީގެ މުހިއްމުކަމާއި އޭގެ ޚާއްޞިއްޔަތު ކޮންމެހެން އިނގުމަކީ ޢަޤްދުގައި ތިބި ފަރާތްތަކަށް ކޮންމެހެން ލާޒިމް ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަޅުގަނޑުމެން ވިޔަފާރީގެ ޢަޤްދަކަށް ވަންނަ ކަމުގައިވާނަަމަ އޭގެ އެގްރީމެންޓެއްގައި ސޮއެ ކުރާނެއެވެ. އަދި މި އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ވަކި ވަކި ނުކުތާތަށް މި އެއްބަސްވުމުގައި ހިމެނޭ ހުރިހާ ފަަރާތަކަށްވެސް އިނގިގެން ދާނެއެވެ. އަދި ހަަމަ އެހެންމެ މިސާލަކަށް އަޅުގަނޑުމެން ވިޔަފާރީގެ މުޢާމަލާތެއް ކުރާނަމަ އެ ވިއްކާ އެއްޗެއް ނުވަތަ މުދާ އަޅުގަނޑުމެންނަށް މިލްކުވެގެން ދާނެއެވެ. އަގު ވިއްކާ މީހާއަށް މިލްކުވެގެން ދާނެއެވެ.
އަދި ހަމަ އެހެންމެ ކައިވެންޏެއްގައިވެސް ފިރިހެން މީހާގެވެސް އަދި އަންހެެންމީހާގެވެސް ވަރަށް ގިނަ ޒިންމާތައް ހުންނާނެކަމެވެ. އަދި މިފަދަ ޒިންމާތައް ފިރިހެން މީހާއަށްވެސް އަދި އަންހެންމީހާއަށް ވެސް އިނގެން ޖެހޭކަމެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ ދެމަފިރީންގެ ޙަޔާތް ހެޔޮގޮތުގައި ކުރިއަށް ދާނީ ކައިވެނީގެ ޙައްޤުތަކާއި ޒިންމާތައް ދެފަރާތައް އިނގިގެންކަމެވެ.

















ޚިޔާލު